ޕޮލިސް ކުލަބުގެ ރައީސް އެސިސްޓެންޓް ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ރަޝީދު ހުޅުމާލޭ ޕޮލިސް ޓީމުގެ އަހުމަދު ފައިސަލްއަށް(ވ) މޭން އޮފްދަ މެޗުގެ ޓްރޮފީ ހަވާލުކޮށްދެނީ...
ކުޅިވަރު
16 Dec 2024 | 16:52
7 ޓީމާއެކު ޕޮލިސް ކުލަބުގެ ވެޓަރަންސް ފުޓްބޯޅަ މުބާރާތް ފަށައިފި

ޕޮލިސް ކުލަބުން އިންތިޒާމްކޮށްގެން ބާއްވާ ވެޓަރަންސް 8 އަސައިޑް ފުޓްބޯޅަ މުބާރާތް 20204 ގެ ކުޅުން ރޭ ފަށައިފިއެވެ. 

2024 ޑިސެންބަރު 15 އިން 22 އަށް ކުރިއަށްދާ މި މުބާރާތަކީ ފުލުހުންގެ ތެރޭގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 40 އަހަރުން މަތީ މުވައްޒަފުންނަށް އަމާޒުކޮށްގެން އެމުވައްޒަފުންނަށް ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ހޯދައިދީ، މަސައްކަތުގެ މާހަލުން ބޭރުން ބައްދަލުވެ، އެކުވެރިކަން އާލާކުރުމާއި ޕޮލިސް ކުލަބުގެ ވެޓަރަންސް ފުޓްބޯޅަ ޓީމު އެކުލަވާލުމުގެ ގޮތުން ބާއްވަމުން އަންނަ މުބާރާތެކެވެ.

އެގޮތުން މިމުބާރާތުގައި ޖުމްލަ ހަތް ޓީމަކުން ބައިވެރުވެފައިވާއިރު، މުބާރާތުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.

އެފްއޭއެމް ޓާފް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ރޭ ތިން މެޗެއް ވަނީ ކުޅެފައެވެ. އެގޮތުން ކުޅުނު ފުރަތަމަ މެޗުގައި ޕީއެސްއާރުސީ އާއި އެމްއެފްޕީ ވާދަކުރިއިރު މިމެޗު 4-3 އިން ކާމިޔާބުކުރީ ޕީއެސްއާރުސީއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕީއެސްއާރުސީގެ ޖާޒީ ނަންބަރު 23 ޙުސައިން ޝިފާޒްއެވެ. ރޭ ކުޅުނު ދެވަނަ މެޗުގައި ހުޅުމާލެ ޕޮލިހާއި އައި ކުލަބް ވާދަކުރިއިރު މިމެޗު 4-1 އިން ކާމިޔާބުކުރީ ހުޅުމާލެ ޕޮލިސްއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ހުޅުމާލެ ޕޮލިސްގެ ޖާޒީ ނަންބަރު 12 އަޙްމަދު ފައިސަލްއެވެ.

ރޭ ކުޅުނު ތިން ވަނަ މެޗުގައި ވާދަކޮށްފައިވަނީ އައިޑީ ކުލަބާއި ޓްރެފިކް އެވެ. މިމެޗު ނިމިފައިވަނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އައިޑީ ކުލަބުގެ ޖާޒީ ނަންބަރު 19 ބަދުރުއްޒަމާން ޙަސަންފުޅުއެވެ. 



ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.