މާލޭ ސިޓީ ކޮޅަށް ލަނޑުޖެހުމަށްފަހު އަލިފުށީ ކުޅުންތެރިން އުފާފާޅުކުރަނީ.. ފޮޓޯ: މިހާރު ސްޕޯޓްސް
ކުޅިވަރު
16 Dec 2024 | 18:03
ފަހަތުން އަރައި މާލެ ސިޓީ ބަލިކޮށް ގުރޫޕްގެ އެއްވަނަ އަލިފުށިން ކަށަވަރުކޮށްފި

މާލޭ ސިޓީގައި މިހާރު ކުރިއަށްދާ ގޯލްޑްކަޕްގެ ދެވަނަ ބުރުގައި ގުރޫޕް އެޗުގެ މާލޭ ސިޓީ އާއި ރ.އަލިފުށި ވާދަކުރި މެޗު ފަހަތަުން އަރައި 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އަލިފުށިން ގުރޫޕްގެ އެއްވަނަ ކަށަވަރުކޮށްފިއެވެ.

މިމެޗު ފުރަތަމަ ކުޅުމަށް ތާވަލުކުރެވިފައި އޮތީ އިއްޔެ ހަވީރުއެވެ. ނަމަވެސް މިއަދަށް މެޗު ފަސް ކުރަންޖެހުނީ މާލެ ޓީމުން ގަވައިދާ ހިލާފަށް ކުޅުންތެރިން ރަޖިސްޓަރީ ކުރި ކަމަށް ކުރެވުނު ތުހުމަތަކާއި ގުޅިގެންނެވެ. އަދި އެމައްސަ ބެލުމަށްފަހު މުބާރާތް އިންތިޒާމުކުރާ ފަރާތުން ނިންމީ ކުޅުންތެރިން ރަޖިސްޓްކޮށްފައިވަނީ ޤަވާއިދާ އެއްގޮތަށް ކަމަށެވެ. .

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ މާލޭ ސިޓީ އިންނެވެ. މިލަނޑު މެޗު ފެށިގެން ދެވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އަލީ ޝަރީފް އެވެ.

މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި ރިޟްވާން ގޯލުކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އަލިފުށިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން މުހައްމަދު ރަޝީދު އެވެ.

މިއީ މާލޭ ސިޓީގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭޖެހުމެއްގައި ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ،1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ގިނައިރުތަކެއް ނުވަނީސް މާލެ ސިޓީގެ ހުސެއިން ފަޔާޒަށް ވަނީ ދެވަނަ ރީނދޫ ކާޑާއިއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ.

މާލޭ ސިޓީގެ އެއްކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި އަލިފުށިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން މިމެޗުގައި ފުރަތަމަ ފަހަރަށް އެޓީމުން ލީޑުހޯދި ލަނޑު ދެވަނަ ހާފު ފެށިގެން ހަވަނަ މިނެޓުގައި ނިހާން ކާމިޔާބުކުރިއިރު، އެޓީމުން ލީޑު ފުޅާކުރި ލަނޑު އޭގެ ދެމިނެޓް ފަހުން ކާމިޔާބުކޮށްދިނީ އެޓީމުގެ ހުޝާމް އެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 3-1 ގެ ނަތީޖާއަކުން އަލިފުށި ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ގުރޫޕްގެ އެއްވަނަ ހޯދި އަލިފުށި ކުއާޓާ ފައިނަލް ތިންވަނަ މެޗުގައި މިހަފްތާގެ ބުރާސްފަތި ދުވަހު ހަވީރު 15:50 ގައި ނުކުންނާނީ ފުވައްމުލައް ސިޓީއާއި ދެކޮޅަށެވެ. އަދި މިމެޗުން ބަލި މާލެ ސިޓީ އިން ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލް ޔަގީކޮށްފައިވާއިރު، ބުދަ ދުވަހުގެ ރޭ 21:00 ގައި ކުޅޭ ކުއާޓާ ފައިނަލްގެ ދެވަނަ މެޗުގައި އެޓީމުން ނުކުންނާނީ ކ.ގުރައިދޫއާއި ދެކޮޅަށެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.