އަޑެމޯލާ ލުކްމަން
ކުޅިވަރު
17 Dec 2024 | 10:25
ސީއޭއެފްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލުކްމަންއަށް

ކޮންފެޑަރޭޝަން އޮފް އެފްރިކަން ފުޓްބޯޅަ (ސީއޭއެފް) ގެ 2024 ވަނަ އަހަރުގެ މޮޅު ކުޅުންތެރިއާގެ އެވޯޑް އިޓަލީގެ އެޓަލާންޓާއަށް ކުޅެމުން އަންނަ ނައިޖީރިއާގެ ފޯވާޑް އަޑެމޯލާ ލުކްމަން ހޯދައިފިއެވެ.

މޮރޮކޯގެ މަރަކެޗްގައި ރޭ ބޭއްވި އެވޯޑް ހަފްލާގައި ލުކްމަން އާއެކު މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަކޮށްފައިވަނީ މޮރޮކޯގެ އަޗްރަފް ހަކީމީ އާއި ދެކުނު އެފްރިކާގެ ގޯލްކީޕަރު ރޮންވެން ވިލިއަމްސް އާއި ބޮރޫޝިއާ ޑޯޓްމަންޑްގެ ފޯވާޑް ސެރޫ ގުއިރާސީ އާއި ބްރައިޓަންގެ އިވޯރިއަން ވިންގާ ސައިމަން އެޑިންގްރާ އެވެ.

27 އަހަރުގެ ފޯވާޑް ވަނީ 2023-24 ވަނަ އަހަރުގެ ސީޒަނުގައި އެޓަލާންޓާއަށް ހުރިހާ މުބާރާތެއްގައި ކުޅުނު 45 މެޗުގައި 17 ލަނޑު ކާމިޔާބުކުރުމުގެ އިތުރުން 10 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ.

މީގެ އިތުރުން 2023/24 ވަނަ އަހަރުގެ ޔޫރޮޕާ ލީގު އެޓަލާންޓާ އިން ކާމިޔާބުކުރިއިރު، ލުކްމަން ވަނީ ފައިނަލުގައި ޖަރުމަނުގެ ޗެންޕިއަން ބަޔާ ލެވަކޫސް ކޮޅަށް ހެޓްރިކް ހަދާފައެވެ. އަދި މިއީ އެކުލަބުގެ ތާރީޚުގައި ކާމިޔާބުކުރި ފުރަތަމަ ތަށީގެ އިތުރުން އެޓަލާންޓާގެ 117 އަހަރުވީ ދިގު ތާރީޚުގައި ބޮޑު މުބާރާތެއްގެ ތަށި ކާމިޔާބުކުރި ދެވަނަ ފަހަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.