ރޮނާލްޑޯ ނަޒާރިއޯ (ކ)، ބްރެޒިލަގެ ފުޓްބޯޅަ ފެޑަރޭޝަން ރައިސްކަމުގެ މަގާމަށް ވާދަކުރާނެކަން ވަނީ އިއުލާންކޮށްފައި
ކުޅިވަރު
17 Dec 2024 | 10:42
ސީބީއެފްގެ ރައީސް ކަމަށް ރޮނާލްޑޯ ވާދަކުރަނީ

ފެޑަރޭޝަންސް އޮފް ބްރެޒިލް ފުޓްބޯޅައިގެ ރައީސް ކަމުގެ މަޤާމަށް ކުރިއަށް އޮތް ދައުރުގައި ވާދަކުރާނެކަމަށް އެގައުމުގެ ތާރީޚްގައި އުފެދުނު އެންމެ މޮޅު އެއްކުޅުންތެރިއާ ރޮނާލްޑޯ ނަޒާރިއޯ އިއުލާންކޮށްފިއެވެ.

ބްރެޒިލްގެ އިތުރުން ދުނިޔޭގެ ފުޓްބޯޅައިގެ ތާރީޚުގައި ވެސް ފެނިގެން ގޮސްފައިވާ އެންމެ ހުނަރުވެރި އެއްކުޅުންތެރިޔާ ރޮނާލްޑޯ ވަނީ 1994 ވަނަ އަހަރާއި 2002 ވަނަ އަހަރުގެ ވޯލްޑްކަޕް ތަށި ކާމިޔާބު ކުރުމުގެ އިތުރުން 1998 ވަނަ އަހަރު ބްރެޒިލް ވޯލްޑްކަޕް ފައިނަލަށް ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދީފައެވެ.

މީގެ އިތުރުން ރޮނާލްޑޯ ވަނީ ބްރެޒިލް ގައުމީ ޓީމާއެކު 1999 އަދި 1997 ވަނަ އަހަރު ކޮޕާ އެމެރިކާގެ އިތުރުން 1997 ވަނަ އަހަރުގެ ފީފާ ކޮންޕެޑަރޭޝަން ކަޕް ކާމިޔާބު ކުރުމުގެ އިތުރުން ގައުމީ ޓީމަށް ކުޅުނު 98 މެޗުގައި 62 ލަނޑު ކާމިޔާބުކޮށްފައެވެ. 

ކުލަބު ފުޓްބޯޅައިގައި ނެދަލޭންޑްސްގެ ޕީއެސްވީ އިން ވިދާލުމަށްފަހު، އިޓަލީގެ އިންޓަ މިލާން، އޭސީ މިލާންގެ އިތުރުން ސްޕެއިންގެ ރެއާލް މެޑްރިޑް އަދި ބާސެލޯނާގައި މޮޅު ކުޅުމެއް ދެއްކި މިހާރު އުމުރުން 48 އަހަރުގެ ރޮނާލްޑޯގެ އަމާޒަކީ 2025 ވަނަ އަހަރުގެ މާޗު މަހު އޮންނަ އިންތިހާބު ކާމިބުކޮށް ބުރެޒިލްގެ ފުޓްބޯޅަ ކުރިން އޮތް މަގާމަށް ގެންދިއުމެވެ.

އެގޮތުން އިންތިހާބު ކާމިޔާބުކުރެވިއްޖެނަމަ ރޮނާލްޑޯގެ އެންމެ ބޮޑު ޓާގެޓަކީ މިހާރު މެންޗެސްޓާ ސިޓީގެ ކޯޗުގެ މަގާމުގައި ހުރި ޕެޕް ގާޑިއޯލާ ބްރެޒިލްގެ ކޯޗުކަމުގެ މަގާމަށް ގެނައުމެވެ.

ފީފާ ވޯލްޑްކަޕްގެ ހުރިހާ މުބާރާތެއްގައި ވާދަކުރި ހަމައެކަނި ގައުމުގެ އިތުރުން ވޯލްޑްކަޕްގެ އެންމެ ކާމިޔާބު ގައުމަކީ ވެސް ބްރެޒިލްއެވެ. އެ ގައުމުން ވަނީ 1958، 1962، 1970، 1994 އަދި 2002 ވަނަ އަހަރު ބޭއްވުނު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން ހޯދާފަ އެވެ.

ނަމަވެސް ފަހަކަށް އައިސް ބްރެޒިލް އިން ނެރެމުންދާ ދަށް ނަތީޖާތަޖާއެކު ދެކޮނު އެމެރިކާ ސަރަހައްދު ވޯލްޑްކަޕް ކޮލިފައިންގައި އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ފަސްވަނައިގައެވެ. އަދި ބްރެޒިލް އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން ދެމެޗުން ބަލިވެ ހަތަރު މެޗުން އެއްވަރުވެފައިވާއިރު، މޮޅުވެފައި ވަނީ ހަތަރު މެޗުންނެވެ. މިއާއެކު ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. 


ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.