ވިނީސިއަސް ޖޫނުއަރ ފީފާ "ދަ ބެސްޓް" އެވޯޑާއެކު
ކުޅިވަރު
18 Dec 2024 | 01:55
ރޮޑްރީ ފަހަތަށް ޖައްސާލުމަށްފަހު ފީފާ ދަ ބެސްޓް އެވޯޑް ހޯދީ ވިނީސިއަސް

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ "ފީފާ ދަ ބެސްޓް" އެވޯޑް 2024 އަހަރުގެ އެންމެ މޮޅު ފިރިހެން ފުޓްބޯ ކުޅުންތެރިޔާގެ މަޤާމު ރެއާލް މެޑްރިޑްގެ ބްރެޒިލް ފޯވާޑް ވިނީސިއަސް ޖޫނިއަރ ކާމިޔާބުކޮށްފިއެވެ.

އަންގާރަ ދުވަހުގެ ރޭ ބޭއްވުނު ފީފާ ދަ ބެސްޓް އެވޯޑް ހަފްލާގައި މިއަހަރުގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވިނީސިއަސް އެންމެ ގާތުން ވާދަކޮށްފައިވަނީ މިއަހަރުގެ ބެލެންޑިއޯ އެވޯޑް ކާމިޔާބުކުރި މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ރޮޑްރީއެވެ. އަދި ތިންވަނަ ހޯދީ ރެއާލް މެޑްރިޑްގެ އިގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންގްހަމް އެވެ.

ރެއާލް މެޑްރިޑާއެކު ދެފަހަރު ޗެންޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ އުމުރުން 24 އަހަރުގެ ފޯވާޑް ވަނީ މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑާއެކު ސްޕެނިޝް ލަލީގާގެ އިތުރުން ޔުއެފާ ޗެންޕިއަންސް ލީގާއި ޔުއެފާ ސުޕަކަޕް އަދި ސްޕެނިޝް ސުޕަކަޕް ކާމިޔާބުކޮށްފައެވެ. އަދި ޗެންޕިއަންސް ލީގުގެ ސެމީފައިނަލުގައި ބަޔާން މިއުނިކާއި ދެކޮޅަށް ކުޅުނު ދެމެޗާއި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުގެ އިތުރުން މިދިޔަ ސީޒަނުގެ ޗެންޕިއަންސް ލީގު މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ވެސް ވިނީސިއަސް އެވެ. އަދި މީގެ އިތުރުން ސްޕެނިޝް ސުޕަކަޕްގެ ފައިނަލުގައި ބާސެލޯނާ ކޮޅަށް ވިނީސިއަސް ހެދި ހެޓްރިކް ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ވިނީސިއަސް ވެގެންގޮސްފައި ވަނީ ފީފާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ބްރެޒިލްގެ ހަ ވަނަ ކުޅުންތެރިޔާއަށެވެ. އަދި ވިނީސިއަސްގެ ކުރިން ފީފާ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާފައިވާ ބްރެޒިލްގެ ކުޅުންތެރިންނަކީ ރޮނާލްޑޯ، ރިވާލްޑޯ، ރޮމާރިއޯ، ކަކާ އަދި ރޮނާލްޑީނިއޯ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.