ރާއްޖޭގައި ކްރިސްމަސް ފާހަގަކުރަން ބެހެއްޓި ގަހެއް ފުލުހުން ނަގަނީ
ދީން
20 Dec 2024 | 12:54
ޣައިރު ދީންތަކުގެ ޢީދުތައް ފާހަގަކުރުމާއި، އެކަމުގައި ބައިވެރިވެ، ތަހުނިޔާކިޔުމަކީ ޙަރާމް ކަމެއް: ޚުތުބާ

ޣައިރު ދީންތަކުގެ ޢީދުތައް ފާހަގަކުރުމާއި، އެކަމުގައި ބައިވެރިވެ، ތަހުނިޔާކިޔުމަކީ ޙަރާމް ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ޣައިރު ދީން ތަކުގެ ޝިޢާރު ފާޅުކުރުމާ ގުޅޭ ގޮތުން އަލިއަޅުވާލައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނީ، އަހުރެމެންގެ އިސްލާމްވަންތަކަމާއި ދީނީ ޝަޚްޞިއްޔަތު ދެމެހެއްޓުމަކީ، އިސްލާމީ ޝަޢީރާގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

ހުރިހާ ދަންނަބޭކަލުން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި މުސްލިމުން އެއްވެސް ކަމެއްގައި ޣައިރު ދީންތަކުގެ މީހުންނާ އެއްގޮތަށް އުޅެގެންނެއް ނުވާނެއެވެ. އެއީ ޢަޤީދާގެ ކަމެއްކަމުގައި ވިޔަސް، އަޅުކަމުގެ ކަމެއް ކަމުގައި ވިޔަސް، އަޚުލާޤުގެ ކަމެއް ކަމުގައި ވިޔަސް މެއެވެ. އެ މީހުންގެ ޚާއްޞަ އާދަކާދަތަކުގެ ތެރެއިން ކަމެއް ކަމުގައި ވިޔަސް އަދި އެހެން ދީންތަކުގެ ޢީދުތައް ފާހަގަކުރުމުގައި ބައިވެރިވުން ފަދަ ކަމެއްކަމުގައި ވިޔަސް، އަހުރެމެން މުސްލިމުން އެ މީހުން ކޮޕީކޮށް، ނަކަލުކޮށް، އެއްގޮތްވުމަކީ ހުއްދަވެގެންވާ ކަމެއްނޫނެވެ.

ޚުތުބާ

އިސްލާމްދީން މި ކަންކަމާ ދެކޮޅުހަދައިފައިވާ މިންވަރުގެ ބޮޑުކަމުން ޔަހޫދީން ރަސޫލާ ޞޢވ ދެކެ ރުޅިއައިސްގެން ބުންޏެވެ. (مَا يُرِيْدُ هَذَا الرَّجُلُ أَنْ يَدَعَ مِنْ أَمْرِنَا شَيْئًا إِلَّا خَالَفَنَا فِيْهِ) މާނައީ: "އަހުރެމެންގެ ކަންތައްތަކުގެ ތެރެއިން މި ކަލޭގެފާނު އަހުރެމެންނާ ޚިލާފުވެވަޑައިނުގަންނަވާ އެއްވެސް ކަމެއް ނުވެއެވެ."

މިއާއެކު ޚުތުބާގައި ބުނީ، އަޅުކަމުގެ ގޮތުން ކުރެވޭ ކަންކަމުގައި އެހެން ބަޔަކު ކޮޕީކުރުމަކީ ނުވަތަ އެހެން ބަޔަކާ އެއް ގޮތަށް ޢަމަލުކުރުމަކީ އިސްލާމީ އުންމަތުގެ ޝަޚްޞިއްޔަތު ފުނޑުފުނޑުވެ، މި ދީނުގެ އަމިއްލަވަންތަކަން ގެއްލޭނެ ކަމެއް ކަމަށެވެ.

މި ކަމަށް އިންޒާރުކުރައްވައި މާތް ނަބިއްޔާ ސޢވ ޙަދީޘްކުރައްވައިފައި ވެއެވެ.) لَتَتَّبِعُنَّ سَنَنَ الَّذِينَ مِنْ قَبْلِكُمْ شِبْرًا بِشِبْرٍ، وَذِرَاعًا بِذِرَاعٍ، حَتَّى لَوْ دَخَلُوْا فِيْ جُحْرِ ضَبٍّ لَاتَّبَعْتُمُوهُمْ) މާނައީ: "ހަމަކަށަވަރުން ތިޔަބައިމީހުންގެ ކުރީގެ މީހުން އުޅުނު ގޮތްތަކަށް ތިޔަބައިމީހުން ތަބަޢަވާނޭކަން ކަށަވަރެވެ. އެހާމެ ފަތިގަނޑު ހަމަކުރާ ނެއެވެ. އެމީހުން ކައިވަތް އަޅައިގެން ކަމެއް ކުރިކަމުގައި ވިޔަސް ހަމަ އެ ފަދައިން ތިޔަބައިމީހުން ވެސް އެކަމެއް ހަމަ އެ ގޮތަށް ކުރާނެއެވެ. އަދި އެ މީހުން މުށް އަޅައިގެން ކަމެއް ކުރިކަމުގައި ވިޔަސް ހަމަ އެ ކަމެއް އެ ފަދައިން ތިޔަބައިމީހުން ކުރާނެއެވެ. އެގޮތުން އެ މީހުން ގޮސް ضَبُّ ގެ ހޮރަކަށް ވަން ކަމުގައި ވިޔަސް، ތިޔަބައިމީހުން އެ ކަމުގައި އެ މީހުންނަށް ތަބަޢަވާނެތެވެ."

ޢިލްމުވެރީން ވިދާޅުވާ ގޮތުގައި މުސްލިމުން ޣައިރުމުސްލިމުންގެ ދީނީ ޝިޢާރުތަކަށް ތަބަޢަވުމަކީ ކަނޑައެޅިގެން ޙަރާމް ކަމެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އެއިގެ ތެރޭގައި އެ މީހުންގެ ޢީދުތައް ފާހަގަކުރުމާއި އެކަމުގައި ބައިވެރިވެ، ތަހުނިޔާކިޔުން ހިމެނޭ ކަމަށެވެ.

މިހެންވެ ރަޙްމާނުވަންތަ ރަސްކަލާނގެ އަޅުން ސިފަކުރައްވައި މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. "އަދި އެއުރެންނީ ދޮގުހެކިނުދޭ މީހުންނެވެ."

އިބްނު ޢައްބާސްގެ އަރިހުން ބޮޑެތި މުފައްސިރުން ރިވާކުރައްވާ ގޮތުގައި މި އާޔަތުގައި ވާރިދުވެގެންވާ "اَلزُّوْرُ" މި ބަސްފުޅުގެ މާނައަކީ، މުޝްރިކުންގެ ޢީދުތަކެވެ. އެބަހީ: މުސްލިމުންނަކީ ޣައިރުމުސްލިމުންގެ ޢީދުތަކަށް ހާޒިރުވާނެ ބައެއް ނޫނެވެ. އެއީ، މި ފަދަ އިޙުތިފާލުތަކުގައި الله ނޫން ފަރާތްތައް މަތިވެރިކޮށް މާތްކޮށް ހަދާތީއެވެ.

ޚުތުބާގައި އިތުރަށް ބުނީ؟ މުސްލިމުން ކްރިސްމަސް ފާހަގަކުރުމާއި މި އިޙުތިފާލުތަކުގައި ބައިވެރިވުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއްނޫން ކަމަށެވެ. ކްރިސްމަސްގަހާއި ސެންޓަ ކްލޯސް ފަދަ ނަޞާރާއިން އެ މީހުންގެ ދީނަށް ނިސްބަތްކޮށް، ކުރާ ކަންތައްތައް މި ޢީދުގެ ތެރޭގައި ހިމެނޭ ކަމަށެވެ. ރަސޫލާ  ސޢވ ޙަދީޘްކުރައްވައިފައި ވެއެވެ. (مَن تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ) މާނައީ: "ބަޔަކާ އެއް ގޮތަށް އުޅޭ މީހާ ފަހެ އެ މީހަކީ އެބަޔެއްގެ ތެރެއިން ވާ މީހެކެވެ."

މި ހުރިހައި ބަސްފުޅުތަކަކުން ވެސް އެނގެނީ ޣައިރު ދީނުގެ ޢީދުތައް ފާހަގަކުރުމުގައި އަހުރެމެން މުސްލިމުން ބައިވެރިވުމަކީ ޙަރާމްކަމެއްކަމެއް ކަމަށާ ޚާއްޞަ ކޮށް މިފަދަ ޢަމަލުތަކުން އަހުރެމެން ރާއްޖޭގެ މުޖުތަމަޢުތައް ސަލާމަތްވާންޖެހޭނެ ކަން ކަމަށް ޚުތުބާގައި ބުންޏެވެ.

އަލްއިމާމުއްޛަހަބީ ވިދާޅުވެފައި ވެއެވެ. "اللهއަށާއި އާޚިރަތް ދުވަހަށް އީމާންވާ ކޮންމެ މުސްލިމަކު ޣައިރުމުސްލިމުންގެ ޢީދުތަކާ ދުރުހެލިވެ، އޭނާގެ ނަފްސާއި އަނބިދަރީން މި ފަދަ ކަންކަމުން ރައްކާތެރިކުރާން ޖެހޭނެއެވެ."

ދީނާ ޚިލާފު ފިކުރުތަކުގެ އަހުލުވެރިން މުސްލިމުންގެ ހިތްތަކަށް ވެރިވެގަތުމަށް ޓަކައި ތަފާތު ދަޅަތަކާއި މަޅިތައް ޖަހައިގެން މުސްލިމުން އެ މީހުންގެ ޢަޤީދާއާއި ދީން މަނާކުރާ ކަންތައްތަކުގެ ތެރެއަށް ވައްޓައިލުމަށް މަސައްކަތް ކުރާ ކަމަށާ، އެ މީހުންނަށް ތަބަޢަވެއްޖައުމަށް ދާންދެން އެ މީހުން މި މަސައްކަތް ހުއްޓައިނުލާނެކަން މާތް الله އަންގަވައިފައިވާ ކަމަށް ޚުތުބާގައި ބުންޏެވެ.

 އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. "އަދި ޔަހޫދީން ވެސް ނަޞާރާއިން ވެސް އެއުރެންގެ ދީނަށް ކަލޭގެފާނު ތަބަޢަވެ ވަޑައިގެންފުމަށް ދާނދެން ކަލޭގެފާނަކާ ނުރުހޭނެތެވެ."

ޚުތުބާގައި ބުނީ، ހެޔޮ ލަފާ އިސްލާމީ މުޖުތަމަޢެއް ބިނާކުރެވޭނީ އިސްލާމީ ޘަޤާފަތު ފަތުރައިގެން ކަމަށާ، އިސްލާމީ ޢަޤީދާއާއި އަޚުލާޤުގެ މަތީގައި ޢާއިލާ ބިނާކުރެވިގެންނެވެ. އިސްލާމީ މުޖުތަމަޢުގެ ބިންގަލަކީ ޢަޤީދާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ