މީގެ 10 އަހަރު ކުރިން ގެއްލުނު އެމްއެޗް-370-- ފޮޓޯ: ވިކިޕީޑިއާ
ދުނިޔެ
22 Dec 2024 | 11:35
ވީނުވީ އެއް ނޭނގި ގެއްލުނު މަތިންދާބޯޓު، އެމްއެޗް-370 ހޯދުމުގެ މަސައްކަތް އަލުން ފަށަނީ

މީގެ 10 ވަރަކަށް އަހަރުކުރިން، ވީނުވީ އެއް ނޭނގި ގެއްލުނު މަތިންދާބޯޓު، އެމްއެޗް-370 ހޯދުމުގެ މަސައްކަތް އަލުން ފެށުމަށް މެލޭޝިއާއިން ނިންމައިފިއެވެ.

އޭވިއޭޝަން ދުނިޔޭގެ އެންމެ ބޮޑު އެއް "މިސްޓްރީ" އާއި ގުޅޭ މަސައްކަތްތައް ފެށުމަށް ނިންމާފައިވާކަން ހާމަކުރައްވަމުން މެލޭޝިއާގެ ދަތުރުފަތުރާ ބެހޭ ވަޒީރު އެންތޮނީ ލޮކް ވިދާޅުވީ, މަތިންދާބޯޓު ފެނޭތޯ ދެކުނު އިންޑިއާ ކަނޑުގެ ބައެއް ބެލުމަށް ޕްރޮޕޯސަލް ހުށަހަޅާފައިވަނީ މީގެ ކުރިން 2018 ވަނަ އަހަރުވެސް މި ބޯޓު ހޯދުމަށް މަސައްކަތްކުރި ކުންފުންޏެއްކަމަށްވާ އޯޝަން އިންފިނިޓީގެ ފަރާތުން ކަމަށެވެ. 

ލޮވް ވިދާޅުވީ، މިކަމަށް އެއްބާރުލުން ދޭނެ ކަމަށާއި، އެމްއެޗް-370 ހޯދައިފިނަމަ، އޯޝަން އިންފިނިޓީއަށް 70 މިލިއަން ޑޮލަރު ލިބޭނެކަމަށެވެ.

ޖުމުލަ 277 ޕަސެންޖަރުންނާއި 12 ކްރޫ މެމްބަރުންނާއިއެކު، މެލޭޝިއާގެ ކުއަލަމްޕޫރުން ފުރައިގެން ޗައިނާގެ ބެއިޖިން އަށް ދަތުރުކުރަމުންދިޔަ މި ބޯޓު ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ މާޗުމަހުގެ 8 ވަނަ ދުވަހުއެވެ.

މިބޯޓު ގެއްލުމާއި ގުޅިގެން މީގެ ކުރިން ހިންގި ތަހުގީގަކުން ވަނީ، މި ބޯޓު ނައްޓާލިތާ އެއް ގަޑިއިރު ވެސް ނުވަނީސް ބޯޓުގެ މުއާސަލާތީ ސިސްޓަމްތައް ނިއްވާލާފައިވާކަމަށް ދައްކާފައެވެ. މިއާއިއެކު، އޭރު މިލިޓަރީ ރޭޑަރުން ދެއްކި ގޮތުގައި، މި ބޯޓު ވަނީ މެލޭޝިއާ އާއި ދިމާލަށް އަބުރާލައި، އިންޑޮނޭޝިއާގެ ސުމަޓްރާ އާއި ދިމާލަށް މިސްރާބު ޖަހާފައެވެ.

މި ބޯޓު ހޯދުމަށްޓަކައި 26 ގައުމަކުން ބައިވެރިވިއިރު، ބޯޓު ގެއްލުނުތާ އެތައް ހަފްތާއެއްފަހުން މެލޭޝިއާގެ ސަރުކާރުން ވަނީ ބޯޓުން ތެޔޮ ހުސްވަންދެން ދުއްވި ކަމަށާއި، އޭގެ ދަތުރު ނިންމާލާފައިވަނީ ބެއިޖިން އާއި އެތައްހާސް ކިލޯމިޓަރެއް ދުރުން ދެކުނު އިންޑިއާގެ ކަނޑުގެ ސަރަހައްދަށްކަމަށް ބުނެފައެވެ.

މި ބޯޓުގެ ބައިތައް ކަމަށްބުނާ ކުނިބުނި ތަކެއް އޭގެ ފަހުން އެފްރިކާއާއި އިންޑިއާ ކަނޑުގެ ރަށްތަކަށް ލެއްގިިއިރު، ތަހުގީގު ކުރި ފަރާތުން ވަނީ މަތިންދާބޯޓުގެ ޕައިލެޓުންގެ ފަރާތުން ވެސް ޝައްކު ކުރެވޭ ކަމެއް ފެނިފައި ނުވާ ކަމަށް ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
10 Sep 2026
އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައިފިއެވެ.
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.