ރީކޯ މޫސާ--
ހަބަރު
25 Dec 2024 | 13:28
މުއައްޒަފުންނަށް މުސާރަ ނުދޭތީ ރީކޯ މޫސާގެ ކުންފުނި ބްލެކްލިސްޓް ކޮށްފި

މުއައްޒަފުންނަށް މުސާރަ ނުދޭތީ ރީކޯ މޫސާ މަނިކުގެ ކުންފުންޏެއްކަމަށްވާ  "މޯ ހޮޓެލްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް"، މޯލްޑިވްސް ލޭބާ ރިލޭޝަންސް އޮތޯރިޓީން ބްލެކްލިސްޓް ކޮށްފިއެވެ.

ރީކޯ މޫސަގެ ރިސޯޓާއި ގެސްޓްހައުސް ހިންގާ މި ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބެނީ ރީކޯ މޫސަގެ އިތުރުން އޭނާގެ ދަރިންނެވެ.

މިކަމާއި ގުޅިގެން ލޭބާ ރިލޭޝަންސް އޮތޯރިޓީން ބުނީ، ރީކޯ މޫސާގެ ކުންފުނި ބްލެކް ލިސްޓްކޮށްފައިވަނީ އެ އޮތޯރިޓީން ބަލަމުންދާ މުވައްޒަފުންނަށް މުސާރަނުދޭ މައްސަލައެއްގައި އެކުންފުނިން އެއްވެސް ވަރަކަށް އެއްބާރުލުން ނުދޭތީ ކަމަށެވެ.

މިކުންފުންޏަކީ މި ބާވަތުގެ މައްސަލަތަކުގެ ރިކޯޑް އޮތް ކުންފުންޏެއް ކަން ފާހަގަކޮށް އެ އޮތޯރިޓީން ބުނީ، މީގެ ދެމަސްކުރިންވެސް ހަމަ މިފަދަ މައްސަލައެއްގައި މި ކުންފުނި ބްލެކްލިސްޓް ކުރެވުނުކަމަށެވެ.

ރީކޯ މޫސައަކީ ”މޯ ހޮޓެލްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް“ ގެ ހިއްސާދަރެއްގެ އިތުރުން ބޯޑުގެ ޑިރެކްޓަރެކެވެ. ލ. އަތޮޅުގައި ހިންގަމުންދާ ”ރަހާ ރިސޯޓް“ އަކީ އެ ކުންފުނިން ހިންގަމުންދާ ރިސޯޓެއްކަން ފާހަގަކޮށްލަން ޖެހެއެވެ. މޯލްޑިވްސް ލޭބާ ރިލޭޝަންސް އޮތޯރިޓީން ރީކޯ މޫސާ މަނިކުގެ މޯ ހޮޓެލްސް އެންޑް ރިސޯޓްސް ބްލެކްލިސްޓް ކޮށްފައިވާއިރު، ބޭންކް އޮފް މޯލްޑިވްސްއިން ނަގާފައިވާ ލޯނަކަށް ފައިސާ ނުދައްކައިގެން މޫސާ މަނިކަށް ވިޔަފާރީގެ އުސޫލުން ދިން ރަށްތަކެއްވެސް ވަނީ ބޭންކުން ނީލަންކިޔާފައެވެ. ބީއެމްއެލުން ވިއްކާލުމަށް އިއުލާނުކުރި ރަށްތަކަކީ، ލ އަތޮޅު ފަރެސް، ކުޑަ ފަރެސް އަދި ބޮޑުހުރާއެވެ. މީގެ ތެރެއިން ފަރެސް އަދި ކުޑަ ފަރެސް ޓޫރިޒަމަށް ބޭނުންކުރާއިރު، ބޮޑުހުރާ ބޭނުންކުރަނީ ދަނޑުވެރިކަމަށެވެ


ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.