ވެކްސިން-- ފޮޓޯ: ގެޓީ އިމޭޖަސް
ދުނިޔެ
26 Dec 2024 | 09:51
ރަޝިއާއިން އުފެއްދި ކެންސަރު ވެކްސިން އަންނަ އަހަރު މާކެޓަށް ނެރެނީ

ކެންސަރަށް ފަރުވާކުރުމަށްޓަކައި ރަޝިއާއިން އުފެއްދި ވެކްސިން އަންނަ އަހަރު މާކެޓަށް ނެރުމަށް ތައްޔާރުވަމުންދާކަމަށް ވެކްސިން އުފެއްދުމުގައި ހަރަކާތްތެރިވި ގަމެލެޔާ ރިސާޗް އިންސްޓިޓިއުޓް އޮފް އެޕިޑެމިއޮލޮޖީ އެންޑް މައިކްރޮބަޔޮލޮޖީގެ އިސްވެރިޔާ އެލެކްޒޭންޑްރާ ގިންޓްސްބާގް ވިދާޅުވެއްޖެއެވެ.

މި ވެކްސިން ހިލޭ ބެހުމަށް ރަޝިއާއިން ނިންމާފައިވާއިރު، މިކަމާއި ގުޅޭ ގޮތުން ދެއްވި ބަސްދީގަތުމެއްގައި ގިންޓްސްބާގް ވިދާޅުވީ، މިހާރު ކުރިއަށްދަނީ ވެކްސިން ނެރުމަށްޓަކައި ވާންޖެހޭ ފަހުގެ ތައްޔާރީތައް ކަމަށެވެ. މި ވެކްސިން މެދުވެރިކޮށް މިހާތަނަށް 7 ބަލިމީހަކަށް ފަރުވާދީފައިވާކަމަށެވެ.

ގިންޓްސްބާގް ބުނީ، ވެކްސިން އުފައްދާފައިވަނީ މަލްޓި ސްޓޭޖް ޕްރޮސެސްއަކުން ކަމަށާއި، މި ވެކްސިންގެ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރު ކަމަށެވެ.

ކެންސަރުގެ ވޭން ތަހައްމަލުކުރަމުންދާ މީހުންނަށް ދޭ މި ވެކްސިނުގެ ޒަރީއާއިން ބަލި މީހާގެ ދިފާއީ ނިޒާމުން މެލިގްނެންޓް ސެލްތަކަށް ހަމަލާދޭނެ ކަމަށާއި، ހަށިގަނޑުގައި ހުންނަ ސައިޓޮޓޮކްސިކް ލީމްފޮސައިޓްސް އާއި ވައިޓް ބްލަޑް ސެލްސްތައް، ކެންސަރުގެ ޓިއުމަރުގައި އެކުލެވޭ އެންޓިޖެންސްތައް ވެސް ވެކްސިންގެ ޒަރީއާއިން ދެނެގަނެ ހަލާކުކޮށްލާނެކަމަށްވެސް ގިންޓްސްބާގް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ގިންޓްސްބާގް ވިދާޅުވީ އެކި މީހުންގެ ހަށިގަނޑުން ފެންނަ ކެންސަރުގެ ޓިއުމަރު ތަފާތުވުމާއިއެކު، މި ވެކްސިން ދެވޭނީ އެއަށް ބިނާކޮށްކަމަށެވެ.

މިހާރުވެސް ގަމެލެޔާ ސެންޓަރުން އަންނަނީ ހަށިގަނޑުގައި އާދަޔާ ޚިލާފަށް ސެލްސް އިތުރުވުމުން ޖެހޭ ބަލިތައް ކަމަށްވާ ނޮން ސްމޯލް ސެލް ލަންގް ކެންސަރު ފަދަ ސާޖަރީ، ރޭޑިއޭޝަން އަދި ކީމޯތެރަޕީން އެކަށީގެންވާ ކުރިއެރުމެއް ލިބިފައިނުވާ ބަލިތަކަށް ވެސް ވެކްސިން އުފެއްދުމުގެ މަސައްކަތްކުރަމުންނެވެ.

ގަމަލެޔާ އަކީ 2020 ވަނަ އަހަރު ކޮވިޑަށް ފަރުވާކުރުމަށް ޓަކައި ދުނިޔޭގައި އެންމެ ފުރަތަމަ އުފެއްދި އެއް ވެކްސިން ކަމަށްވާ ސްޕަޓްނިކް ވީ ކޮވިޑް-19 ވެސް އުފެއްދި ފަރާތެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.