ޖަރުމަން އައިޓީބީ ފެއާއެއްގައި ރާއްޖޭގެ ސްްޓޭންޑް. ފޮޓޯ: ވޮއިސް
ހަބަރު
26 Dec 2024 | 13:02
އުއްމީދަކީ އަންނަ އަހަރު ޓޫރިޒަމުން 5 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދުން: ފައިސަލް

ސަރުކާރުގެ އުއްމީދަކީ އަންނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން 5 ބިލިއަން ޑޮލަރު ހޯދުންކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ޒިޔާރަތްކުރުން ފާހަގަކުރުމަށް މިއަދު ހެނދުނު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި ބޭއްވި ހަފްލާއަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން މިނިސްޓަރު ފައިސަލް ވިދާޅުވީ، މިހާރު ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުން ހުރިގޮތަށް ބަލާއިރު، އަންނަ އަހަރު ރާއްޖޭގެ ޓޫރިޒަމަށް 15 އިންސައްތައިގެ ކުރިއެރުމެއް އަންނާނޭކަމަށް ލަފާކުރެވޭކަމަށެވެ. އެގޮތުން ސަރުކާރުގެ އުއްމީދަނީ ފަތުރުވެރިކަމުގެ ސިނާއަތުން ދައުލަތުގެ ބައިތުލްމާލަށް ވަންނަ އާމްދަނީގެ އަދަަދު 5 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނޭކަމަށް ގަބޫލުކުރެވޭކަމަށް ވަޒީރު ވިދާޅުވިއެވެ.

މިނިސްޓަރު ފައިސަލް ވިދާޅުވީ މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ރެކޯޑްތަކެއް ހެދިގެންދިޔަ އަހަރެއްކަމަށާއި، މިގޮތުން މިހާތަނަށް އެއްމަހެއްގެ ތެރޭގައި އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީވެސް މިއަހަރުގެ ފެބުރުއަރީގައިކަން ވަޒީރު ފާހަގަކުރެއްވިއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފެބުރުއަރީމަހު ރާއްޖެއަށް ވަނީ 217,392 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 52 އަހަރު ފުރިފައިވާއިރު، ރާއްޖެއަށް އަހަރެއްގެ ތެރޭގައި ދެ މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި މިއީ ފުރަތަމަ ފަހަރެވެ. ރާއްޖޭގެ ޓޫރިޒަމް ފެށިގެންއައީ 1972 ވަނަ އަހަރުގެ ތެރޭގައެވެ. އޭރު ރާއްޖޭގައި އެންމެ ރިސޯޓެއް އޮތްނަމަވެސް މިއަދު ރާއްޖޭގައި 183 ރިސޯޓް ހިންގުމަށް ރަޖިސްޓްރީކޮށްފައި އެބައޮތެވެ. ރާއްޖޭގައި މިހާރު ޓޫރިސްޓުންނަށް ހިދުމަތްދިނުމަށް ހިންގާ ތަންތަނުގެ ޖުމްލަ އަދަދަކީ 1،277 އެވެ. މީގެ ތެރޭގައި ރިސޯޓް، ހޮޓާ ގެސްޓްހައުސް އަދި ސަފާރީ ހިމެނެއެވެ. އެތަންތަނުގައި ޖުމްލަ 63،000 ހާހަށްވުރެ ގިނަ އެނދު އެބަހުއްޓެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ