އުކުޅަހު ކޯޓުގެ އިސް މެޖިސްޓްރޭޓް މުއާވިޔަތު ގާސިމް-- ފޮޓޯ: ޖޭއެސްސީ
ހަބަރު
26 Dec 2024 | 13:12
ދަރަނި އަދާކޮށްފައި ނުވާތީ، އުކުޅަހު އިސް މެޖިސްޓްރޭޓްގެ މަގާމު ހުސްވެއްޖެ

ދަރަނި އަދާކޮށްފައި ނުވާތީ އުކުޅަހު އިސް މެޖިސްޓްރޭޓްގެ މަގާމުގައި ހުންނެވި މުއާވިޔަތު ގާސިމްގެ މަގާމުން ވަކިވެފައިވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

މިކަމާއި ގުޅޭ ގޮތުން ޖޭއެސްއީން ބުނީ އއ.އުކުޅަހު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު މުއާވިޔަތު ޤާސިމްގެ މައްޗަށް ސިވިލް ކޯޓަށް ހުށަހެޅި ނިމިފައިވާ ސާބިތުދަރަނީގެ މައްސަލައާ ގުޅިގެން ޙުކުމާ އެއްގޮތަށް ދަރަނި އަދާކޮށްފައި ނުވާކަން މައްސަލައިގެ ލިއެކިޔުންތަކުން އެނގެން އޮތްކަމަށެވެ.

އެއާއިއެކު  މި ޙުކުމާ އެއްގޮތަށް ދަރަނި އަދާކޮށްފައި ނުވާނެ ކަމަށް މެޖިސްޓްރޭޓް އިއުތިރާފްވެފައިވާކަން ފާހަގަކޮށް ޖޭއެސްސީން ބުނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫގައިވާ ގޮތުން، ސާބިތު ދަރަންޏަށް ފައިސާ ނުދެއްކުމަކީ ފަނޑިޔާރުންގެ ކިބައިގައި ހުރުން ލާޒިމްކުރާ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް އުނިވާނެ ކަމެއްކަމަށާއި، އެއިން ޝަރުތެއް ފަނޑިޔާރެއްގެ ކިބައިން އުނިވެއްޖެނަމަ އެ ފަނޑިޔާރަކު ހުރި މަޤާމު ހުސްވީ ކަމުގައި ޤާނޫނުގައި ބަޔާންކޮށްފައިވާކަމަށެވެ.

އެހެންކަމުން، ޖޭއެސްސީން ބުނީ، މުއާވިޔަތުގެ ކިބައިން ފަނޑިޔާރުކަމުގެ އެ އަސާސީ ޝަރުތު އުނިވެފައިވާތީ، އޭނާ އަދާކުރަމުންދިޔަ އއ.އުކުޅަހު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަޤާމު ހުސްވީކަމުގައި 2024 ޑިސެންބަރު 25 ވަނަ ދުވަހު ބޭއްވުނު އެ ކޮމިޝަނުގެ މިއަހަރުގެ 66 ވަނަ ބައްދަލުވުމުގައި ނިންމާފައިވާކަމަށެވެ.

މުއާވިޔަތު މަގާމުން ވަކިވެފައިވާ ކަމަށް ނިންމަން ދެން އޭނާ ހުރީ ސަސްޕެންޑް ކޮށްފައިކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.