އަޒަރުބައިޖާން އެއާލައިންސް ގެ މަތިންދާބޯޓު ވެއްޓުން-- ފޮޓޯ: ގެޓީ އިމޭޖަސް
ދުނިޔެ
29 Dec 2024 | 10:18
އަޒަރުބައިޖާން މަތިންދާބޯޓު ވެއްޓުނު މައްސަލައިގައި ޕުޓިން މައާފަށް އެދެފި

ރަޝިއާގެ ވައިގެ ތެރެއަށް ވަނުމަށްފަހު އާޒަރުބައިޖާން އެއާލައިންސް ގެ މަތިންދާބޯޓެއް ވެއްޓުނު މައްސަލައާއި ގުޅިގެން ރަޝިއާގެ ރައީސް ވްލަދްމީރް ޕުޓިން މައާފަށް އެދެފިއެވެ.

ޕުޓިން މައާފަށް އެދުނު ނަމަވެސް މިކަމާއި ރަޝިއާއިން ޒިންމާވާން ޖެހޭނެކަމަށް ބުނެފައެއް ނުވެއެވެ.

ޕުޓިން ބުނީ، އެބޯޓު ރަޝިއާގެ ގްރޮޒްނީގައި ޖެއްސުމަށް މަސައްކަތްކުރިއިރު، އެގައުމުގެ އަސްކަރިއްޔާ ވައިގެ މަގުން ހަރަކާތްތެރިވެފައިވާކަމަށާއި، އޭގެ ސަބަބުން ބޯޓު އޭގެ މަންޒިލުގައި ނުޖެއްސި ކަޒަކިސްތާނު ކައިރިއަށް ވެއްޓި ބޯޓުން ދަތުރުކުރި 38 މީހުން މަރުވެފައިވާކަމަށެވެ.

ޕުޓިން އަޒަރުބައިޖާނުގެ ރައީސް އިލްހާމް އަލިޔެވް އަށް ގުޅުއްވައި، މައާފަށް އެދިފައިވާއިރު، ޕުޓިން ބުނީ، ބޯޓު ގްރޮޒޮނީ އެއާޕޯޓަށް ޖެއްސުމަށް މަސައްކަތްކުރި ނަމަވެސް، ގްރޮޒޮނީ، މޮޒްޑޮކް އަދި ވްލަޑިކަވްކާޒް ސަރަހައްދުގައި ޔޫކްރެއިންގެ ސިފައިން ހަރަކާތްތެރިވަމުންދާތީ ރަޝިއާގެ ސިފައިން ރައްދު ހަމަލާ ދީފައިވާކަމަށެވެ.

މިބޯޓުގައި އަޒަރުބައިޖާނާއި، ރަޝިއާއާއި، ކަޒަކިސްތާނާއި ކިރްގިސްތާނަށް ނިސްބަތްވާ މީހުން ތިއްބެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަނު އަދިވެސް ހޯދިފައިނުވާއިރު، އެމެރިކާއިން ތުހުމަތުކުރާގޮތުގައި، މި ބޯޓު ވެއްޓުނީ ރަޝިއާގެ ވައިގެ ސިފައިން ހަމަލާދިނުމުގެ ސަބަބުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ