ފެނަކަ
ހަބަރު
29 Dec 2024 | 20:30
ފެނަކައަށް ހެޑް އޮފީހެއް، ކުއްޔަށް ހިފަން ދެވަނަ ފަހަރަށް އިއުލާނުކޮށްފި

ފެނަކަ ކޯޕަރޭޝަނަށް ހެޑް އޮފީހެއް ހޯދުމަށް އެކުންފުނިން ދެވަނަ ފަހަރަށް އިއުލާނުކޮށްފިއެވެ.

ފެނަކައިން މިއަދު ގެޒެޓްކުރި އިއުލާނުގައި ބުނެފައިވަނީ، އެކުންފުނީގެ ހެޑް އޮފީސް ހިންގުމަށް އިމާރާތެއް ކުއްޔަން ހިފުމަށް ކުރިން ކުރި އިއުލާނަށް އެދެވޭ ތަރުހީބެއް ލިބިފައިނުވާތީވެ، ހެޑް އޮފީހެއް ކުއްޔަށް ހިފުމަށް އެފުރުސަތު ހުޅުވާލާކަމަށެވެ. ފެނަކައިން އިމާރާތެއް ކުއްޔަށް ހިފަން ބޭނުންވަނީ 5 އަހަރުގެ މުއްދަތަކަށެވެ. 

ފެނަކައިން ކުރި އިއުލާނުގައިވާގޮތުން އެކަމަށް ކުރިމަތިލާ ފަރާތްތަކުން 100،000 ރުފިޔާ، ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހެއެވެ. ފެނަކައިން ބޭނުންވަނީ 10،000 އަކަފޫޓަށްވުރެ ކުޑަ ނޫން އިމާރާތެކެވެ. ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލްތަކަށް ބަލާއިރު، އެންމެ ގިނަ މާކްސް ލިބެނީ އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަށެވެ. އެއީ 90 އިންސައްތަ މާކުހެވެ. އިމާރާތުގެ އުމުރަށް ކަނޑައަޅާފައިވަނީ 10 މާކުހެވެ. 

ފެނަކަ ހެޑްއޮފީސް ހިންގުމަށް އިމާރާތެއް ހޯދުމަށް އިއުލާނުކޮށްފައިވާއިރު، ފެނަކައަކީ ސަރުކާރު ކުންފުނިތަކުގެ ތެރެއިން މާލީ ހާލަތު މިވަގުތު އެންމެ ގޯސް އެއް ކުންފުންޏެވެ. ފެނަކަ ހެޑް އޮފީސް މިހާރު ހިންގަމުންގެންދަނީ ޕޯޓް ކޮމްޕްލެކްސް އިމާރާތުގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް