އިބްރާހީމް އިސްމާޢީލް އާއި އޭނާގެ ކޮއްކޮ ފައްޔާޒު އިސްމާއީލް
ހަބަރު
30 Dec 2024 | 09:13
ފައްޔާޒު އަކީ ވައްކަން ކުރާނެ މީހެއް ނޫން: އިބްރާހީމް އިސްމާޢީލް

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަކީ ވައްކަން ކުރާނެ މީހެއް ނޫން ކަމަށް، ފައްޔާޒުގެ ބޭބެ އިބްރާހިމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެ އެވެ.

ފާއިތުވި ސަރުކާރުގައި 2019 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ ނިޔަލަށް އެކި ގޮތްގޮތުން ގިނަ އަދަދެއްގެ ބަޔަކަށް ބަދަލުގެ ގޮތުގައި އެތައް ބިލިއަން ރުފިޔާއެއްގެ ފައިސާއާއި ހަރު މުދާ ދިނުމަށް ނިންމާފައިވާ މައްސަލާގައި ފައްޔާޒުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ފަށާފައިވާ މި ދަނޑިވަޅުގައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިބްރާ ވިދާޅުވީ ސިޔާސީ ކަންކަމުގައި ފައްޔާޒާއި ދެބަސްވާ ކަންކަން ހުންނަ ކަމަށެވެ.

އެހެން ނަމަވެސް ފައްޔާޒަކީ ވައްކަންކުރާނެ އަދި ޚިޔާނާތްތެރިއެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. 

"އިންޞާފުވެރި ޝަރީޢަތަކުން ސާބިތުނުވާހައި ހިނދަކު، އެކަމުގައި އަހުރެން އޭނާ ދިފާޢުކުރާނަމެވެ،" އިބްރާ ވިދާޅުވި އެވެ.

ބަދަލުދިން މައްސަލާގައި ޖިނާއީ ތަހުގީގު ހިންގަން ފަށާފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު, އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އަދި މިދިޔަ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުރި އަލީ ޝިޔާމްގެ މައްޗަށެވެ.

އެ ތަހުގީގުތަކުގައި ފައްޔާޒު ހިމަނަން އެދިފައިވަނީ ބަދަލު ދިނުމުގެ އެއްބަސްވުންތަކަށް ވާސިލުވެ އެ އެއްބަސްވުްނތައް ގެނައުމުގައި އިސް ދައުރެއް އަދާކޮށްފައިވާ ތުހުމަތުކޮށެވެ.

ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކޮށް، ގެއްލުމުގެ ބަދަލު ދިނުމަށް ކުރީ ސަރުކާރުން އުފެއްދި ސެޓްލްމަންޓް ކޮމެޓީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވެރިކަމާ ހަވާލުވެވަޑައިގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އުވާލާފައިވާއިރު، އެ ކޮމިޓީއިން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 225 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް 17 ނޮވެމްބަރު 2023 ގެ ކުރީން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އަދި ފައިސާގެ އިތުރުން ދޭން ކަނޑައެޅި ހަރުމުދަލާ ރަށްރަށާ ފަޅުފަޅު ފަދަ ތަންތަން އަގުމަގުކުރުމުން، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 1 ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ ދައުލަތުގެ މިލްކިއްޔާތުގެ ތެރެއިން ދޭން އެ ކޮމެޓީން ނިންމާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން