ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް-- ފޮޓޯ: ވޮއިސް
ހަބަރު
30 Dec 2024 | 12:55
ކޮންމެހެން ދަންވަރު ގޭގެއަށް ވަދެގެން ސަކަރާތް ޖަހާކަށް ނުޖެހޭ: ރައީސް ޔާމީން

ފުލުހުން ދަންވަރު ގޭގެއަށް ވަދެގެން "ސަކަރާތް" ޖަހަން ނުޖެހޭކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީއެންއެފުން ރޭގައި ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން މިފަދައިން ވިދާޅުވީ، ކުރީ ސަރުކާރުގައި ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ދިރިއުޅޭ ތަނާއި އެ ކުންފުނީގެ ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރު މަގާމުގައި ހުރި ޔާސިރު ހަސަން ދިރިއުޅޭ ތަން ބަލާ ފާސްކުރުމާއި ގުޅިގެންނެއެވެ.

މިގޮތުން ރައީސް ޔާމީން ވިދާޅުވީ، ކޯޓު އަމުރު ހޯދައިގެން ދިރިއުޅޭތަން ބަލާ ފާސްކުރުމަކީ އެންމެ ރަނގަޅުކަމެއް ކަމެއް ނަމަވެސް، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވިހެން ދަންވަރު ގޭގެއަށް ވަދެ މިކަން ނުކުރުމަށް ތާއީދުކުރައްވާކަމަށެވެ.

14 މަސްދުވަސް ވެފައިވާ ކަމެއްގައި، ގޭގެއަށް ވަންނާނީ ދޮށީ އުމުރުގެ މީހުންނާއި ކުޑަކުދިން އަރާމުގައި ތިއްބާ ނޫންކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ މިއީ ތަހުޒީބީ މުޖުތަމައެއްގައި ކަންކުރާ ގޮތް ނޫންކަމަށާއި، މިކަން ދުވާލު ގަޑީގައިވެސް ކުރެވޭނެ ކަމަށެވެ.

"ކޮންމެހެން ދަންވަރު ގޭގެއަށް ވަދެގެން، މި ބިރުވެރިކަމުގެ ތެރެއަށް ތުއްތު ކުދިންނާއި ދޮށީ މީހުން ވައްދައިގެން، މި ސަކަރާތް ޖަހާކަށް ނުޖެހޭ،"

ރައީސް ޔާމީން ވިދާޅުވިއެވެ.

ފުލުހުން ރަނގަޅު ގަޑިގަޑީގައި ކޯޓު އަމުރު ހިފައިގެން ގޭގެއަށް ދާންވީ ކަމަށާއި، ރޭގަނޑު ދަންވަރު މިފަދައިން އަމަލު ނުކުރިއަސް ވަގުން ހިފަން އުދަނގޫ ނުވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.