އަނދުން ހުސައިން: ފޮޓޯ/ އެމްޑީޕީ
ހަބަރު
31 Dec 2024 | 08:20
މި ވެރިކަން ވައްޓާލަން ފަންޑު ހޯދުމަށް އެންމެ އިސްކޮށް އުޅުނީ އަނދުން ހުސައިނާއި ޢީސަ: ވޮޝިންގޓަން ޕޯސްޓް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ވައްޓާލުމަށް އިދިކޮޅު އެމްޑީޕީއިން އިންޑިޔާއާއި ރޭވުންތައް ރޭވި ކަމަށާ، އެކަމަށް ބޭނުންވާ ފަންޑު އިންޑިޔާއިން ހޯދުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ހެންވޭރު ދެކުުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި ކުރީގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙުމަދު ޢީސާ ކަމަށް އެމެރިކާގެ ނޫހެއް ކަމަށްވާ ވޮޝިންގްޓަން ޕޯސްޓުން ބުނެފިއެވެ. 

ދިވެހިރާއްޖެ އާއި އަދި އިންޑިއާގެ މައުލޫމާތު އެނގޭ އިސް ބޭފުޅުން ހިމެނޭހެން ޖުމްލަ 24 އަށްވުރެ ގިނަ މީހުންނާއި އިންޓަވިއު ކޮށްގެން ލިޔުނު ރިޕޯޓްގައި ބުނެފައިވާ ގޮތުން، ވެރިކަން ވައްޓާލުމުގެ މިމަޝްވަރާތައް ކުރިއަށް ގެންދިޔައީ މިއަހަރުގެ ޖަނަވަރީން ފެށިގެން މަޖިލިސް އިންތިހާބާއި ދެމެދުއެވެ. 

އެގޮތުން ރައީސުލް ޖުމްހޫރިއްޔާ ތުރުކިޔޭ އަށާއި، އެއަށްފަހު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުން އެނބުރި ރާއްޖެ ވަޑައިގެންނެވުމުން މި ރޭވުންތައް ފެށިގެން ދިޔަކަމަށާ، އެކި ރަށްރަށުގަޔާއި، ސިޔާސީ މީހުންގެ ގެތަކުގައި، އަދި ރައްޔިތުންގެ މަޖިލީހުގެ ބޭރުގައިވެސް، އެމްޑީޕީއާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އުފެއްދެވި ޑިމޮކްރެޓްސް ޕާޓީގެ މެންބަރުންގެ މެދުގައި ރައީސް މުޢިއްޒު އިމްޕީޗްކުރުމުގެ މަޝްވަރާތައް ކުރިއަށް ދިޔަ ކަމަށް ބުނެފައިވެއެވެ.

"ބައެއް އެމްޑީޕީ ލީޑަރުން ޖެހިލުންވެ، އިމްޕީޗްމަންޓް ރޭވި ފަރާތްތަކަށް އިންޒާރުދިނެވެ. އެއީ އިމްޕީޗްމަންޓްގެ މަސައްކަތް ސުޕްރީމް ކޯޓުން ނުވަތަ ސިފައިންގެ ތެރޭގައި ތިބި ރައީސް މުއިއްޒުގެ ތާއީދުކުރާ ފަރާތްތަކުން ހުއްޓުވައިފާނެ ކަމަށް ބުނެއެވެ. އަނެއްބައި މީހުން ބިރުގަތީ މިކަމުގެ ސަބަބުން ރައީސް މުޢިއްޒަށް ވޯޓު ދިން ފަރާތްތައް ރުޅިއަންނާނެތީއެވެ. އެއީ އެމަނިކުފާނު އިންތިޚާބުކުރެވުނުތާ މާގިނަ ދުވަސްތަކެއް ނުވާތީއެވެ.“ އެ ލިޔުމުގައު ބުނެފައިވެއެވެ. 

އަދި މި ރޭވުން ރާވާ ފަރާތްތަކަށް ފައިސާގެ މައްސަލައެއްވެސް ދިމާވިއެވެ. ގިނަ މެމްބަރުން ވޯޓު ދޭން ތައްޔާރަށް ތިބި ނަމަވެސް ރިޝްވަތަށް އެދުނެވެ. (މިއީ މި ރޭވުން ރޭވި އެއް ފަރާތަކާއި އިތުރު 4 ދިވެހި އޮފިޝަލުން ބުނާ ގޮތުގައެވެ.) އެމްޑީޕީ އޮތީ ބަނގުރޫޓުވާން ކައިރިވެފައެވެ. ނަމަވެސް އެއަށް ހައްލެއް އޮތެވެ: އެއީ އިންޑިއާއެވެ.

ވޮޝިންގޓަން ޕޯސްޓް

ޖަނަވަރީ މަހު ބޭއްވުނު ސިއްރު ބައްދަލުވުމެއްގައި، އިމްޕީޗްމަންޓްގެ ޕްލޭނަށް އިދިކޮޅު ފަރާތްތައް އެއްބައިވެއްޖެނަމަ އިންޑިއާއިން ފައިސާ ހޯދައިދެވިދާނެ ކަމަށް ކަމަށް އަނދުން ހުސައިން ވިދާޅުވިކަމަށް އެ ނޫހުގައި ވެއެވެ. އަދި އަދުން ހުސައިނަކީ އިންޑިއާގެ އިންޓެލިޖެންސް އޭޖެންސީ އެއް ކަމަށްވާ އާރއޭޑަބްލިޔު އާއެކު މުހިންމު ގުޅުމެއް އޮތް ދިވެއްސެއް ކަމަށް އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރީ ބޯޑުގެ ކުރީގެ އޮފިޝަލަކު މައުލޫމާތު ދިން ކަމަށްވެސް ބުނެފައިވެއެވެ.

ކުރީގެ މެންބަރު ޢީސަ

މީގެ އިތުރުން، މެންބަރު އީސާއަކީ އިންޑިއާގެ ކުރީގެ ފުލުސް އޮފިސަރެއް ކަމަށްވާ ތޯރަޓްގެ ޒަމާންވީ ރަހުމަތްތެރިއެއް ކަމަށާ ރައީސް މުޢިއްޒު އިމްޕީޗް ކުރުމުގައި އިދިކޮޅު ފަރާތްތައް ނާކާމިޔާބުވެއްޖެ، އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީއަށް ފަންޑު ހޯދުމަށް އިންޑިއާގެ އެހީ ހޯދައިދެވިދާނެ ކަމަށް އޭނާ ވިދާޅުވި ކަމަށް އެ ނޫހުގައި ވެއެވެ.

”އީސާ ދެއްވި އިންޓަވިއުއެއްގައި، އިންޑިއާއާއެކު ގާތް ގުޅުމެއް އޮތް ކަމަށް ގަބޫލުކުރެއްވިއެވެ. އެހެންނަމަވެސް އިންތިޚާބަށް އިންޑިއާގެ ފައިސާ ހޯދައިދިނުމަށް ހުށަހެޅި ކަމަށް ދެކޮޅު ހެއްދެވިއެވެ. އަނދުން ހުސައިން އިޢުތިރާފުވެވަޑައިގަތީ އިމްޕީޗްމަންޓް ރޭވުމުގައި ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. އެހެންނަމަވެސް އެކަމަށް ފައިސާ ހޯދުމަށް އޭނާ ހުށަހެޅުއްވި ކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ވިދާޅުވުމަށް އިންކާރު ކުރެއްވިއެވެ.“ ވޮޝިންގްޓަން ޕޯސްޓުގައިވެއެވެ. 

"ވަކިވަކި ދިވެހިން އިންޑިއާއަށް ގޮސް ހުށަހެޅުން ހުށަހަޅާފައި އޮތުން އެކަށީގެންވޭ. އެހެންނަމަވެސް ޙަޤީޤަތުގައި އަޅުގަނޑުމެން އެއްވެސް ޤައުމަކުން ފައިސާއަށް އެދިފައެއް ނޯންނާނެ. އަޅުގަނޑު އިންޑިއާގެ އޮފިޝަލުންނާ ވަރަށް ގާތުން މަސައްކަތްކުރަން. އިންޑިއާއިން ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ޕްރޮސެސްއަށް އެއްވެސް ދަތިކަމެއް ކުރިމަތިކޮށްފައެއް ނުވޭ." އަނދުން ހުސައިން ދެއްވި ބަސްދީގަތުމުގައި ވިދާޅުވި ކަމަށް ދަ ޕޯސްޓު ނޫހުގައި ބުނެފައިވެއެވެ. 

އޭޕްރީލް މަހު ބޭއްވި މަޖިލިސް އިންތިހާބުގައި ރައީސް މުއިއްޒުގެ ޕާޓީން ބޮޑު ކާމިޔާބީއެއް ހޯދައި، އިމްޕީޗްމަންޓް ވޯޓެއް ނެގުން ގާތްގަނޑަކަށް މުސްތަޙީލު ކަމަކަށް ވެގެން ދިއުމުން އެމްޑީޕީގެ މެމްބަރުންގެ މެދުގައި ބަލިވީ ކީއްވެގެންތޯއާއި، އިމްޕީޗްމަންޓް ކާމިޔާބު ނުވީ ކީއްވެތޯ އާއި ވައުދުވި ގޮތައް އިންޑިއާއިން ފައިސާ ނުލިބުނީ ކީއްވެތޯ ސުވާލު އުފައްދާފައިވާ ކަމަށް ދަ ޕޯސްޓުގެ ރިޕޯޓްގައި ބުނެފައި ވެއެވެ.

އަދި އިންޑިއާގެ އޮފިޝަލުންނާ ގާތް އެމްޑީޕީގެ އެއް ލީޑަރަކު ވޮޝިންޓަން ޕޯސްޓަށް ވިދާޅުވީ އިންޑިއާ ދެކެނީ އެމްޑީޕީ އާއި އަދި އިދިކޮޅު ފަރާތްތަކަކީ މާބޮޑަށް ބައިބައިވެފައިވާ އަދި އިތުބާރު ނުކުރެވޭ ބައެއްގެ ގޮތުގައި ކަމަށެވެ.

މީގެ އިތުރުން ދަ ޕޯސްޓު ނޫހުގައި ބުނެފައިވާގޮތުން ރައީސް މުޢިއްޒުގެ ވެރިކަން ވައްޓާލުމަށް ނިމިދިޔަ މަޖިލީހުގެ 40 މެމްބަރުންނަށް ރިޝްވަތު ދިނުމަށާ، ސިފައިންނާއި ފުލުހުންގެ އިސް 10 އޮފިސަރަކާއި ބާރުގަދަ ތިން ގޭންގަކަށް ފައިސާ ދިނުމަށް ހުށަހަޅާފައިވެއެވެ. އެފަރާތްތަކަށް ފައިސާ ދެއްކުމަށް އިންޑިއާ އިން 87 މިލިއަން ރުފިޔާ ނުވަތަ ހަ މިލިއަން ޑޮލަރު ބޭނުންވާ ކަމަށާއި އެކަން އިންޑިއާ އިން ހަމަޖެހޭނެ ކަމަށް ދިވެހި ދެއޮފިޝަލަކު ވޮޝިންޓަން ޕޯސްޓަށް މައުލޫމާތު ދެމުން ބުނެފައިވާ ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.

ވޮޝިންޓަން ޕޯސްޓުން ބުނީ އެ ނޫހުގެ ރިޕޯޓްގައި ހުރި ވާހަކަތައް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ދޮގު ކޮށްފައިވާ ކަމަށެވެ. އަދި މިކަމާއި ގުޅޭ ގޮތުން ރައީސް އޮފީހުގެ މިނިސްޓަރ އިބްރާހިމް ހަލީލް އާއި ސުވާލު ކުރުމުން ކޮމެންޓެއް ކުރައްވާފައި ނުވާކަމަށް ވޮޝިންޓަން ޕޯސްޓުން ބުނެފައި ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.
14 Sep 2026
ސަފީރު ޝަބީނާ, އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ބެލްގްރޭޑް ގައި ހުންނަ "ޕެލެސް ސާބިއާ" ގައެވެ.
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން