ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޯލް-- ފޮޓޯ: ސީއެންއެން
ދުނިޔެ
31 Dec 2024 | 11:03
ދެކުނު ކޮރެއާގެ ރައީސް ހައްޔަރުކުރުމުގެ އަމުރު ނެރެފި

ދެކުނު ކޮރެއާގެ ސަސްޕެންޑް ކުރެވިފައިވާ ރައީސް، ޔޫން ސުކް ޔޯލް ހައްޔަރުކުރުމުގެއަމުރު އެގައުމުގެ ވެރިކަން ކުރާރަށް ކަމަށްވާ ސޯލްގެ ކޯޓަކުން ނެރެފިއެވެ.

ޔޫން ހައްޔަރުކުރުމުގެ އަމުރަކަށް އެދިފައިވަނީ މިމަހުގެ 3 ވަނަ ދުވަހު އޭނާ ކުއްލި ގޮތަކަށް މާޝަލް ލޯ އިއުލާނު ކުރުމާއި ގުޅިގެންނެވެ. މި އަމުރު ނެރުމާއިއެކު ޔޫން ވެގެން ގޮސްފައިވަނީ އެގައުމުގައި ހައްޔަރުކުރުމުގެ އަމުރު ނެރުނު ފުރަތަމަ ރައީސަށެވެ.

މީގެ އިތުރުންވެސް ޔޫން އާއި ގުޅޭ ގިނަ މައްސަލަތަކެއް ތަހުގީގުކުރަމުން އަންނައިރު، އޭނާ ވަނީ 3 ފަހަރަށް މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް ވެސް ހާޒިރުކޮށްފައެވެ.

އިންވެސްޓިގޭޓަރުންނަށް އެ އަމުރު ތަންފީޒު ކުރުމަށް ޖެނުއަރީ މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ލިބިފައިވާއިރު، މުއްދަތު އިތުރު ކުރުމަށް އެދި ހުށަހެޅުމަށް ވެސް ވަނީ ފުރުސަތުދީފައެވެ.

ޔޫންގެ ސެކިއުރިޓީ ޓީމާއި އޭނާއަށް ތާއީދުކުރާ ފަރާތްތައް މިކަމަށް ހުރަސްއެޅުން އެކަށީގެންވާއިރު، މީގެ ކުރިން އެގައުމުގެ ރިޔާސީ ސެކިއުރިޓީ ސާވިސް އިން ވަނީ ރިޔާސީ އޮފީސް ގޯތިތެރެއަށާއި ޔޫންގެ އަމިއްލަ ގެއަށް ވަނުމަށް އިންވެސްޓިގޭޓަރުންނަށް ހުރަސް އަޅާފައެވެ.

ޔޫން ވީ ތަނެއް އާއްމުންނަށް ނޭނގުނު ނަމަވެސް، އޭނާ ގައުމުން ފުރައިގެން ދިޔުން ވަނީ މަނާކޮށްފައެވެ.

ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ވޯޓާއިއެކު ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުން ފެށިގެން ރައީސްގެ މަގާމުން ޔޫން ސަސްޕެންޑް ކޮށްފައިވާއިރު، އޭނާ މަގާމުން ވަކިކުރެވޭނީ އެގައުމުގެ ދުސްތޫރީ ކޯޓުން މަޖިލީހުގެ މި ނިންމުން ދަމަހައްޓައިފިނަމައެވެ.

ޔޫންގެ ފަހުން އެގައުމުގެ ވަގުތީ ރައީސްކަމާއި ހަވާލުވި  ހަން ޑަކް ސޫ ވެސް މަގާމުން ވަކިކޮށްފައިވާއިރު، މިހާރު އެގައުމުގެ ވަގުތީ ރައީސް ކަމާއި، ވަގުތީ ބޮޑު ވަޒީރުކަން ކުރައްވަމުން އަންނަ ޗޮއި ސަންގް މޮކް ވެސް ވަކިކުރާނެ ކަމުގެ އިންޒާރު އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ތިބި އިދިކޮޅު ފަރާތްތަކުން އަންނަނީ ދެމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.