މާފަރު އިންޓަރނޭޝަނަލް އެއާޕޯޓް ރަންވޭ.. ފޮޓޯ: އައިއޭއެސް
ހަބަރު
31 Dec 2024 | 17:34
ޖެޓްތައް އަންނާތީ، މާފަރު އެއާޕޯޓްވެސް ބިޒީވެއްޖެ

ފެށޭ އައު އަހަރާ ދިމާކޮށް މާފަރު އިންޓަރނޭޝަނަލް އެއާޕޯޓަށްވެސް ގިނަ އަދަދެއްގެ ޖެޓްތައް އަންނަން ފަށައިފިއެވެ.

މިކަމާ ގުޅޭގޮތުން މާފަރު އިންޓަރނޭޝަނަލް އެއާޕޯޓް ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ، މިފަހަރުގެ އައު އަހަރާ ދިމާކޮށް މާފަރު އިންޓަރނޭޝަނަލް އެއާޕޯޓް ފެންނަނީ ވަރަށް ބިޒީކޮށްކަމަށެވެ. އެގޮތުން މިފަހަރުވެސް ގިނަ އަދަދެއްގެ ޖެޓްތައް އެ އެއާޕޯޓަށް އަންނަމުންދާކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ. މާފަރު އެއާޕޯޓަކީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށްފަހު އަމިއްލަ ޖެޓްތައް އެންމެގިނައިން ޖައްސާ އެއް އެއާޕޯޓެވެ.

މިދިޔަ އަހަރުގެވެސް އައު އަހަރާ ދިމާކޮށް މާފަރު އިންޓަރނޭޝަނަލް އެއާޕޯޓަށް ގިނަ އަދަދެއްގެ އަމިއްލަ ޖެޓްތައް ޖެއްސިއެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު މާފަރު އެއާޕޯޓަށް ޖުމްލަ 353 އަމިއްލަ ޖެޓް ވަނީ ޖައްސާފައެވެ. އެއީ އޭގެ ކުރީ 2022 ވަނަ އަހަރަށްވުރެ 125 ޖެޓްގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ކުރީއަހަރު މާފަރު އެއާޕޯޓަށް ޖައްސާފައިވަނީ 228 ޖެޓެވެ.

މާފަރު އެއާޕޯޓުގައި ޖެޓްތަކެއް ޕާކުކޮށްފައި... ފޮޓޯ: އައިއޭއެސް

މާފަރު އެއާޕޯޓް ރަސްމީކޮށް ބޭނުންކުރަން ފަށާފައިވަނީ 2020 ވަނަ އަހަރުގެ ޖުލައިމަހުގެ 1 ވަނަ ދުވަހުއެވެ. މާފަރު އެއާޕޯޓަށް ގިނަ އަދަދެއްގެ ޖެޓްތައް އަންނައިރު، މަތީފަންތީގެ ގިނަ ރިސޯޓްތަކެއް ނ.އަތޮޅުގައި ހިންގަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. މިއަހަރުގެ އައު ސީޒަނާކުރިމަތިލިއިރު، މާފަރު އެއާޕޯޓްގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ވަނީ ކުރިއަށްގެންގޮސްފައެވެ. މިދިޔަ އަހަރުގެ މެއިމަހު ރަންވޭ ބޮޑުކުރުމަށް ފެށި މަސައްކަރް ނިންމާލީ މިއަހަރުގެ އޮކްޓޯބަރުމަހުއެވެ.

މާފަރު އެއާޕޯޓަށް އަލަށް ގެނައި ބަދަލާއެކު މިހާރު އެ އެއާޕޯޓްގައި އެއްވެސް ދަތިކަމެއްނެތި އެއްފަހަރާ 26 ޖެޓް ޕާކުކުރެވޭނޭކަމަށް އައިލެންޑް އޭވިއޭޝަނުން ވަނީ ބުނެފައެވެ. މީގެ ކުރިން ޕާކްކުރެވެނީ 13 ޖެޓެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.
08 Oct 2026
ޖައިޝަންކަރު އެފްރިކާއަށް ކުަރައްވާ ދަތުރުފުޅެއް ފައްޓަވައިފި
އިންޑިއާގެ ހާރިޖިއްޔާއިން މަޢުލޫމާތު ދޭ ގޮތުގައި، މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ އެފްރިކާގެ ގައުމުތަކާއެކު އޮންނަ ވިޔަފާރިއާއި، އިގްތިސާދީ، އަދި ތަރައްގީގެ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމެވެ.
08 Oct 2026
ހަފްތާ ބަންދުގައި ޕާސްޕޯޓްގެ ސްޓޮކް ލިބޭނެ، 2646 ޕާސްޕޯޓްގެ ބެކްލޮގެއް
އަންނަ އާދިއްތަ ދުވަހުން ފެށިގެން ޕާސްޕޯޓްގެ ހިދުމަތް އާންމު ހާލަތަށް ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.
08 Oct 2026
ގޫގުލް މެޕް މެދުވެރިކޮށް އަގުހެޔޮކޮށް ތެއޮ ލިބޭ ތަންތަން ހޯދޭނެގޮތް އިނގިރޭސިވިލާތުގައި ހަދައިފި
އެ ގައުމުގެ ބޮޑުވަޒީރު އޭންޑީ ބާންހަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތެލުގެ އަގާ މެދު ރައްޔިތުން ކަންބޮޑުވާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
08 Oct 2026
ތިމަރަފުށީ ސްކޫލު ލެބޯޓަރީ ގޮއްވާލަން ރޭވުން: ބައެއް ދައުވާތައް ސާބިތު، އެކަކު ފިޔަވާ އެންމެން މިނިވަންވެއްޖެ
މި މައްސަލާގައި ހަތް ދައުވާއެއް އަށް މީހެއްގެ މައްޗަށް އުފުލާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން ތިން ދައުވާ ބައެއް މީހުންގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.
08 Oct 2026
ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ
ގަލްފު ސަރަހައްދުގައި ކަނޑު ދަތުރުތަކަށް އޮތް ނުރައްކާ ބޮޑުވަމުން ދިޔުމާ ގުޅިގެން ތެލުގެ ބާޒާރުގައި ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. ހާއްސަކޮށް ހޮރްމޫޒް ކަނޑުއޮޅިއާއި ގަލްފުގައި އުޅަނދުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަމުންދާކަމަށް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ