ފަލަސްތީނަށް ދެވުނު ބޮމުގެ ހަމަލާއެއްގައި ގެތަކެއް ހަލާކުވެފައި: ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ
02 Jan 2025 | 09:41
މިއިން ޒަމާނަކުވެސް ޣައްޒާއިން ދެކެފައި ނުވާފަދަ ވަރުގަދަ ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އިސްރާއީލުން ދީފި!

މިއިން ޒަމާނަކުވެސް ޣައްޒާއިން ދެކެފައި ނުވާފަދަ ވަރުގަދަ ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އިސްރާއީލުން ދީފިއެވެ. 

އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއިލް ކަޓްޒް މިފަދަ އިންޒާރެއް، ޣައްޒާގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތަށް ދީފައިވަނީ ހަމާސްއިން އިސްރާއީލަށް ދޭ ހަމަލާތައް ހުއްޓާލައި، ޣައްޒާގައި ބަންދުކޮށްފައިވާ އިސްރާއީލީ ރަހީނުން ދޫކޮށްލުމަށް ޑިމާންޑު ކޮށެވެ. 

އިސްރާޢީލުން މިފަދަ އިންޒާރު ދީފައިވާއިރު، އިސްރާޢީލުން ވަނީ ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން، އެތައް ބަޔަކު އަސީރުންގެ ގޮތުގައި ޖަލަށްލާފައެވެ. އޭގެތެރެއިން އެއް ބަޔަކު ވީނުވީއެއް ނޭނގި ”ގެއްލިފައި“ ވާއިރު އަނެއް ބަޔަކަށް ޖިންސީ އަދި ޖިސްމާނީ އަނިޔާތައްދީ ޝަހީދުކޮށްލާފައިވެއެވެ.

މީގެ އިތުރުން ރޭގެ ވަގުތެއްގައި އިސްރާއީލުގެ ސިފައިން ވަނީ ޣައްޒާގެ ދެކުނުގައިވާ އަލް-މަވާސީ ސަރަހައްދަށް ބޮން އަޅާފައެވެ. މި ސަރަހައްދަކީ "އިންސާނީ ސަރަހައްދު" ނުވަތަ ”ސޭފް ޒޯން“ ގެ ގޮތުގައި ކަނޑައަޅާފައިވާ ތަނެކެވެ. މި ހަމަލާގައި މަދުވެގެން 11 ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ.

އިސްރާއީލުގެ ހަމަލާތަކާއެކު، ވާރޭވެހި ފިނިކަން އިތުރުވެ، ކާބޯތަކެތި މަދުވުމުގެ ސަބަބުން ޣައްޒާގެ އިންސާނީ ހާލަތު އިތުރަށް ދަށަށް ގޮސްފައިވެއެވެ. ފަލަސްތީނުގެ ސިއްހީ އޮފިޝަލެއް ބުނާ ގޮތުގައި ފިނިކަމުގެ ސަބަބުން މިހާތަނަށް 8 ކުޑަކުދިން ވަނީ މަރުވެފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރ 7 އިން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތަކުގައި މަދުވެގެން 45,553 ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ. އަދި 108,379 މީހުންނަށް ވަނީ އަނިޔާވެފައެވެ.

އޮކްޓޯބަރ 7 ގައި ހަމާސްއިން އިސްރާއީލަށް ދިން ހަމަލާގައި 1,139 އިސްރާއީލީން މަރުވެ، 200 އަށްވުރެ ގިނަ މީހުން ވަނީ ރަހީނުންގެ ގޮތުގައި ގެންގޮސްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.