ވާރޭވެހި ރޭގައި މާލޭގައި ފެންބޮޑުވެފައި-- ފޮޓޯ: ޕޮލިސް
ހަބަރު
04 Jan 2025 | 09:49
ވިއްސާރައާއި ގުޅިގެން މިހާތަނަށް 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

އިއްޔެ ރާއްޖެއަށް ކުރި ވިއްސާރައާއި ގުޅިގެން މިހާތަނަށް މާލެއިން 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އިއްޔެ ކުރި ވިއްސާރަ އާއި ގުޅިގެން އެންޑީއެމްއޭއިން ހާމަކުރި އަދާހަމައިގައިވާގޮތުން މާލޭގައި ފެންބޮޑުވެގެން އެކި އެކި އެހީތަކަށް އެދި 774 ތަނަކުން ރިޕޯޓްކޮށްފައިވާއިރު، މީގެ ތެރެއިން 554 ރިކުއެސްޓަކީ ވެލިބަސްތާ ޖެހުމެވެ.

އެންޑީއެމްއޭއިން ބުނީ، މާލެއިން ޒަރޫރީ ބޭނުންތަކަށް ހުރަސް އެޅިގެން ރިޕޯޓްކުރެވުނު 53 ގެއެއްގެ ރެޕިޑް އެސެސްމަންޓް، އެ އޮތޯރިޓީއާއި ދިވެހި ރެޑްކެރެސެންޓާއި ފުލުހުން ކުރިއަށް ގެންގޮސްފައިވާކަމަށެވެ. އަދި މީގެ ތެރެއިން އާއްމު ދިރިއުޅުމަށް ހުރަސްއެޅޭ ހާލަތުގައިވާ 36 ގޭބީސީގެ 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިން ފޯރުކޮށްދީފައިވާކަމަށް އެ އޮތޯރިޓީން މައުލޫމާތުދެއެވެ.

މާލޭގައި ފެންބޮޑުވެގެން ވެލިބަސްތާ ޖެހުމުގެ މަސައްކަތުގައި މާލޭ ސިޓީ ކައުންސިލް، ފުލުހުން، ސިފައިން، މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް އާއި ސްކައުޓުން ހަރަކާތްތެރިވެފައިވާކަން ފާހަގަކޮށް އެންޑީއެމްއޭއިން ބުނީ، ފެން ހިއްކުމުގެ މަސައްކަތުގައި ސިފައިންގެ އިތުރުން އަމިއްލަ ފަރާތްތަކުންނާއި އާއްމު ފަރުދުން މަސައްކަތްކޮށްފައިވާކަމަށެވެ.

މިއާއިއެކު، އެންޑީއެމްއޭއިން ބުނީ، މިއަދު މޫސުން ގޯސްވެ ރ.އިނގުރައިދޫއަށާއި، ށ.މަރޮއްޓަށް އުދަ އަރައިގެން އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށެވެ. މީގެ އިތުރުންވެސް، ބޯކޮށް ވާރޭވެހި، ގެއްލުން ލިބިގެން ރިޕޯޓްކޮށްފައިވާ ރަށްރަށަކީ:

1) ފ.ނިލަންދޫ - ރަށުގެ 80 އިންސައްތައިގައި ފެންބޮޑުވެފައިވޭ

2) ދ.ކުޑަހުވަދޫ - 10 ވަރަކަށް ގެއަށް ގެއްލުން ލިބިފައިވޭ

3) ދ.މީދޫ - 10 ވަރަކަށް ގެއަށް ގެއްލުން ލިބިފައިވޭ

4) ފ.މަގޫދޫ - 9 ގެއަކަށް ގެއްލުން ލިބި 1 ގެއަކުން މީހުން ހުސްކޮށްފައިވޭ

5) އދ.މާމިގިލި - 4 ގެއަކަށް ބޮޑެތި ގެއްލުން ލިބިފައިވޭ

6) ކ.ގުރައދޫ - 60 ގެއަކަށް އެކިވަރުގެ ގެއްލުން ލިބިފައިވޭ

7) ފ.ފީއަލި - ފެންބޮޑުވެގެން 1 ގެއަކުން މީހުން ހުސްކޮށްފައިވޭ

8) ކ.ހިންމަފުށި - 60 އިންސައްތަ ގެތަކުގައި ފެންބޮޑުވެފައިވޭ

މޫސުމާއި ބެހޭ އިދާރާ (މެޓް އޮފީސް) އިން ވަނީ މިއަދުވެސް އުތުރާއި މެދު ރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް، މި ސަރަހައްދުގެ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.