ޗައިނާގެ ހޮސްޕިޓަލްތައް ތޮއްޖެހިފައި-- ފޮޓޯ: އެކްސް
ދުނިޔެ
04 Jan 2025 | 13:27
ޗައިނާގައި ގޮތް ނޭނގޭ ބައްޔެއް ފެތުރި، އެގައުމުގެ ހޮސްޕިޓަލްތައް ތޮއްޖެހެނީ!

ޗައިނާގައި ގޮތް ނޭނގޭ ބައްޔެއް ފެތުރި, އެގައުމުގެ ހޮސްޕިޓަލްތައް ތޮއްޖެހިއްޖެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ ތަކުން ފެންނަ ގޮތުގައި، އެގައުމުގެ މެޑިކަލް ޔުނިޓްތަކުގައި އާއްމުން ތޮއްޖެހިފައިވާއިރު، ރޭގަނޑުގެ ދަންވަރުގެ ވަގުތުގައިވެސް ކުޑަކުދިން ގޮވައިގެން އެކުދިންގެ ބެލެނިވެރިން ދިގު ކިއުތަކުގައި ތިބޭތަން ފެނެއެވެ.

މީގެ ފަސް އަހަރުކުރިން ޗައިނާގެ ވޫހާން ސިޓީން މުޅި ދުނިޔެއަށް ފެތުރުނު ކޮވިޑާއި މި ބައްޔާއި ގިނަ ބަޔަކު އަޅާ ކިޔަމުން އަންނައިރު، ޗައިނާގެ ސިއްހީ މާހިރުން އަންނަނީ މާސްކް އެޅުމަށް އިލްތިމާސްކުރަމުންނެވެ. އެގައުމުގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި، ބޮޑަށް ބެލެވެނީ މިއީ ހިއުމަން މެޓަޕްނިއުމޯވައިރަސް (އެޗްއެމްޕީވީ) ކިޔާ ވައިރަހަކުން ޖެހޭ ބައްޔެކެވެ. މި ބަލީގެ ސަބަބުން ރޯގާ ޖެހި ހުން އައުމާއި، ކެއްސުން ހިމެނެއެއެވެ.

ސީރިއަސް ހާލަތްތަކުގައި އެޗްއެމްޕީވީ ޖެހުމުން އާއްމުކޮށް ކުޑަކުދިންނަށް ބްރޮންކައިޓިސް ނުވަތަ ނިއުމޯނިއާ ޖެހުމުގެ ފުރުސަތު އޮވެއެވެ. މިއީ ކުޅު ފަދަ ތަކެތިން އަދި ގައިގޯޅި ވުމުން ޖެހޭ، ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާބައްޔެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

މި ބައްޔާއި ބެހޭގޮތުން ތަފާތު ވާހަކަތައް ސޯޝަލް މީޑިއާގައި ފެތުރެމުންދިޔަ ނަމަވެސް، ޗައިނާގެ ނޭޝަނަލް ޑިޒީޒް ކޮންޓްރޯލް އެންށް ޕްރިވެންޝަން އެޑްމިނިސްޓްރޭޝަން (އެންސީޕީޑީ) އިން ވަނީ ބައްޔާއި ގުޅިގެން ހާލަތު ނުރައްކާތެރި ނޫންކަމަށް ބުނެފައެވެ. އެހެންނަމަވެސް، އެގައުމުގައި ފާހަގަކޮށްލެވޭ އަދަދަކަށް މިދިޔަ ޑިސެންބަރު މަހުގެ 16 އިން 22 އާއި ދެމެދު ފުއްޕާމޭގެ އިންފެކްޝަންތައް އިތުރުވިކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ޓްރާންސްޕޭރެންސީން ވަކިކުރީ މުވައްޒަފަކަށް 3.5 ލައްކަ ރުފިޔާދޭން އަންގައިފި
ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) ގައި މަސައްކަތްކުރި ސީނިއާ މުވައްޒަފެއް ކަމަށްވާ ޢަލީ ޝަރީފް، ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ނިންމި ނިންމުމާ އެއްގޮތަށް، އޭނާއަށް ލިބެންޖެހޭ 356,932 ރުފިޔާ ދިނުމަށް ސިވިލް ކޯޓުން އަމުރުކުރުމުން އެ ފައިސާ ނުދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.
24 Jul 2026
އިންޑިއާގެ "ކޮކްރޯޗް" ޕާޓީގެ ވެރީން ސަރުކާރާ މަޝްވަރާކޮށްފި
އެ މަޝްވަރާތައް ބޭއްވީ މުޒާހަރާތަކަށް ތާއީދުކޮށް 26 ދުވަސް ވަންދެން ބަނޑުހައިހޫނުކަމުގެ ހަޅުތާލުގައި ހުންނެވި އެކްޓިވިސްޓް ސޯނަމް ވާންގްޗުކް ހަޅުތާލު ހުއްޓައިލިތާ ގަޑިތަކެއް ފަހުގައެވެ. ނަމަވެސް ސީޖޭޕީން ބުނީ މަޝްވަރާތައް ކުރިއަށް ގެންދާ ކަމުގައި ވިޔަސް މުޅި ޤައުމުގައި ކުރަމުންދާ އިޙުތިޖާޖުތައް ހުއްޓައިނުލާނެ ކަމަށެވެ. ބައްދަލުވުމަށް ފަހު ސީޖޭޕީގެ ލީޑަރުން ބުނީ ސަރުކާރުން ހޮނިހިރު ދުވަހުގެ މެންދުރުފަހާ ހަމައަށް ޖަވާބު ދެއްވަން ވަގުތު ބޭނުންވާ ކަމަށް އެންގި ކަމަށެވެ.
24 Jul 2026
ހަނދާން ނެތުމާއި، ސަމާލުކަން ނުދެވުމުގެ މައްސަލައިން އަރައިގަތުން
ދިރިއުޅުމުގެ ކަންކަމުގައި އުޅޭއިރު ބުރަބޮޑުވެ، މަސައްކަތުގެ މާހައުލާއި އަމިއްލަ ދިރިއުޅުމުގެ ޒިންމާތައް އިތުރުވާ ވަގުތުތަކުގައި، ބައެއް ފަހަރު ވިސްނުން ފުސްވެ، ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވާ ހާލަތަކަށް ދެވޭގޮތްވެއެވެ. މިއީ "ބްރެއިން ފޮގް“ އެވެ. މިއީ ވަކި ބައްޔެއް ނޫން ނަމަވެސް، ސަމާލުކަން ދިނުމާއި، ހަނދާން ބެހެއްޓުމާއި، ވިސްނުމުގެ ބާރު ދަށްވުން ފަދަ ކަންކަން ހިމެނޭ ޞިއްޙީ ހާލަތެކެވެ.
24 Jul 2026
އިނގުރައިދޫ ސްކޫލުގެ ދަރިވަރުންނަށް ކަރަންޓު ވައިރުކުރަން ދަސްކޮށްދީފި
ރ. އިނގުރައިދޫ ސްކޫލުގެ ޕީޓީއޭ އިން ހިންގާ "ހުނަރު ޕޮރޮގުރާމު" ގެ ތެރެއިން ފެނަކައިގެ ޓެކްނީޝަނުން މެދުވެރިކޮށް ދަރިވަރުންނަށް ކަރަންޓު ވައިރުކުރުމުގެ ޢަމަލީ ތަމްރީނު ދީފިއެވެ.
24 Jul 2026
ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްޤީކުރި ސަރަހައްދު މިއަދު ހުޅުވައިލަނީ
މާލޭ ބޮޑުތަކުރުފާނު މަގުގައި ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ދެމެދު ހަތަރު ލޭނަށް ފުޅާކޮށް ތަރައްޤީކުރި ގާތްގަނޑަކަށް 700 މީޓަރުގެ ސަރަހައްދު މިއަދު ހަވީރު އާންމުންނަށް ހުޅުވައިލާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
24 Jul 2026
މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެއްޖެ ނަމަ އެކަމުގެ ޒިންމާ އުފުލާންޖެހޭނެ
މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުމުގެ މައްޗަށް އަލިއަޅުވާލައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނެފައިވާ ގޮތުގައި، މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ދެމެހެއްޓުމަކީ ދީނީ އަދި ޤައުމީ ވާޖިބެކެވެ. ޤައުމުގެ އެކުވެރިކަމަށް ބުރޫއަރާފާނެ ކޮންމެ ކަމަކުން މުޖުތަމަޢު ސަލާމަތްކުރުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއެކެވެ.
24 Jul 2026
ކަނޑުމަގުން އެތެރެކުރި 5.6 މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
މާލެ ކޮމާޝަލް ހާބަރު މެދުވެރިކޮށް ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި 3110 ގްރާމްގެ މަސްތުވާތަކެތި އިއްޔެ ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
24 Jul 2026
ސްޓޭޓް ފާމާގެ ބޭހުގެ މަޢުލޫމާތު ބެލޭ ޕޯޓަލެއް ސެޕްޓެމްބަރުގައި ލޯންޗުކުރަނީ
ސްޓޭޓް ފާމާގެ ފާމަސީތަކުން ލިބެން ހުރި ބޭހާއި އަގުގެ މަޢުލޫމާތު އެއް ޕްލެޓްފޯމަކުން ފެންނާނެ ޕޯޓަލެއް އަންނަ ސެޕްޓެމްބަރު މަހު ލޯންޗުކުރާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.