މިއަންމާގެ ޖަލުން މިނިވަން ކުރި ގައިދީންތަކެއް-- ފޮޓޯ: އޭއެފްޕީ
ދުނިޔެ
06 Jan 2025 | 10:50
180 ބިދޭސީންނާއިއެކު މިޔަންމާއިން 6،000 ގައިދީން މިނިވަންކުރަނީ

އިނގިރޭސީންގެ އަތްދަށުން މިނިވަންވިތާ 77 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، 180 ބިދޭސީންނާއިއެކު 6،000 ގައިދީން މިނިވަންކުރުމަށް މިޔަންމާގެ އަސްކަރިއްޔާއިން ނިންމައިފިއެވެ.

މިޔަންމާގެ ސަރުކާރުގެ ޓެލެވިޜަން ސްޓޭޝަން އެމްއާރްޓީވީން ބުނެފައިވާ ގޮތުގައި، ސިފައިންގެ ސަރުކާރުގެ އިސްވެރިޔާ ސީނިއަރ ޖެނެރަލް މިން އައުންގ ހްލައިންގ ވަނީ މިޔަންމާގެ 5،864 ގައިދީންނަށާއި އަދި 180 ބިދޭސީ ގައިދީންނަށް މަޢާފު ދެއްވާފައެވެ.

ނަމަވެސް، ޖަލުން ދޫކޮށްލެވޭ މީހުންގެ ތެރޭގައި އެގައުމުގެ ކާރިޖީ ވަޒީރު ކަމާއި، ސްޓޭޓް ކައުންސިލަރކަން ކުރި 79 އަހަރުގެ އާންގް ސާން ސޫ ޗީ ހިމެނޭކަމުގެ އެއްވެސް ނިޝާނެއް ނުފެނެއެވެ. 

ދޫކޮށްލެވޭ ބިދޭސީންގެ ތެރޭގައި ނޮވެމްބަރު މަހުގެ ފަހުކޮޅު މިޔަންމާގެ ކަނޑުގެ ސަރަޙައްދުގައި ހައްޔަރުކުރެވުނު ތައިލެންޑުގެ 4 މަސްވެރިން ހިމެނިދާނެކަމަށް ބެލޭއިރު، ތައިލެންޑުގެ ބޮޑުވަޒީރު ޕެއިޓޮންގްޓާން ޝިނަވަތްރާ ވަނީ މި 4 މީހުން މިނިވަން ދުވަހު ދޫކޮށްލެވޭނެ ކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

ހޮނިހިރު ދުވަހުން ފެށިގެން ގައިދީން ދޫކޮށްލަން ފެށިނަމަވެސް، މި މަސައްކަތް ނިންމުމަށް ދުވަސްތަކެއް ނަގާނެއެވެ. 

2021 ގައި އެގައުމުގެ އުފެދުނު ސިޔާސީ ހަމަނުޖެހުމުގެ ސަބަބުން، އެސިސްޓަންސް އެސޯސިއޭޝަން ފޯ ޕޮލިޓިކަލް ޕްރިޒަނަރސް (އޭއޭޕީޕީ) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 28،096 މީހުން ވަނީ ސިޔާސީ ދަޢުވާތަކުގެ ދަށުން ހައްޔަރުކުރެވިފައެވެ. އަދި މަދުވެގެން 6،106 އާންމު ރައްޔިތުން ސަލާމަތީ ބާރުތަކުން މަރާލާފައިވާ ކަމަށްވެސް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.

ސަރުކާރުގެ މި ނިންމުމުގެ ދަށުން ދޫކޮށްލެވޭ މީހުންނާ ބެހޭ ގޮތުން އިތުރު ތަފްޞީލުތަކެއް ހާމަކޮށްފަައި ނުވި ނަމަވެސް އޭގެ ތެރެއިން ގިނަ މީހުން ހައްޔަރުކުރެވިފައިވަނީ މުޒާހަރާތަކާ ގުޅުންހުރި ދަޢުވާތަކުގެ ދަށުންކަމަށް ބެލެވެއެވެ. މީގެ ތެރޭގައި މިޔަންމާގެ ޤާނޫނުލްޢުޤޫބާތުގެ 505(އޭ) މާއްދާގެ ދަށުން ކުރެވޭ ދަޢުވާތައް ހިމެނެއެވެ. މި މާއްދާގެ ދަށުން ޢާންމުންގެ މެދުގައި ބިރުވެރިކަން އުފެދޭފަދަ ނުވަތަ ހަމަނުޖެހުން އުފެދޭފަދަ ނުވަތަ ދޮގު ޚަބަރު ފަތުރާފަދަ ކޮމެންޓްތައް ފެތުރުމަކީ ކުށެކެވެ.

އެމްއާރްޓީވީގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، މިން އައުންގ ހްލައިންގ ވަނީ 144 ބަންދީންގެ އުމުރު ދުވަހުގެ ޙުކުމް 15 އަހަރަށް ކުރުކޮށްދެއްވާފައެވެ. އަދި އެހެން ހުރިހާ ބަންދީންގެ ޙުކުމްތައްވެސް ކުޑަކުރެވޭނެ ކަމަށް ބުނެފައިވެއެވެ. ނަމަވެސް މީގެ ތެރޭގައި ގޮވާ ތަކެއްޗާބެހޭ ޤާނޫނާއި، ޣައިރު ޤާނޫނީ ޖަމްޢިއްޔާތަކާބެހޭ ޤާނޫނާއި، ހަތިޔާރާބެހޭ ޤާނޫނާއި އަދި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ކުށްވެރިވެފައިވާ މީހުން ނުހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ