ޓިބެޓް ސަރަހައްދަށް އައި ބިންހެލުމުގައި ގެއެއް ވެއްޓިފައި. -- ފޮޓޯ: އޭޕީ
ދުނިޔެ
07 Jan 2025 | 10:03
ޗައިނާގެ ޓިބެޓުގައި ބޮޑު ބިންހެލުމެއް: މަރުވި މީހުންގެ އަދަދު 32 އަށް އަރައިފި

ޓިބެޓުގެ އުތުރުގައި އޮންނަ ހިމާލަޔާ ފަރުބަދަ ސަރަޙައްދުގައި ބޮޑު ބިންހެލުމެއް އައިސް، މިހާތަނަށް 32 މީހުން މަރުވެފައިވާ ކަމަށް ޗައިނާގެ އިދާރާތަކުން ބުނެފިއެވެ. މި ބިންހެލުމުގެ އަސަރު ނޭޕާލް، ބޫޓާން އަދި އިންޑިއާއަށްވެސް ކޮށްފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

ޗައިނާގެ ބިންހެލުމާބެހޭ މަރުކަޒުން ބުނިގޮތުގައި މި ބިންހެލުމުގެ ބާރުމިން 6.8 މެގްނެޓިޔުޑަށް އަރައެވެ. ނަމަވެސް އެމެރިކާގެ ޖިއޮލޮޖިކަލް ސަރވޭއިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިން ހުރީ 7.1 ގައި ކަމަށެވެ.

ބިންހެލުމުގެ ސަބަބުން 32 މީހުން މަރުވެ، 38 މީހުންނަށް އަނިޔާވެފައިވާ ކަމަށް ޗައިނާގެ ޝިންހުއާ ނިއުސް އޭޖެންސީން ވަނީ ރިޕޯޓުކޮށްފައެވެ.

މި ބިންހެލުމުގެ އަސަރު ޓިބެޓުގެ ޝިގަޓްސޭ ސަރަޙައްދަށް ވަރަށް ބޮޑަށް ކޮށްފައިވެއެވެ. މި ސަރަޙައްދުގައި 800،000 އާބާދީއެއް ދިރިއުޅެއެވެ.

ބިންހެލުމާ ގުޅިގެން ގިނަ އަދަދެއްގެ އާފްޓަރ ޝޮކްތަކެއް އައިސްފައިވާ ކަމަށާއި، އޭގެ ތެރެއިން އެންމެ ބޮޑު އާފްޓަރ ޝޮކްގެ ބާރުމިން ހުރީ 4.4 ގައި ކަމަށް ވަނީ ބުނެފައެވެ. ބިންހެލުމުގެ ސަބަބުން ލަހަޓްސޭ ރަށުގެ ފިހާރަތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ފުނޑުފުނޑުވެފައިވާ މަންޒަރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ ތަކުން ފެނެއެވެ.

މި ބިންހެލުމުގެ އަސަރު ނޭޕާލްގެ ވެރިރަށް ކަޓްމަންޑޫއަށްވެސް ކުރިއެވެ. އަދި އެތަނުގައި ތިބި މީހުން ބިރުން ގޭގެއިން ނުކުތް ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. މީގެ އިތުރުން ބޫޓާންގެ ވެރިރަށް ތިމްޕޫ އާއި އިންޑިއާގެ ބިހާރު ސްޓޭޓުގައިވެސް ބިންހެލުމުގެ އަސަރު ކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އިންޑިއާގައި އެއްވެސް ގެއްލުމެއް ލިބުނު ކަމަކަށް މިހާތަނަށް ރިޕޯޓެއް ނުކުރެއެވެ.

ޗައިނާގެ ދެކުނު ހުޅަނގު ސަރަޙައްދާއި، ނޭޕާލް އަދި އިންޑިއާގެ އުތުރު ސަރަޙައްދުތަކުގައި ބިންހެލުން އާންމުކޮށް އަންނަ ކަމަށް ސައިންޓިސްޓުން ބުނެއެވެ. މިއީ އިންޑިއަން އަދި ޔޫރޭޝިއަން ޓެކްޓޮނިކް ޕްލޭޓްތައް ޖެހުމުގެ ސަބަބުން ކަމަށް ވެއެވެ.

2008 ވަނަ އަހަރު ޗައިނާގެ ސިޗުއާން ޕްރޮވިންސްގައި އައި ބޮޑު ބިންހެލުމެއްގައި 70،000 އާ ގާތްކުރާ އަދަދެއްގެ މީހުން މަރުވިއެވެ. އަދި 2015 ވަނަ އަހަރު ނޭޕާލްގެ ކަޓްމަންޑޫ ކައިރީގައި އައި 7.8 ގެ ބިންހެލުމެއްގައި 9،000 އެއްހާ މީހުން މަރުވެ، ހާހުން ގުނާލެވޭ އަދަދެއްގެ މީހުންނަށް އަނިޔާވިއެވެ. މިއީ ނޭޕާލްގެ ތާރީޚުގައި އެންމެ ނުރައްކާތެރި ބިންހެލުން ކަމަށް ބެލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ