ރައީސް ޑރ.މުޙައްމަދު މުޢިއްޒު، ގދ.ހޯނޑެއްދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުން-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
07 Jan 2025 | 14:16
ސަރުކާރުން ދިވެހި ކުންފުނިތަކަށް ދޭންޖެހޭ 500 މިލިއަން ރުފިޔާ ދޫކުރަނީ

ސަރުކާރުން ދިވެހި ކުންފުނިތަކަށް ދޭންޖެހޭ 500 މިލިއަން ރުފިޔާ އަންނަ ހަފްތާގައި ދޫކުރުމަށް ހަމަޖެހިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުޢިއްޒު މިފަދައިން ވިދާޅުވީ، އެމަނިކުފާނު ހުވަދުއަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ގދ..ހޯނޑެއްދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަަކަފުޅުގައެވެ.

މިގޮތުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، ސަރުކާރުން ކޮށްފައި ހުރި މަސައްކަތްތަކަށް މި ހިނގާ ހަފްތާގެ ތެރޭގައިވެސް 500 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިވެހި އެކި އެކި ކުންފުނިތަކަށް ދޫކުރަމުންދާކަމަށާއި، މިދިޔަ މަސްތަކުގެ ތެރޭގައިވެސް މި މަސައްކަތްކޮށްފައިވާކަމަށެވެ.

ކުރީ ސަރުކާރުގެ ދުވަސްވަރު ފެނަކަ، އާރުޑީސީ، އެމްޓީސީސީ، ވެމްކޯ ފަދަ ކުންފުނިތަކުން  ރަށްރަށުގައި ހުންނަ ކުދި ކުދި ކުންފުނިތައް ލައްވާ މަސައްކަތްކުރުވާފައި ބޮޑު އަދަދެއްގެ ފައިސާ ނުދީހުރިކަން ރައީސް ޑރ.މުޢިއްޒު ފާހަގަކުރެއްވިއެވެ.

"އޭގެވެސް ބޮޑު އިންސައްތައެއް މިބަލަނީ މި ދެމަސްތެރޭގައި، ރޯދަމަސް އަންނަން ވާއިރަށް،ޖެނުއަރީ ފެބްރުއަރީ މަސްތެރޭގައި ދީ ނިންމޭތޯ،"

ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

މިއާއިއެކު، ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، ގައުމު ދަރަނިވެރިވިޔަ ނުދީ ފައިސާ ޗާޕުނުކޮށް ފައިސާގެ އަގު ހިފަހައްޓައިގެން ރައްޔިތުންނަށް ދޭން ހުރި ފައިސާ ދެއްވަމުން، ރާއްޖޭން ބޭރަށް ދައްކަން ޖެހޭ ފައިސާވެސް ދައްކަމުން، ތަރައްގީގެ ކަންކަން ގެނެސްދިނުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.