ޓިބެޓަށް އައި ބިންހެލުން-- ފޮޓޯ: އާމޫ
ދުނިޔެ
08 Jan 2025 | 10:37
ޓިބެޓް ބިންހެލުން: މަރުވި މީހުންގެ އަދަދު 100 އިން މައްޗަށް!

ޓިބެޓަށް އިއްޔެ އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 100 އިން މައްޗަށް އަރައިފިއެވެ.

ޓިބެޓުގެ އެކަހެރި ސަރަޙައްދަކަށް އައި މި ބިންހެލުމުގެ އަސަރު ހިމާލަޔާގެ އަވަށްޓެރި ޤައުމުތަކުގެ ތެރެއިން ނޭޕާލް، ބޫޓާން އަދި އުތުރު އިންޑިޔާގެ ބައެއް ސަރަޙައްދުތަކަށްވެސް ވަނީ ކޮށްފައެވެ.

ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސަރވޭ (ޔޫއެސްޖީއެސް) އިން ބުނާ ގޮތުގައި، ރެކްޓަރ މިންގަނޑުން 7.1 މެގްނިޓިއުޑްގެ ބާރުމިނުގައި އައި މި ބިންހެލުން އައީ އެގައުމުގެ ގަޑިން ރޭގަނޑު 9:05 ގައި ބިމުގެ އަޑިން 10 ކިލޯމީޓަރު (6.2 މޭލު) އަޑިންނެވެ. އަދި މީގެ ފަހުން އާފްޓަރޝޮކްތަކެއް ވެސް އައިސްފައިވެއެވެ.

މި ހާދިސާގެ ސަބަބުން ހިމާލަޔާގެ އެކަހެރި ރަށްތަކުގައި ހުރި ގެތައް ވެއްޓި، ކައިރީގައި އޮތް ޓިބެޓުގެ އެވަރެސްޓް ފަރުބަދައިގެ ބޭސް ކޭމްޕުގައި ތިބި މީހުންނަށް ވެސް މި ބިންހެލުމުގެ އަސަރު ކޮށްފައިވެއެވެ.

ޗައިނާ ސެންޓްރަލް ޓެލެވިޜަން (ސީސީޓީވީ) އިން ބުނާ ގޮތުގައި މި ބިންހެލުމުގައި 126 މީހުން މަރުވެ، 188 މީހުން ޒަޚަމްވެފައިވެއެވެ. އަދި 3,600 އަށްވުރެ ގިނަ ގެއަށް ގެއްލުން ލިބިފައިވާ ކަމަށް އެ ޗެނަލުން ބުނެފައިވެއެވެ.

ޓިބެޓުގެ ކަމާ ބެހޭ ފަރާތްތަކާއި ޗައިނާގެ ސިފައިންގެ ރެސްކިއު އޮޕަރޭޝަންތަކުގެ ސަބަބުން ބިމާއި ހަމަވެފައިވާ ޢިމާރާތްތަކުގެ ތެރޭގައި ތާށިވެފައިވާ 400 އަށްވުރެ ގިނަ މީހުން ސަލާމަތްކުރެވިފައިވެއެވެ.

އަދިވެސް އިތުރު މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، 30,000 އަށްވުރެ ގިނަ ރައްޔިތުން އެހެން ތަންތަނަށް ބަދަލުކުރެވިފައިވާ ކަމަށް އޮތޯރިޓީތަކުން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ