ދެކުނު ކޮރެއާގެ ސަސްޕެންޑް ކުރެވިފައިވާ ރައީސް، ޔޫން ސުކް-ޔޯލް-- ފޮޓޯ: އޭއޭ
ދުނިޔެ
09 Jan 2025 | 12:08
ދެކުނު ކޮރެއާގެ ރައީސް ހައްޔަރުކުރުމަށް ނެރުނު އަމުރުގެ މުއްދަތު އިތުރުކޮށްފި

ސަސްޕެންޑް ކުރެވިފައިވާ ރައީސް ޔޫން ސުކް-ޔޯލް ހައްޔަރުކުރުމަށް އެގައުމުގެ ކޯޓުން ނެރުނު އަމުރުގެ މުއްދަތު އިތުރުކޮށްފިއެވެ.

ފާއިތުވި ހަފްތާގައި ރައީސް ޔޫން ހައްޔަރުކުރުމަށް ކުރި މަސައްކަތަށް ގާތްގަނޑަކަށް 200 ސިފައިންނާއި ރައީސްގެ ސެކިއުރިޓީ ޓީމުން ހުރަސްއެޅުމާއި ގުޅިގެން މި ހަފްތާގެ ހޯމަ ދުވަހު މުއްދަތު ހަމަވާގޮތަށް އޮތް އަމުރުގެ މުއްދަތު އިތުރުކޮށްދިނުމަށް ތަޙުޤީޤުކުރާ ފަރާތްތަކުން ވަނީ އެދިފައެވެ.

ސިއޯލް ވެސްޓަރން ޑިސްޓްރިކްޓް ކޯޓުން ފުރަތަމަ ދޫކޮށްފައިވަނީ ޔޫން ހައްޔަރުކުރުމަށް އަމުރެއް އަދި އޭނާގެ ގެ ބަލާ ފާސްކުރުމަށް ވަކި އަމުރެކެވެ. މިއީ ޑިސެމްބަރު 3 ވަނަ ދުވަހު އޭނާ ކުއްލި ގޮތަކަށް މާޝަލް ލޯ އިއުލާނު ކުރުމާއި ގުޅިގެން ނެރުނު އަމުރެކެވެ.

ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ވޯޓާއިއެކު ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުން ފެށިގެން ރައީސްގެ މަގާމުން ޔޫން ސަސްޕެންޑް ކޮށްފައިވާއިރު، އޭނާ މަގާމުން ވަކިކުރެވޭނީ އެގައުމުގެ ދުސްތޫރީ ކޯޓުން މަޖިލީހުގެ މި ނިންމުން ދަމަހައްޓައިފިނަމައެވެ.

ޔޫންގެ ފަހުން އެގައުމުގެ ވަގުތީ ރައީސްކަމާއި ހަވާލުވި  ހަން ޑަކް ސޫ ވެސް މަގާމުން ވަކިކޮށްފައިވާއިރު، މިހާރު އެގައުމުގެ ވަގުތީ ރައީސް ކަމާއި، ވަގުތީ ބޮޑު ވަޒީރުކަން ކުރައްވަމުން އަންނަ ޗޮއި ސަންގް މޮކް ވެސް ވަކިކުރާނެ ކަމުގެ އިންޒާރު އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ތިބި އިދިކޮޅު ފަރާތްތަކުން އަންނަނީ ދެމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.
11 Sep 2026
ދީނުގެ އަސާސްތައް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ
ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އަސާސްތައް ދާއިމަށް ދެމެހެއްޓުމަށްޓަކައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކޮށް ޝަރީޢަތާ އެއްގޮތަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
11 Sep 2026
އަލްޖީރިއާއިން ޔޫއޭއީއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލަން ނިންމާފައިވާ ކަމަށް އަލްޖީރިއާއިން ބުނެފިއެވެ.
11 Sep 2026
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިއްޖެ
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.
11 Sep 2026
މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އަންނަ ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނީ، މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވާނީ މިހިނގާ ސެޕްޓެންބަރު މަހުގެ 14 އިން 15 އަށް ކަމަށެވެ.
11 Sep 2026
ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުން ފަށައިފި
ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުން އިފްތިތާޙުކޮށްފިއެވެ.
11 Sep 2026
އިންތިހާބު ވާދަވެރިވެއްޖެ؛ ޕީއެންސީގެ ނާއިބު ރައީސް ކަމަށް 8 ބޭފުޅަކު، އާންމު މެންބަރު ކަމަށް 73 މެންބަރުން
އެގޮތުން ޕާޓީގެ ނާއިބު ރައީސުންގެ ހަ މަގާމަށް 8 ބޭފުޅަކު ވަނީ ކުރިމަތިލާފަ އެވެ.
10 Sep 2026
އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑާއެކު ދެ އެވޯޑެއް ޑރ. ފުރުގާން
މީގެ އިތުރުން އެހެން އެވޯޑެއް ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ. އެއީ އިންޖިނިއަރިން އިނޮވޭޝަން، ޓެކްނޮލޮޖީ އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑެވެ.