ގަވާއިދުތަކާއި ޚިލާފުވާނަމަ ފިޔަވަޅު އަޅާނެކަމަށް އީޕީއޭއިން ވަނީ ބުނެފަ-- ފޮޓޯ: އަވަސް
09 Jan 2025 | 13:03
އުސޫލުތަކާއި ޚިލާފަށް ގިނަ އަދަދަކަށް ވެލި ނަގާނަމަ ފިޔަވަޅު އަޅަނީ

 އުސޫލުތަކާއި ޚިލާފަށް ގިނަ އަދަދަކަށް ވެލި ނަގާނަމަ ފިޔަވަޅު އަޅާނެކަމަށް އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

އީޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ، ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ވެލި ނެގުމަށް ކަނޑައަޅާފައިވާ ސަރަޙައްދުތަކަކީ މެޝިނަރީ ބޭނުންނުކޮށް، ހަމައެކަނި ޒަރޫރީ ބޭނުމަށް ވެލިނެގުމަށް ކަނޑައަޅާފައިވަ ސަރަހައްދުތަކަށްވީ ނަމަވެސް، މިފަދަ ސަރަހައްދުތަކުން، ހެދިފައިވާ އުސޫލުތަކާއި ޚިލާފަށް ގިނަ އަދަދަކަށް ވެލި ނަގާ ކަމުގެ ޝަކުވާ ލިބެމުންދާކަމަށާއި، މެޝިނަރީ ބޭނުންކޮށްގެން އަދި ވިޔަފާރި އުސޫލުން އެކި އެކި ބޭނުމަށް ވެލި ނަގަމުންދާކަން ފާހަގަވެފައިވާކަމަށެވެ.

މީގެ އިތުރުންވެސް ކޮންމެ އަތޮޅެއްގައިވެސް، މެޝިނަރީ ބޭނުންނުކޮށް، ރައްޔިތުންގެ ޒަރޫރީ ބޭނުމަށް ވެލި ނެގުމަށް ވަކި ޚާއްޞަ ސަރަޙައްދުތަކެއް ވަނީ ކަނޑައަޅާފައިވާކަން ފާހަގަކުރަމުން އެ އެޖެންސީން ބުނީ، މެޝަނަރީ ބޭނުންކޮށްގެން ފަޅުފުންކުރުމާއި ވެލިނެގުމުގެ މަސައްކަތްތަކަކީ، ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގެ ގަވާއިދުގެ ދަށުން، އީއައިއޭ މަރުހަލާ ފުރިހަމަކޮށްގެން ކުރިއަށްގެންދަން ޖެހޭ މަސައްކަތެއްކަމަށެވެ.

އެހެންކަމުން  މެޝިނަރީ ބޭނުންކޮށްގެން ވެލި ނަގަން ޖެހިއްޖެ ހިނދެއްގައި، އަތޮޅު ކައުންސިލާއި އަދި ކަމާގުޅޭ އެހެން ސަރުކާރުގެ އިދާރާތަކާއިއެކު މަޝްވަރާކޮށް، އެކަމަށް ޚާއްސަ ފަޅެއް ކަނޑައަޅައި، ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދާ އެއްގޮތަށް އީ.އައި.އޭ މަރުހަލާ ފުރިހަމަކުރުމަށް އީޕީއޭއިން ވަނީ އެދިފައެވެ.

މިއާއިއެކު، އީޕީއޭއިން ބުނީ، އެ އެޖެންސީއިން ތަންފީޒުކުރަމުންދާ ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށްގެންދިއުމަށް އިލްތިމާސްކުރާކަމަށާއި، އެ އެޖެންސީގެ ގަވާއިދުތަކާއި އުސޫލާއި ޚިލާފަށް އަމަލުކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަމުންގެންދާނެކަމަށެވެ.

ކޮމެންޓް
ހުސެއަން
ފަރުތަކުންވެލިނެގުންމިހާރުންމިހާރަށްމަނާކުރަންޖެހޭ
09 Jan 2025
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ