ދީން
10 Jan 2025 | 13:11
ވަޒީފާގެ އުޞޫލުތަކާއި ވެށި ބައްޓަންކުރަންވާނީ ފަރުޟު ނަމާދު އަދާކުރެވޭނޭ ގޮތަށް: ޚުތުބާ

ވަޒީފާގެ އުޞޫލުތަކާއި ވެށި ބައްޓަންކުރަންވާނީ ފަރުޟު ނަމާދު އަދާކުރެވޭނޭ ގޮތަށް ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.

މަސައްކަތުގެ އަޚްލާޤުގެ މައުޟޫއަށް އަލިއަޅުވާލައި އިއްވި ޚުތުބާގައި ވަނީ ވަޒީފާގެ އެއްބަސްވުމަކީ ހަމައެކަނި މުސާރަ ލިބިގަތުމަށް ޓަކައި ވެވޭ އެއްބަސްވުމަކަށް ނުހެދުމަށާއި، އެއީ ޚިދުމަތް ފޯރުކޮށްދިނުމަށް ހިފޭ އަހުދު ކަށަވަރެއްކަން ހަނދާންކޮށްދީފައެވެ.

ޚުތުބާގައި، ވަޒީފާގެ ތެރެއިން ޚިދުމަތަށް އެދޭ ފަރާތްތަކަށް ފަރުވާތެރިކަމާއެކު އެ ޚިދުމަތެއް ވީއެންމެ ފުރިހަމައަށް އިޙްތިރާމާއި އޯގާތެރިކަމާއެކު ފޯރުކޮށްދިނުމަށް އިލްތިމާސްކުރިއެވެ. އަދި ކީރިތި ރަސޫލާ ޞޢވގެ ޙަދީޘްފުޅުގެ އަލީގައި، މަސައްކަތެއް ކުރާނަމަ އެކަމެއް ވީ އެންމެ ފުރިހަމައަށް ކުރުމަށް މާތްالله ލޯބިވެވޮޑިގަންނަވާކަން ބަޔާންކުރިއެވެ.

އޮފީހުގެ ވަސީލަތްތަކާއި ވަގުތަކީ އަމާނާތެއްކަން ފާހަގަކޮށް، މި އަމާނާތްތަކަށް ރައްކާތެރިވުމަށް ޚުތުބާގައި އިރުޝާދުދީފައިވެއެވެ.

އޮފީހުގެ ކަރަންޓާއި ފެނަކީ ވެސް އަމާނާތެކެވެ. ފޯނާއި ކަރުދާހާ ދެއްޔަކީވެސް އަމާނާތެކެވެ. އޮފީހުގެ މެޝިނަރީތަކަކީވެސް އަމާނާތެކެވެ. ވަޒީފާއަށް ކަނޑައެޅިފައިވާ ވަގުތަކީ ވެސް އަމާނާތެކެވެ. މުއައްސަސާގެ މުހިއްމު މަސައްކަތްތަކާ ގުޅޭ ވަޒީފާގެ ސިއްރުތައް ހިފެހެއްޓުމަކީވެސް އަމާނާތެކެވެ. އެހެންކަމުން މި އަމާނާތްތަކަށް ރައްކާތެރިވާށެވެ! ވަޒީފާގެ މުހިއްމު ވަގުތުތައް އޮފީހުން ބޭރުގައި އަމިއްލަ ކަންކަމަށް ހޭދަކުރާއިރު، ޙަވާލުވި އަމާނާތުގެ މަތިން ހަނދުމަކުރާށެވެ! އޮފީހުގެ ތަކެތި ނަހަމަ ގޮތުގައި ބޭނުން ކުރާއިރު، މާތް الله ބައްލަވައިވޮޑިގެންވާކަން ހަނދުމަކުރާށެވެ! އޮފީހުގެ ސިއްރުތައް މީސްމީޑިއާގެ މަންސަތަކުގައި ފަތުރާއިރު، ފަހުން ހިތާމަކުރަންޖެހޭނެކަން ވެސް ހަނދުމަކުރާށެވެ

ޚުތުބާ

ވަޒީފާގެ ވެށި ތަހުޒީބު އަމާން ވެށްޓަކަށް ހެދުމަކީ ކޮންމެ މުވައްޒަފެއްގެ ވާޖިބެއްކަމަށާ މުވައްޒަފުންގެ މެދުގައި އޮންނަންޖެހޭ އަޚުވަންތަ ގުޅުންތަކަށް ބުރޫއަރާފަދަ އަމަލުތަކުން ދުރުހެލިވުމަށް އިލްތިމާސްކޮށްފައިވެއެވެ.

ވަޒީފާ ދޭ ފަރާތުގެ މައްޗަށްވާ ޙައްޤުތަކަށް އަލިއަޅުވާލައި ޚުތުބާގައި ވަނީ، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުވެ، ކަނޑައެޅިފައިވާ މުސާރައާއި އިނާޔަތްތައް ޤަވާއިދުން ދިނުމަށާއި، މުވައްޒަފުންގެ މެދުގައި އަދުލުއިންޞާފު ޤާއިމުކުރުމަށް އިރުޝާދުދީފައެވެ.

ޚުތުބާ ނިންމަވާލައްވަމުން، ވަޒީފާގެ ވެށީގައި ކުރެވޭ މަސައްކަތްތަކުގައި މާތްالله ބަރަކާތްލައްވާނީ އިޚްލާޞްތެރިކަމާއެކު އެކަންކަން ކޮށްގެންކަން ފާހަގަކޮށްފައިވެއެވެ.

”ވަޒީފާގެ ވެއްޓާއި ނިޒާމު އޮންނަންވާނީ، މާތް الله ގެ ރުއްސެވުމާއި ފުއްސެވުން ލިބިގަނެވޭނެ ގޮތަށް ރާވައި ތަރުތީބު ކުރެވިފައެވެ. ވަޒީފާގެ އުޞޫލުތަކާއި ވެށި ބައްޓަންކުރަންވާނީ، ފަރުޟު ނަމާދު އަދާކުރެވޭނޭ ގޮތަށެވެ.“ ޚުތުބާގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ