އީއޭއެސްއޭ-- ފޮޓޯ: ޝަޓަރ ސްޓޮކް
ދުނިޔެ
11 Jan 2025 | 12:06
ރަޝިއާގެ ވައިގެ ސަރަހައްދު ބޭނުންކުރުން ރައްކާތެރިނޫންކަމަށް އީޔޫ އިން ބުނެފި

ރަޝިއާގެ ވައިގެ ސަރަހައްދު ބޭނުންކުރުން ރައްކާތެރިނޫންކަމަށް ބުނެ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ސަމާލުވުމަށް އެދެފިއެވެ.

ފާއިތުވި މަހު އަޒަރުބައިޖާން އެއަރލައިންސްގެ މަތިންދާބޯޓެއް ވެއްޓުނު ހާދިސާއާ ގުޅިގެން ޔޫރަޕިއަން ޔޫނިއަންގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތީ ބެލެހެއްޓުމާ ހަވާލުވެފައިވާ ފަރާތުން ވަނޫ ޔޫރަޕް ނޫން އެއަރލައިންތަކަށް ހުޅަނގު ރަޝިޔާގެ މަތިން ދަތުރުކުރުން އެއްކިބާވުމަށް އިރުޝާދު ދީފައެވެ.

ރަޝިޔާގެ އެއަރ ޑިފެންސްތަކުން ޔުކްރެއިންގެ ޑްރޯންތަކަށް އަމާޒުކޮށް ހިންގި ހަމަލާއެއްގެ ސަބަބުން ކަމަށް ތުހުމަތުކުރެވޭ މި ހާދިސާގައި 38 މީހުންގެ ފުރާނަ ގެއްލުނު އިރު، ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީ (އީއޭއެސްއޭ) ބުނީ، ރަޝިއާ އާއި ޔޫކްރެއިނާއި ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރަޝިޔާގެ ވައިގެ ސަރަހައްދުން ދަތުރުކުރާ މަދަނީ މަތިންދާބޯޓުތަކަށް ނުރައްކާވެދާނެކަމުގެ ބިރު އެބަ އޮތްކަމަށެވެ. 

އެހެންކަމުން ރަޝިޔާގެ އިރުމަތީ ހުޅަނގުން ދަތުރުނުކުރުމަށް އީއޭއެސްއޭ އިން ވަނީ އިރުޝާދު ދީފައެވެ.

ރަޝިޔާގެ ވައިގެ ސަރަހައްދު މިހާރުވެސް ޔޫރަޕިއަން އެއަރލައިންތަކަށް ބަންދުކޮށްފައިވާއިރު، އަޒަރުބައިޖާނާއެކު ގާތް ގުޅުމެއް ބަހައްޓާ ރަޝިޔާގެ ރައީސް ވްލަދިމީރު ޕުޓިން، މަތިންދާބޯޓު ވެއްޓުނު ހާދިސާ އާއި ގުޅިގެން ހަމްދަރުދީ ފާޅުކުރެއްވިނަމަވެސް، މިކަމުގައި ރަޝިއާއިން ޒިންމާވާން ނުޖެހޭކަމަށް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ