ޔޫއެފްސީ ލެޖެންޑް ހަބީބް ނުރުމަގޮމެދޮވް-- ފޮޓޯ: ގެޓީ އިމޭޖަސް
ދުނިޔެ
13 Jan 2025 | 10:38
ސީޓެއްގެ މައްސަލަހޫނުވެ، ޔޫއެފްސީ ލެޖެންޑް ހަބީބް މަތިންދާބޯޓުން ބޭރުކޮށްލައިފި

ސީޓެއްގެ މައްސަލަހޫނުވެ، ރަޝިއާގެ މިކްސްޑް މާޝަލް އާޓްސް ފައިޓަރ، ޔޫއެފްސީ ލެޖެންޑް ހަބީބް ނުރުމަގޮމެދޮވް މަތިންދާބޯޓަކުން ބޭރުކޮށްލައިފިއެވެ.

މި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ފެތުރެމުންދާއިރު، ފުރަތަމަ ރިޕޯޓުތަކުގައި ބުނެފައިވަނީ މިކަން ހިނގާފައިވަނީ އެލާސްކަން އެއަރލައިންސްގެ ފްލައިޓެއްގައި ކަމަށެވެ.

އެހެންނަމަވެސް، ނުރުމަގޮމެދޮވް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި ހާދިސާ ހިނގާފައިވަނީ ފްރޮންޓިއަރ އެއަރލައިންސްގެ ފްލައިޓެއްގައި ކަމަށާއި، މިކަން ހިނގަން މެދުވެރިވީ މަތިންދާބޯޓުގެ އިމަޖެންސީ ދޮރު ކައިރީގައި އިން ނުރުމަގޮމެދޮވް، ކުއްލި ހާލަތެއްގައި އެހެން ފަސިންޖަރުންނަށް އެހީތެރިވުމަށް ތައްޔާރަށް ހުރިތޯ ނުވަތަ އެކަމަށް ޤާބިލުތޯ ސުވާލު އުފެދުމާ ގުޅިގެންނެވެ.

އުމުރުން 36 އަހަރުގެ  ޔޫއެފްސީ ޗެމްޕިއަން އެކްސްގައި ކުރި ޕޯސްޓްގައި ބުނީ، އޭނާ އާއި ވާހަކަދެއްކި ފްލައިޓް އެޓެންޑެންޓް ފުރަތަމަވެސް ވާހަކަދައްކާފައިވަނީ ވަރަށް ހަރުކަށިކޮށްކަމަށާއި، އޭނާއަށް އިނގިރޭސި ބަހުން ވާހަކަދައްކައި، ހުރިހާ އެއްޗެއް ދޭހަވެ، އެހީތެރިވުމަށް އެއްބަސްވި ނަމަވެސް، އެ އެޓެންޑެންޓް އަދިވެސް އޭނާގެ ގޮނޑިން ތެދުވުމަށް އެންގިކަމަށެވެ.

އެއީ ނަސްލީ، ޤައުމީ ނުވަތަ އެހެން ތަފާތުކުރުމެއްކަމަށް ޔަގީންނުވާކަމަށް އޭނާގެ ޕޯސްޓްގައި ބުނެފައިވެއެވެ.

ނުރުމަގޮމެދޮވް ބުނީ، އެޓެންޑެންޓް އޭނާއާއި 2 މިނެޓު ވާހަކަދެއްކުމަށްފަހު ސެކިއުރިޓީއަށް ގުޅައި، އޭނާ މަތިންދާބޯޓުން ނެރެލިކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ ކޮން އިރަކުކަން އޭނާ ބުނެފައިނުވާއިރު، މި ހާދިސާއާއި ގުޅިގެން ފްރޮންޓިއަރ އެއަރލައިންސްއިން މިހާތަނަށް މިކަމާ ގުޅޭގޮތުން އެއްވެސް ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.

ދައުރުވަމުންދާ ވީޑިއޯއިން ފެންނަގޮތުގައި، އެތަނުގައި އޭނާ އިނުމަށް ދެކޮޅު ހަދައި ފްލައިޓް އެޓެންޑެންޓްގެ މެނޭޖަރު ވަނީ ނުރުމަގޮމެދޮވްގެ ޖަވާބާމެދު ހިތްހަމަނުޖެހި، އޭނާއަށް އެހެން ސީޓެއް ނުވަތަ އެހެން ފްލައިޓެއްގައި ދަތުރުކުރުމުގެ ފުރުސަތު ދިނުމަށް މަސައްކަތްކުރެއެވެ.

ބެލެވޭ ގޮތުގައި ނުރުމަގޮމެދޮވް އެމެރިކާގެ ކެލިފޯނިއާއަށް ދަތުރުކުރަމުންދިޔައީ، ޖެނުއަރީ 18 ގައި ލޮސް އެންޖެލެސް، ނެވާޑާގައި ބޭއްވޭ ޔޫއެފްސީ 311 އިވެންޓުގައި އޭނާގެ ޓީމްމޭޓުންނަށް އެހީތެރިވުމަށެވެ.

ޔޫއެފްސީ ކެރިއަރގައި އެއްވެސް މެޗެއްގައި ބަލިނުވެ، (29-0) ހުރި ނުރުމަގޮމެދޮވް އަކީ ގިނަ ބަޔަކު ދެކޭގޮތުގައި އެމްއެމްއޭ ތާރީޚުގައި އުފެދުނު އެންމެ މޮޅު ފައިޓަރުންގެ ތެރެއިން އެކެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.