ރައީސް ޑރ.މުޢިއްޒު، ޔުނިވަރސިޓީ އޮފް ޓާރްޓޫއަށް ޒިޔާރަތްކުރެއްވުން-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
16 Jan 2025 | 11:06
ދިވެހި ދަރިވަރުންނަށް ޖާގަ ދިނުމުގެ ވިސްނުމަށް ޓާރްޓޫ ޔުނިވަރސިޓީއިން މަރުހަބާ ކިޔައިފި

ދިވެހި ދަރިވަރުންނަށް ޖާގަ ދިނުމުގެ ވިސްނުމަށް ޓާރްޓޫ ޔުނިވަރސިޓީއިން މަރުހަބާ ކިޔައިފިއެވެ.

އެ ޔުނިވާސިޓީން މިކަމަށް މަރުހަބާ ކިޔާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިހާރު އެސްޓޯނިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ޓާރްޓޫ ސިޓީގައި ހުންނަ، ޔުނިވަރސިޓީ އޮފް ޓާރްޓޫއަށް ޒިޔާރަތްކުރައްވާ، އެ ޔުނިވަރސިޓީގެ ރެކްޓަރ، ޕްރޮފެސަރ ޓޫމަސް އައްސެރްއާއި އެ ޔުނިވަރސިޓީގެ އޮފިޝަލުންނާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

ޓާރްޓޫ ސިޓީގެ މޭޔަރ، މިސްޓަރ އަރްމަސް ކްލާސް ވެސް ބައިވެރިވެވަޑައިގެން މި ބައްދަލުވުމުގައި ޔުނިވަރސިޓީ އޮފް ޓާރްޓޫގެ އޮފިޝަލުން ވަނީ ސައިންޓިފިކް ރިސަރޗްގެ ރޮނގުން މުޅި ވިލާތު ބައްރުގައިވެސް އެންމެ ކުރިއަރާފައިވާ އެއް ޔުނިވަރސިޓީގެ ގޮތުގައި އެ ޔުނިވަރސިޓީގެ ދަރަޖަ ފާހަގަކުރައްވައި، އެ މުއައްސަސާގެ ވަނަވަރު ތަފްޞީލުކޮށް ދެއްވައި، ތިމާވެއްޓާ ރައްޓެހި ސްމާޓް ސިޓީ ސޮލިއުޝަންތައް ހާސިލުކުރުމުގައި ޓާރްޓޫ ސިޓީއިން ކުރި ދަތުރުގެ މައުލޫމާތު ރައީސް ޑރ.މުޢިއްޒާއި ހިއްސާކުރައްވާ، މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަަކަފުޅު ދައްކަވަމުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، އެ ޔުނިވަރސިޓީއަށް ޒިޔާރަތްކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަތުމުން ވަރަށް އުފާކުރައްވާ ކަމަށާއި، ޖިޓަލް އީޖާދުތަކާއެކު ރާއްޖޭގެ ސިޓީތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ޑިޖިޓަލައިޒޭޝަން އަދި ޕޭޕަރލެސް ގަވަރނަންސްގެ ރޮނގުން، ޓާރްޓޫގެ ތަޖުރިބާގެ ބޭނުން ހިއްޕެވުމަށް އެސްޓޯނިއާއާ ގުޅިގެން މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިވެވަޑައިގަންނަވާކަމަށެވެ.

ދިވެހި ދަރިވަރުންނަކީވެސް ޓާރްޓޫގައި ކިޔެވުމުގެ ފުރުޞަތު އޮތް ބައެއްކަމާއި، މެޑިސިން، ޑިޖިޓަލް ދާއިރާއާއި، މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށީގެ ސައިންސް ފަދަ އެކި ދާއިރާތަކުންވެސް ފަންނުވެރިން ތަމްރީނުކުރަން ޖެހިފައިވާކަން، ފާހަގަކުރައްވާ ރައީސް ޑރ.މުޢިއްޒު ވަނީ ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމު ޙާޞިލްކުރުމަށް ހުރި ސްކޮލަރޝިޕް ފުރުޞަތުތަކާއި މަގުތައް އޮޅުންފިލުއްވާފައެވެ.

މިއާއިއެކު، އެ ޔުނިވަރސިޓީގެ މަންދޫބުން ވަނީ އެ ޔުނިވަރސިޓީއިން ދިވެހި ދަރިވަރުންނަށް ޖާގަ ދިނުމުގެ ވިސްނުމަށް މަރުޙަބާ ދަންނަވާ، ލިބެންހުރި ސްކޮލަރޝިޕް ފުރުޞަތުތަކާއި، ދެ ފަރާތުން ގުޅިގެން ކުރެވިދާނެ ކަންކަމުގެ މަޢުލޫމާތު ހުށަހަޅުއްވާފައެވެ. އަދި ޢިލްމީ ރޮނގުން ގުޅުން ބަދަހިކުރުމަށް އިތުރަށް މަޝްވަރާކުރުމަށް، ޔުނިވަރސިޓީ އޮފް ޓާރްޓޫ އޮތީ ތައްޔާރަށް ކަމަށް ވެސް މަންދޫބުން ވަނީ ވިދާޅުވެފައެވެ.

ޓާރްޓޫ ޔުނިވަރސިޓީގެ އޮފިޝަލުން ދެއްވި މެހެމާންދާރީ ފާހަގަކުރައްވާ، ކުރިއަށް އޮތްތާނގައި ގުޅުން ބަދަހި ކުރެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވަމުން ރައީސް ޑރ.މުޢިއްޒު ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަންވެސް ފާހަގަކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.