ތައިވާން ކޯސްޓްގާޑް.. ފޮޓޯ: އޭއެފްޕީ
ދުނިޔެ
16 Jan 2025 | 16:25
ސަބްމެރިން ކޭބަލްތައް ރައްކާތެރިކުރަން އަޅަން ޖެހިއްޖެ ފިޔަވަޅެއް އަޅަން ތައްޔާރު: ޓައިވާން ނޭވީ

ޓައިވާނަށް ކަނޑުގެ އަޑިން އަޅާފައިވާ މުވާސަލާތީ ސަބްމެރިން ކޭބަލްތައް ހިމާޔަތްކުރަން އެގައުމުގެ ކޯސްޓްގާޑަށް ފޯރުކޮށްދޭން ޖެހިއްޖެ ކޮންމެ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތްކަމަށް ޓައިވާން ކަނޑުގެ ސިފައިން ބުނެފިއެވެ.

ޓައިވާން ޑިފެންސް މިނިސްޓަރ ވެލިންޓަން ކޫ މިޔަގީންކަން ދެއްވީ ޗައިނާއަށް ނިސްބަތްވާކަމަށް ތުހުމަތުކުރެވޭ ބޯޓެއްގެ ސަބަބުން ދާދިފަހުން ސަބްމެރިން ކޭބަލްތަކަކަށް ގެއްލުންވެފައިވަނިކޮށެވެ. ގާނޫނު ހަދާ މަޖިލިހުގައި ވާހަކަ ދައްކަވަމުން ކޫ ވިދާޅުވީ ކޯސްޓްގާޑާއި ގުޅިގެން ސަބްމެރިން ކޭބަލްތައް އަޅާފައިވާ ސަރަހައްދުތައް ބަލަހައްޓަމުން ދާނެ ކަމަށެވެ. އަދި ކަމެއް ދިމާވެއްޖެ ހާލަތެއްގައި ފުރަތަމަ އިޖާބަދޭނީ ކޯސްޓްގާޑުން ކަމަށާއި، ކޯސްޓްގާޑަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ނޭވީ ތައްޔާރަށް އޮންނާނެ ކަމަށެވެ.

ޗައިނާއިން ޓައިވާނުގެ މިނިވަންކަން ގަބޫލުނުކުރާއިރު، ޗައިނާއިން ބުނަނީ ޓައިވާނަކީ ވަކިވެގަތުމަށް މަސައްކަތްކުރާ ޗައިނާގެ ޕްރޮވިންސެއްކަމަށެވެ. އެހެންކަމުން ޓައިވާނުގެ ކަނޑުގެ ސަރަހައްދަކީވެސް ޗައިނާއިން ބަލައިގަންނަ ސަރަހައްދެއް ނޫނެވެ. ދޭތެރެ ދޭތެރެއިން ޗައިނާގެ މަސްވެރިންގެ އުޅަނދުތަކާއި އަސްކަރީ އުޅަނދުތައް ޓައިވާނުގެ ސަރަހައްދަށް ވަދެއެވެ. ޓައިވާނުގެ އަމާޒަކީ މިހެން ވަންނަ އުޅަނދުތަކަކީ އެހެން ގައުމުތަކުގެ ދިދަ ޖަހާފައި ހުއްޓަސް ޗައިނާއަށް ނިސްބަތްވާ އުޅަނދުތައްތޯ ކަށަވަރުކުރުމެވެ.

އެންމެ ފަހުން ސަބްމެރިން ކޭބަލްތަކަށް ގެއްލުންދިންކަމަށް ތުހުމަތުކުރެވޭ އުޅަނދަކީވެސް އެފްރިކާގެ ދެ ގައުމެއްގެ ދިދަ ނަގާފައިވާ، އެހެނަސް ޗައިނާއާ ގުޅުން އޮތް ބޯޓެއްކަމަށް ޓައިވާނުން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.