ސައިފް އަލީ ޚާން އާއި އޭނާގެ ދަރިފުޅު އިބްރާހީމް ފޮޓޯ: ފްރީ ޕްރެސް
ހަބަރު
16 Jan 2025 | 16:47
ވަޅިހެރުމުން ސައިފް ހޮސްޕިޓަލަށް ގެންދިޔައީ ކުރޮޅިއެއްގައި!

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ހާން ދިރިއުޅެމުން އަންނަ ގެއަށް ވައްކަންކުރަން ވަތްމީހަކު ވަނީ ރޭ މެންދަމުގެ ވަގުތެއްގައި ސައިފަށް ވަޅިން ހަމަލާދީ އޭނާ ވަރަށްބޮޑަށް ޒަހަމްކޮށްލާފައެވެ. ވަގުކަލޭގެ ވަނީ ސައިފްގެ ގައިގެ 6 ތަނަކަށް ވަޅިހަރާފައެވެ. އޭގެ ތެރެއިން ދެ ތަނެއް ވަރަށް ފުންކޮށް ވަނީ ކަފައިގެން ގޮސްފައެވެ. ވަޅީގެ ހަމަލާ ސައިފްގެ ކަރަށްވެސް ވަނީ އަމާޒުވެފައެވެ.

މި ހަމަލާގެ ތަފްސީލް ހާމަކުރަމުން ވިއޯން ނޫހުން ބުނީ، ވަގުކަލޭގެ ސައިފަށް ހަމަލާދިނުމަށްފަހު ފިލައިގެން ގޮސްފައިވާކަމަށެވެ. ހަމަލާއަށްފަހު ސައިފް ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ ދަރިފުޅު އިބްރާހީމް އަލީ ހާން ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައީ މަގުމަތިންދިޔަ ކުރޮޅިއެއް ހުއްޓުވައިގެންކަމަށް އެނޫހުން ބުންޏެވެ. އެވަގުތު ކުރޮޅިއެއްގައި ހޮސްޕިޓަލަށް ދާންޖެހުނީ ވަގުތުގެ ގޮތުން ޑްރައިވަރު އެގަޑީގައި ގޭގައި ނެތުމުންނެވެ. ސައިފް ގެންދިޔައީ މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލް ހުންނަނީ ސައިފް އާއި އޭނާގެ އަންހެނުން ކަރީނާ ކަޕޫރު އަދި ދަރިން ދިރިއުޅެމުން އަންނަ އިމާރާތާ ގާތްގަނޑަކަށް 2-3 ކިލޯމީޓަރު ދުރުގައެވެ. 

ސައިފަށްދިން ވަޅީގެ ހަމަލާއަށްފަހު މިއަދު އޮޕަރޭޝަންކޮށް ނިމިފައިވާއިރު، ސައިފްގެ އާއިލާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އޮޕަރޭޝަން ކާމިޔާބުކަމަށެވެ. އޮޕަރޭޝަނަށްފަހު ސައިފް މިހާރު އޮތީ އައިސީޔޫގައެވެ. އަދި ބަލަންޖެހޭ ކަންކަން ބަލައި ހާލަތު ރަނގަޅުނަމަ ގެއަށް ދޫކޮށްލާނޭކަމަށް ޑޮކްޓަރުން ބުނެފައިވާަކަމަށް އާއިލާއިން ނެރުނު ބަޔާނުގައި ބުންޏެވެ.

ސައިފް ދިރިއުޅެމުން އަންނަނީ މުމްބާއީގެ ބެންޑްރާ ސަރަހައްދުގައި ހުންނަ ފްލެޓެއްގެ 11 ވަނަ ފަންގިފިލާގައެވެ. މީޑިއާއަށް މައުލޫމާތު ހިއްސާކުރި ސައިފްގެ އަވައްޓެރިއެއް ބުނީ ވަގުކަލޭގެ އެ އެޕާޓްމަންޓަށް ވަދެފައިވަނީ އޭސީޔުނިޓްތައް ބަހައްޓާފައިހުރިތަނުން އަރައިގެންކަމަށް ބެލެވޭކަމަށެވެ. އެތަން ހުންނަނީ ފަސޭހައިން އަރައިގެން އެޕާޓްމަންޓްތަކަށް ވަދެވޭގޮތަށްކަމަށް އޭނާ ބުންޏެވެ. 

މުމްބާއީގެ ފުލުހުން މިހާރުދަނީ މި މައްސަލައިގެ ތަހުގީގުކުރަމުންނެވެ. ނަމަވެސް ސައިފަށް ހަމަލާދިން ވަގުކަލޭގެ އަދި ދެނެގަނެވިފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ. އަދި ސައިފް ދިރިއުޅެމުން އަންނަ އެޕާޓްމަންޓުން އެއްޗެއް އެއްޗެއް ގެންދިޔަކަމެއް ނޭނގެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.