އެމްޑީޕީގެ ހަރަކާތެއްގެ ތެރެއިން..
ހަބަރު
16 Jan 2025 | 19:19
ވަގުފޯމް ފުރި މައްސަލަ އެމްޑީޕީން ފުލުހަށާއި އޭސީސީއަށް ހުށަހަޅައިފި

އައިޑީކާޑު ޔުނިޓް، ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ ޑޭޓާތަކެއް ބޭނުންކޮށްގެން ވެރިކަންކުރާ ޕީއެންސީއަށް މެމްބަރުންތަކެއް އޮޅުވާލައިގެން ވެއްދި މައްސަލަ އެމްޑީޕީން ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިފިއެވެ.

މިކަމާ ގުޅޭގޮތުން އެމްޑީޕީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަންކޮށް، ވަގު ފޯމު ފުރައިގެން ސަރުކާރު ހިންގާ ޕީއެންސީއަށް ވެއްދި މައްސަލާގައި ހިމެނޭ ޖިނާއީ ކުށްތައް ތަހުގީގު ކުރުމަށް ފުލުހުންނާއި އޭސީސީއަށް ހުށަހަޅާފައިވާކަމަށެވެ. މީގެ އިތުރުން، ޕީއެންސީން ހުށަހެޅި އެއްވެސް ފޯމެއް ޕްރޮސެސް ނުކުރުމަށާއި، ޕްރޮސެސް ކުރި ފޯމުތައް ކެންސަލްކޮށް، އެ ފޯމުތަކުގެ ސައްހަކަން އަލުން ކަށަވަރުކުރުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ވެސް ސިޓީއެއް ފޮނުވާފައިވާނޭކަމަށް އެމްޑީޕީން ބުންޏެވެ.

އޮޅުވާލައިގެން ޕީއެންސީއަށް މީހުން ވެއްދުމުގެ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، ވެއްދި މީހުންގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ހިމެނެއެވެ.

މި މައްސަލާގައި އިއްޔެ އެމްޑީޕީން ނެރުނު ބަޔާނުގައި ދާހިލީ ވަޒީރު އަލީ އިހުސާނަށް ވަނީ ވަރަށްބޮޑަށް ފާޑުކިޔާފައެވެ. އެމްޑީޕީން ބުނީ، މިކަން ހިނގާދިޔައީ އެކިފަރާތްތަކުން ހުށަހަޅާ ފޯމްތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ ގާބިލުކަން އެޕާޓީގައި ނެތުމުގެ ސަބަބުން ކަމަށް ޕީއެންސީން ބުނިނަމަވެސް މިކަމަކީ ގަސްދުގައި ރާވައިގެން ހިންގި ޖަރީމާއެއްކަން މިހާރު ހާމަވެފައިވާކަމަށް އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ. އެމްޑީޕީން ބުނީ މިކަން ކުރުމުގައި ދާހިލީވަޒީރު އިސްދައުރެއް އަދާކޮށްފައިވާތީ އެޕާޓީގެ ފަރާތުން އެކަން ނިހާޔަތަށް ކުށްވެރިކުރާ ކަމަށާއި، ވަޒީރުންނަކީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ﷲ ގަންދީ ހުވައެއްކޮށްގެން ތިބި ބަޔަކަށްވާއިރު، މިއީ އެކިކަންކަމަށް ސަރުކާރަށް ލިޔެކިޔުން ހުށަހަޅާ ދިވެހިރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަންކުރުމުގައި މިނިސްޓަރު އިހުސާނުގެ ބައިވެރިވުން އޮތްކަމީ ވަޒީރު ކުރެއްވި ހުވަޔާވެސް ހިލާފް އަމަލެއް ކަމަށެވެ.

ސޯޝަލް މީޑިއާގައި މިހާރު އާއްމުވެފައިވާ މަންޒަރުތަކަށް ބަލާއިރު އައިޑީކާޑު ޔުނިޓުގެ މުއައްޒަފުންނާއި ވަސީލަތްތައް ބޭނުންކޮށްގެން އެކަންކޮށްފައިވަނީ ސީދާ މިނިސްޓަރު އިހުސާނުގެ ބެއްލެވުމުގެ ދަށުންކަން އެމްޑީޕީ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އެމްޑީޕީން ވަނީ މިނިސްޓަރު އިހުސާނުގެ މި މައްސަލަ ބެލުމަށް ފުލުހުންނަށް ގޮވާލާފައެވެ. އަދި ހޯމް މިނިސްޓަރުކަމުގައި ހުންނަވައިގެން އެ މައްސަލަ ބެލުމަކީ މުސްތަހީލް ކަމަކަށްވާތީވެ، މައްސަލައިގެ މިނިވަން އިންސާފުވެރި ތަހުގީގެއްކުރުމަށް މިނިސްޓަރު މަގާމުން ވަކިކުރުމަށް އެމްޑީޕީން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.