ކަލާފާން ސްކޫލް... ފޮޓޯ: ރާއްޖެއެމްވީ
ހަބަރު
16 Jan 2025 | 20:25
ޓީޗަރުވަނީ ދަރިވަރު އަނގަމަތީ ޓޭޕްއަޅައި އަތްބަނުމަށްފަހު އަނިޔާކޮށްފައި: ކުއްޖާގެ އާއިލާ

ހާއްސައެހީއަށް ބޭނުންވާ ދަރިވަރަކަށް ޓީޗަރަކު އަނިޔާކުރި މައްސަލާގައި ކުއްޖާގެ އާއިލާގެ ފަރާތުން ޓީޗަރާމެދު ވަރަށް ސީރިއަސް ތުހުމަތުތަކެއް ކޮށްފިއެވެ.

ސެން ކްލާހުގައި ކިޔަވަމުން އަންނަ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖާއަށް އަނިޔާކުރި މައްސަލަ ފެންމަތިވެ، އެންމެފަހުން ސްކޫލުގެ ފަރާތުން ވަނީ އެކަން އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށްވެސް ގެނެސްފައެވެ. ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަމެއް ހިނގައިގެން އުޅެނީ ކަލާފާނު ސްކޫލްގައެވެ. 

ވޮއިސްއާ މައުލޫމާތު ހިއްސާކުރަމުން ހާއްސައެހީއަށް ބޭނުންވާ ކުއްޖާގެ އާއިލާގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނީ، ކުއްޖާގެ ފަރާތުން ބުނެދޭ ވާހަކަތަކަށް ބަލާއިރު ޓީޗަރާމެދު ވަރަށް ސީރިއަސް ތުހުމަތުތަކެއް ކުރެވޭ ކަމަށެވެ. މިގޮތުން ކުއްޖާގެ އަނގަމަތީގައި ޓޭޕް އަޅައި އަތްބަނުމަށްފު ކުއްޖާއަށް އަނިޔާކުރާކަން ދޭހަވާކަމަށް އޭނާ ބުންޏެވެ. މި މައްސަލާގައި ބެލެނިވެރިޔާ ވަނީ ކްލާސްރޫމްތެރޭގެ ވީޑިއޯ ފޫޓޭޖްތައް ދެއްކުމަށް އެދިފައެވެ. ނަމަވެސް ސްކޫލުން އެކަންކޮށްދީފައި ނުވާކަން ބެލެނިވެރިޔާ ފާހަގަކުރިއެވެ.

"ކުއްޖާ އެބަ ބުނެދޭ މިހެން މިހެނޭ ހެދީ. ދެން އަޅުގަނޑުމެން އެދުނީ ވީޑިއޯ ފޫޓޭޖްދެއްކުމަށް. އޭރުންތާ ކަށަވަރުވާނީ.. ކުއްޖާގެ ފަރާތުން އަޅުގަނޑުމެނަށް ކަށަވަރުވޭ އަނިޔާކުރާކަން. ނަމަވެސް ވީޑިއޯއެއް ހުރިނަމަ އެ ބަލަން އަޅުގަނޑުމެން ބޭނުން. ސްކޫލުން އެ ދައްކަން ބޭނުންނުވާ ސަބަބެއް އަޅުގަނޑަކަށެއް ނުވިސްނޭ" ބެލެނިވެރިޔާ ބުންޏެވެ.

އޭނާ ބުނީ އެ ޓީޗަރު މިހާރު ކުލާހަށް ކިޔަވައިދޭން ނާންނަތާ ދެތިން ދުވަސް ވެދާނެ ކަމަށާއި ބަދަލުގައި މިހާރު އަންނަނީ، އެހެން ޓީޗަރެއްކަމަށް ކުއްޖާގެ ފަރާތުން އެނގިފައިވާކަމަށެވެ. ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް އަނިޔާކުރުމަކީ، ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

މި މައްސަލާގައި ސްކޫލްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުއްޖާއަށް އަނިޔާކުރި މައްސަލާގައި މިނިސްޓްރީން ވަނީ ޓީޗަރުގެ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައެވެ. ފުލުހުންވެސް ވަނީ އެ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީން ހުށަހަޅާފައިވާކަން މީޑިއާއަށް ކަށަވަރުކޮށްދީފައެވެ.

މި މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވަނީ މިއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެ، މިފަދަ ކަންކަން ތަކުރާރު ނުވާނޭގޮތަށް ފިޔަވަޅުތައް އެޅުމަށް ވިދާޅުވެފައެވެ. މިނިސްޓަރު ވަނީ ދަރިވަރުންގެ ހައްގުތައް ހިމާޔަތްކޮށް އުފާވެރި އަމާން މާހައުލެއްގައި ތައުލީމް ހާސިލްކުރުމަށް ޓީޗަރުން ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިވަޑައިގަންނަވާފައެވެ.

ކޮމެންޓް
ކޮއްމެސް ކުއްޖެއް
ހަމަ އެކަނި އަނިޔާ ކުދިންނައް ލިބެނީ ޖިސްމާނީ ގޮތުން އެކަނި އެއްނޫން ނަފްސާނީ ގެއްލުންތައް ވެސް ގިނަ ރާއްޖޭގެ އެކި ސްކޫލް ތަކުގަވެސް ހާލު ހޭވް ފޭސްޑް ދޯޒް
17 Jan 2025
ގުޅޭ ލިޔުންތައް
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.