ޢަބްދުﷲ ޝާހިދު... ފޮޓޯ: އެމްޑީޕީ
ހަބަރު
16 Jan 2025 | 22:41
ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރާ އީ ގަވަނަންސްގެ އިތުބާރު ސަރުކާރުން ނަގާލައިފި: ޝާހިދު

އައިޑީކާޑު ޔުނިޓުގެ ޑޭޓާބޭސްއިން ވައްކަންކޮށް، ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރާ އީ ގަވަނަންސްގެ އިތުބާރު ސަރުކާރުން ނަގާލައިފިކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިރޭ ޕީޓްރަލް ޕާކުގައި ބޭއްވި "ފުދިއްޖެ ފުނޑިއްޖެ" ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، އެސްޓޯނިއާގައި ހުންނަވައިގެން ރައީސް ޑރ.މުހައްމަދު މުއިއްޒު އެޤައުމާ އެއް ފެންވަރަށް އީ ގަވަނަންސް ރާއްޖެއަށް ގެނައުމުގެ ވާހަކަދައްކަވަމުންދާއިރު، ސަރުކާރުން އެ ނިޒާމުގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ގެއްލުވާލައިފިކަމަށެވެ. ޝާހިދު މިފަދައިން ފާހަގަކުރެއްވީ، ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަންގެ ޑޭޓާބޭސް ތެރެއިން އައިޑީކާޑުތައް ވަގައްނަގައި ޕީއެންސީއަށް މެމްބަރުން ވެއްދި މައްސަލަ ފެންމަތިވުމާ ގުޅިގެންނެވެ.

ޝާހިދު ވިދާޅުވީ އީގަވަނަންސް ނިޒާމަކީ އަޅުގަނޑުމެން އެންމެންގެ މައުލޫމާތުތައް އިންޓަރނެޓްގައި ރައްކާކޮށްފައިވާ ނިޒާމަކަށްވާއިރު، ޤައުމުތަކުންދަނީ އެ ނިޒާމާމެދު އިތުބާރު އުފައްދަމުން ކަމަށެވެ. ޝާހިދު ވިދާޅުވީ އެސްޓޯނިއާގައި ހުންނަވައިގެން އެ ނިޒާމާމެދު ރައްޔިތުންގެ އިތުބާރު އެމަނިކުފާނު ގެއްލުވާލައިފި ކަމަށެވެ. ޝާހިދު ވިދާޅުވީ ދައުލަތުގެ މުއައްސަސާއެއްގެ ތެރޭގައި ހުންނަ ރައްޔިތުންގެ ޒާތީ މައުލޫމާތަކީ ވަގަށް ނަގައިގެން ސަރުކާރު ހިންގާޕާޓީގެ ފައިދާއަށްޓަކައި ބޭނުންކުރެވޭ އެއްޗަކަށް ވާނަމަ އެ އިތުބާރު އެއޮތީ ގެއްލިފައި ކަމަށެވެ.

އެސްޓޯނިއާގައި ހުންނަވައިގެން އެ ނަގާލެއްވީ އަޅުގަނޑުމެން މި ބޭނުންވާ ދުނިޔެ ކުރިއަށްދާން ބޭނުންވާ އީ ގަވަނަންސްގެ އިތުބާރު

ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ޑީއެންއާރުގައި ހުރި މައުލޫމާތުތައް ވަގަށްނަގައިގެން ޕާޓީއަށް މީހުން ވެއްދުމަކީ އާދައިގެ ކުޑަކުޑަ ކަމެއްކަމަށް ދެކިގެން ނުވާނޭކަމަށާއި، މި ދައްކަނީ ދިވެހި ރައްޔިތެއްގެ ޝަހްސު ވަގަށްނަގައިގެން ގޮސް ބޭނުންހާ ގޮތެއް ހަދަމުންދާ ގޮތުގެ ވާހަކަ ކަމަށެވެ. 

އައިޑީކާޑު ޔުނިޓުން ޑޭޓާތަކެއް ބޭނުންކޮށްގެން ވެރިކަންކުރާ ޕީއެންސީއަށް މެމްބަރުންތަކެއް އޮޅުވާލައިގެން ވެއްދި މައްސަލަ އެމްޑީޕީން މިއަދު ވަނީ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައެވެ. މިކަމާ ގުޅޭގޮތުން އެމްޑީޕީން ބުނީ، ރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަންކޮށް، ވަގު ފޯމު ފުރައިގެން ސަރުކާރު ހިންގާ ޕީއެންސީއަށް ވެއްދި މައްސަލާގައި ހިމެނޭ ޖިނާއީ ކުށްތައް ތަހުގީގު ކުރުމަށް ފުލުހުންނާއި އޭސީސީއަށް ހުށަހަޅާފައިވާކަމަށެވެ. މީގެ އިތުރުން، ޕީއެންސީން ހުށަހެޅި އެއްވެސް ފޯމެއް ޕްރޮސެސް ނުކުރުމަށާއި، ޕްރޮސެސް ކުރި ފޯމުތައް ކެންސަލްކޮށް، އެ ފޯމުތަކުގެ ސައްހަކަން އަލުން ކަށަވަރުކުރުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ވެސް ސިޓީއެއް ފޮނުވާފައިވާނޭކަމަށް އެމްޑީޕީން ބުންޏެވެ.

އޮޅުވާލައިގެން ޕީއެންސީއަށް މީހުން ވެއްދުމުގެ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، ވެއްދި މީހުންގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.