ދީން
17 Jan 2025 | 13:30
”މުސްލިމުންގެ މުދަލުން ޙައްޤުނޫން ގޮތުގައި ބޭނުންކޮށް އުޅޭ މީހުންނަށް، ޤިޔާމަތް ދުވަހުން ނަރަކަ ހުއްޓެވެ“

މުސްލިމުންގެ މުދަލުން ޙައްޤުނޫން ގޮތުގައި ބޭނުންކޮށް އުޅޭ މީހުންނަށް ޤިޔާމަތް ދުވަހުން ނަރަކަ ހުރި ކަމަށް ރަސޫލާ ޞޢވ ގެ ހަދީޘްފުޅުން އެނގޭ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ. 

ބާތިލް ގޮތުގައި މުދާ ހޭދަކުރުން މައުލޫއަށް މިއަދު އިއްވި ޚުޠުބާގައި ބުނީ މުދަލަކީ اللهُ سُبْحَانَهُ وَتَعَالَى އެކަލާނގެ އަޅުންނަށް ދެއްވާ ބޮޑު ނިޢުމަތެއްކަމަށާއި، އެއީ އެކަލާނގެ އަޅުތަކުން އިމްތިޙާނުކުރެއްވުމަށް ޓަކައި ލައްވައިފައިވާ ސަބަބެއް ކަމަށެވެ. އަދި މުދަލަކީ ބިނާކުރުމަށާއި ފަނާކުރުމަށް ބޭނުންކުރެވިދާނެ ވަސީލަތެއްކަމަށް ބުނެފައިވެއެވެ.

ޚުޠުބާގައި އިސްލާމްދީނުގައި މުދާ ހޯދުމަށާއި މުދާ ހޭދަކުރުމަށް ހަރުދަނާ ނިޒާމެއް ލައްވައިފައިވާކަމަށް ބަޔާންކޮށް، އެހެން މީހުންގެ މުދަލަށް އަރައިގަތުމާއި، މުދަލަށް ޚިޔާނަތްތެރިވުމާއި، މުދާ ފޭރުމާއި، މުދަލުން ވައްކަންކުރުމާއި، ޓެކުމާއި، ރިޝްވަތުނެގުމާއި ރިބާކެއުމާއި ޖުވާކުޅުން ފަދަ ކަންކަމުން މުދާ ހޯދުމަކީ އިސްލާމްދީން މަނާކުރާ ކަންތައްތަކެއް ކަމަށް ބުނެފައިވެއެވެ.

ކައުރަސޫލާ ޞއވ ޙަދީޘްކުރެއްވިއެވެ. (إِنَّ رِجَالًا يَتَخَوَّضُوْنَ فِيْ مَالِ اللَّهِ بِغَيْرِ حَقٍّ، فَلَهُمُ النَّارُ يَوْمَ الْقِيَامَةِ) މާނައީ: "ހަމަކަށަވަރުން ﷲގެ މުދަލުން (އެބަހީ: މުސްލިމުންގެ މުދަލުން) ޙައްޤުނޫން ގޮތުގައި ބޭނުންކޮށް އުޅޭ މީހުންނަށް، ޤިޔާމަތް ދުވަހުން ނަރަކަ ހުއްޓެވެ."

މީގެ އިތުރުން، ދައުލަތުގެ މުދަލާއި ފައިސާ ބަލަހައްޓާ މުވައްޒަފުން އެ ތަކެތީގައި ޖެހުމަކީ ޙަރާމް ކަމެއްކަމަށާއި، އެއީ އަމާނާތަށް ޚިޔާނަތްތެރިވުމާއި މަކަރާއި ޙީލަތް ހެދުން ކަމުގައި ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ. އަދި މަސައްކަތުގެ ގަޑީގައި ވަގުތު ބޭކާރުކުރުމަކީވެސް ބާޠިލު ގޮތުގައި މުދާ ކެއުމުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ބުނެފައިވެއެވެ.

عَدِيُّ بْنُ عَمِيْرَة رَضِيَ اللهُ عَنْهُ ވިދާޅުވިއެވެ. އެއް ދުވަހަކު ރަސޫލުالله ޞޢވ އަހުރެމެންނާ މުޚާޠަބުކުރައްވައި ޙަދީޘްކުރެއްވިއެވެ. (مَنِ اسْتَعْمَلْنَاهُ مِنْكُمْ عَلَى عَمَلٍ، فَكَتَمَنَا مِخْيَطًا فَمَا فَوْقَهُ، كَانَ غُلُوْلًا يَأْتِيْ بِهِ يَوْمَ الْقِيَامَةِ) މާނައީ: "ތިޔަބައިމީހުންގެ ތެރެއިން ކަމަކަށް ތިމަންކަލޭގެފާނު އިސްކޮށްފި މީހާ، ތިނޯހެއް ނުވަތަ އެއަށް ވުރެ ބޮޑު މިންވަރެއް ވެސް ފޮރުވައިފި ނަމަ، އެ ކަން ވާހުށީ ޚިޔާނާތަކަށެވެ. ޤިޔާމަތް ދުވަހުން އެމީހަކު އެޚިޔާނާތާއިގެން އަންނާނެތެވެ."

ޚުޠުބާގައި ރިޝްވަތު ނެގުމަކީ ދައުލަތުގެ މުދަލަށް ޚިޔާނަތްތެރިވުމުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް ބަޔާންކޮށް، ރިޝްވަތަކީ ވަރަށް ނުބައި ބައްޔެއްކަމަށާއި، އެއީ ކަންކަން ފާސިދުކުރާ ވަބާއެއްކަމަށް ވިދާޅުވެފައިވެއެވެ.

ޚުޠުބާ ނިންމަވާލައްވަމުން، ޙަލާލު ގޮތުގައި މުދާ ހޯދައި އެ މުދާ ޙަލާލު ގޮތުގައި ހޭދަކުރާ ބަޔަކު ކަމުގައި ލެއްވުމަށް އެދި ދުޢާ ކުރައްވާފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ