ރައީސް މުޢިއްޒުގެ އެސްޓޯނިއާ ދަތުރުފުޅުގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
17 Jan 2025 | 15:48
އޭއައި މާސްޓަރ ޕެލޭނެއް ހެދި، ގައުމުގެ ތަރައްގީގައި އޭއައި މުހިންމު ދައުރެއް އަދާކުރާނެ: ރައީސް މުޢިއްޒު

ދިވެހިރާއްޖޭގައި އާޓިފިޝަލް އިންޓެލިޖެންސް، އޭއައި އާއި ގުޅޭ މާސްޓަރ ޕްލޭނެއް ހަދައި، ރާއްޖޭގެ ތަރައްގީގައި އޭއައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް މުޢިއްޒު އެސްޓޯނިއާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވަމުން ދައުލަތުގެ މީޑިއާއަށް ދެއްވު ބަސްދީ ގަތުމެއްގައި ވިދާޅުވީ، ދުނިޔެއަށް އަންނަ ތަރައްގީ ބަލައިގަންނަން ޖެހޭ ކަމަށެވެ. އެގޮތުން، އޭއައި އަކީ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެއް ކަމަށެވެ. 

އެހެންވީމާ އޭއައި މަސްޓަރ ޕްލޭނެއް ހެދި، ގައުމު ތަރައްގީ ކުރުމުގައި އޭއައި މުހިންމު ދައުރެއް އަދާކުރާނެ. އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއްވެސް ކުރިއަށް ގެންދެވޭނެ

ރައީސް ޑރ.މުޢިއްޒު

ރައީސް ވިދާޅުވީ، އެސްޓޯނިއާއަށް ކުރެއްވުނު ދަތުރުފުޅުގައިވެސް، އެގައުމުގައި އޭއައި އާއި ގުޅިގެން ކަންކަން ރޭވި ކުރިއަށް ގެންދާ ގޮތް އެނގިގެން ދިޔަ ކަމަށާ، އެގައުމުގައި ކަންކަން ރޭވިފައި އޮތީ ވަރަށް ރަނގަޅަށް ކަމަށެވެ. 

އެހެންވީމާ މި ދަތުރު ވަރަށް ކާމިޔާބު. ސަބަބަކީ މިދާއިރާއިން އެންމެ ކުރިއަރާފައިވާ ގައުމަށް އާދެވުނީމަ، އެމީހުން މިކަންކުރާގޮތް އެނގިގެން ދިޔައިމަ، އަދި ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެންނަށް އެހީތެރިކަން ދޭނެ ކަމުގައި ވިދާޅުވީމަ، އެއީ، އަޅުގަނޑު މެންނަށް، އަޅުގަނޑުމެންގެ ގައުމު، އަޅުގަނޑުމެން ބޭނުންވާ މިސްރާބަށް ގެންގޮސް އެ މަގުސަދު ހާސިލް ކުރުމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް

ރައީސް ޑރ. މުޢިއްޒު

އެހެންކަމުން، ކުރިއަށް އޮތް ދެތިން އަހަރު ތެރޭގައި ސަރުކާރުގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒް ކުރެވިގެންދާނެ ކަމަށާ، އަދި އެކަމުގައި ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.