އިމްރާންހާނަށް ތާއީދުކުރާ ދެ ސަޕޯޓަރަކު، ކޯޓްގެ ހުކުމާ ދެކޮޅު ހެދުމުގެ ގޮތުން ބޭއްވި އަޑުއުފުލުމެއްގައި... ފޮޓޯ: އޭއެފްޕީ
ހަބަރު
18 Jan 2025 | 09:20
އިމްރާން ޚާނަށް އަނެއްކާވެސް 14 އަހަރުގެ ޖަލު ޙުކުމެއް

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މައްޗަށް އަނެއްކާވެސް ބޮޑު ހުކުމެއް އިއްވައިފިއެވެ.

ހުކުރު ދުވަހު ޕާކިސްތާނުގެ ކޯޓަކުން އިމްރާން ޚާންގެ މައްޗަށް ކޮރަޕްޝަންގެ މައްސަލަ ސާބިތުވާކަމަށް ނިންމައި، އެކުށަށް ދެވޭ އެންމެ ބޮޑު އަދަބުކަމަށްވާ 14 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. މިއީ 2023 ވަނަ އަހަރުގެ އޮގަސްޓުން ފެށިގެން ބަންދުގައި އިންނެވި އިމްރާންގެ މައްޗަށް މިހާތަނަށް އިއްވުނު އެންމެ އަދަބު ބޮޑު ހުކުމެވެ. އިމްރާން ޚާންގެ މައްޗަށް 100 އަށްވުރެ ގިނަ ދައުވާ ކުރިއަށްދެއެވެ.

އިމްރާންގެ ޚާންގެ ޕާޚިސްތާން ތެހެރީކޭ އިންސާފް (ޕީ.ޓީ.އައި) އިން ބުނީ މި ޝަރީޢަތަކީ އިންސާފުން އެއްކިބާވެގެން، ސިޔާސީ ބޭނުމަކަށްޓަކައި ކުރިއަށްދިޔަ ޝަރީއަތެއްކަމަށެވެ. ހުކުމްކުރުމާއެކު އިމްރާން ޚާން ވިދާޅުވީ ޑީލެއް ނަހައްދަވާނެކަމަށާއި، ލުޔުއްވެސް ނުހޯއްދަވާނެ ކަމަށެވެ. ޕީ.ޓީ.އައިގެ ޗެއަރމަން ގޯހާރް އަލީ ޚާން ވިދާޅުވީ އިމްރާން ޚާން ދޫ ނުދެއްވާނެކަމަށެވެ.

މިދިޔަ އަހަރުވެސް 14 އަހަރުގެ ޖަލު ހުކުމަކާއި 10 އަހަރުގެ ޖަލު ހުކުމެއް އިމްރާން ޚާންގެ މައްޗަށް ކުރިއެވެ. އެހެންނަމަވެސް ހުކުމްކުރިތާ ގިނަ ދުވަހެއް ނުވެ އެ ހުކުމްތައް ވަނީ ސަސްޕެންޑްކޮށްފައެވެ.

އިމްރާން ޚާން ބަންދުކޮށް، އިންތިޚާބުތަކުގައި ވާދަކުރުން މަނާކޮށްފައިވީނަމަވެސް، ޕާކިސްތާނުގެ ސިޔާސީ މަސްރަހުގައިވެސް އަދިވެސް އޭނާގެ ނުފޫޒު ގަދައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް