މީގެ ކުރިން ބޭއްވި ސަރފް މުބާރާތެއް... ފޮޓޯ: ވޮއިސް ސްޕޯޓްސް
ހަބަރު
18 Jan 2025 | 11:12
ސަރފް ލީގްގެ ފުރަތަމަ މުބާރާތް ކަލެގަލެކޮޑާ ކެންސަލްކޮށްފި!

ދިވެހި ސަރފް ލީގްގެ މިއަހަރުގެ ފުރަތަމަ މުބާރާތް ކަލެގަލެކޮޑާ ކެންސަލްކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން މޯލްޑިވްސް ސަރފިން އެސޯސިއޭޝަނުން ބުނީ ފެބުރުއަރީމަހުގެ 5 ކުން ފެށިގެން 8 ވަނަ ދުވަހު ބޭއްވުމަށް ތާވަލްކުރި ދިވެހި ސަރފް ލީގްގެ ފުރަތަމަ މުބާރާތްކަމަށްވާ، "ކަލެގަލެކޮޑާ ގދ.ގައްދޫ" ކެންސަލްކޮށްފައިވާކަމަށެވެ. މުބާރާތް ކެންސަލް ކުރަންޖެހުނީ، އިވެންޓްގެ ހޯސްޓިން ޕާޓްނަރ، ގދ ގައްދޫ ކައުންސިލް އިދާރާގެ މާލީހާލަތު ހުރިގޮތުން  މުބާރާތަށް ކުރިން ދެމުންއައި އެހީތެރިކަން ދިނުމަށް އުޒުރުވެރިވާކަން އަންގާފައިވާތީކަމަށް ސަރފިން އެސޯސިއޭޝަނުން ބުނެއެވެ.

ސަރފިން އެސޯސިއޭޝަނުން ބުނީ ގައްދޫ ކައުންސިލަކީ އެޖަމިއްޔާ އާ ވަރަށް ގާތް ގުޅުމެއް އޮންނަ އަދި ދިވެހި ސަރފްލީގް ވުޖޫދަށް ގެނައުމުގައި މުހިއްމު ބައިވެރިއެއް ކަމަށެވެ. އަދި ހަމައެހެންމެ ވޭތުވެދިޔަ އަހަރުތަކުގައި އޮމާންކަމާއި ކާމިޔާބުކަމާއެކު ކަޅެގަލެކޮޑާ މުބާރާތް ނިންމާލުމުގައި އެންމެބޮޑު ހިއްސާއެއް ވާ ފަރާތަކީ ގައްދޫ ކައުންސިލްކަމަށް އެޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

އެމްއެސްއޭއިްނ ބުނީ އެ ޖަމިއްޔާގެ އުއްމީދަކީ ކައުންސިލްގެ މާލީ ހާލަތު ރަނގަޅުވެ ކުރިއަށްއޮތް އަހަރުގެ ތެރޭގައި ކަލެގަލެކޮޑާ މުބާރާތް ކުލަގަދަ އަދި ފޯރިގަދަ މުބާރާތެއްގެ ގޮތުގައި ބޭއްވިގެން ދިއުންކަމަށެވެ، ކަލެގަލެކޮޑާ މުބާރާތް ކެންސަލްވުމުން ދިވެހި ސަރފް ލީގުގެ ފުރަތަމަ އިވެންޓް ބާއްވާނެ ތަނަކާއި ތާރީހެއް ފަހުން އިއުލާނުކުރާނޭކަމަށް ސަރފިން އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.