ވަޒީރު ޝަފީއު-- ފޮޓޯ: ވޮއިސް
ހަބަރު
18 Jan 2025 | 14:18
ސްކޫލުތަކުގެ އިތުރު ހަރަކާތްތައް ކުދިންގެ ކިޔެވުމަށް ބުރޫނާރާނެ ގޮތަށް އިންތިޒާމްކުރުމަށް އެދެފި

ކުދިންގެ ކިޔެވުމަށް ބުރޫނާރާނެ ގޮތަށް ސްކޫލުތަކުގެ އިތުރު ހަރަކާތްތައް އިންތިޒާމްކުރުމަށް ތައުލީމާއި ބެހޭ ވަޒީރު، ޑރ.އިސްމާއީލް ޝަފީއު އެދިވަޑައިގެންފިއެވެ.

އިތުރު ހަރަކާތްތައް އިންތިޒާމް ކުރާނެގޮތުގެ މަޝްވަރާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޝަފީއު ވިދާޅުވީ، ބައެއް ސްކޫލްތަކާއި ރަށްރަށުގައި އިތުރު ހަރަކާތްތައް އިންތިޒާމްކުރަމުން އަންނަގޮތުން އޭގެ ނޭދެވޭ އަސަރު ދަރިވަރުންގެ ކިޔެވުމަށް ކުރަމުން އަންނަކަމަށެވެ.

މިކަމާއި ގުޅިގެން ވަޒީރު ޝަފީއު ވަނީ  ދަރިވަރުންގެ ކިޔެވުމަށް ބުރޫ ނާރާނެފަދަ ގޮތަކަށް އިތުރު ހަރަކާތްތައް ހިންގާ ރޭވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ރަނގަޅު ހައްލެއް ގެނެވޭނެ ގޮތަކަށް އިންތިޒާމް ކުރުމަށް އެދިވަޑައިގެންފައެވެ.

"އަޅުގަނޑު ތިބޭފުޅުންގެ ޑިސްކަޝަނަށް ތިންހަތަރު ކަމެއް ހުށަހަޅާލަން ބޭނުން. ދަރިވަރުންގެ ލާނިންއަށް ފަހިވާންޖެހޭނެކަމަށް. ޓީޗަރުންނާއި ދަރިވަރުންގެ ވެލްބީންއަށް ކޮންސިޑަރ ކުރެވެންވާނެކަމަށް. ޕޭރަންޓް މޮނިއުނިޓީ ޕާރޓިސިޕޭޓްވާއިރުގައި އެ ޕާޓިސިޕޭޝަންއަކީވެސް އެބޭފުޅުންނަށް ވޭނަކަށް ނޯންނަ މިންވަރަކަށް މިކަން ވާންޖެހޭނެކަމަށް. އަދި ދިވެހިރާއްޖޭގެ މި ޖިއޮގްރަފިކަލް ޑިސްޕާޝަން ކޮންސިޑަރ ކުރަން ޖެހޭނެކަމަށް،"

ވަޒީރު ޝަފީއު ވިދާޅުވިއެވެ.

ކުޅިވަރުގެ ހަރަކާތްތައް ހިންގަންވާނެކަމަށާއި، މިކަންކަން ރާވާއިރު މުޅި ތައުލީމީ ދާއިރާއިން ކުރާ މައިގަނޑު މަސައްކަރަށް ބުރޫއަރައިގެން ނުވާނެކަމަށް ދެކެވަޑައިގަންނަވާކަން ފާހަގަކުރައްވަމުން ވަޒީރު ވަނީ ދަރިވަރުންނާއި ބެހޭގޮތުން ނިންމާ ކޮންމެ ކަމެއްގައި އެންމެ ބޮޑު އިސްކަމެއްދީ ވިސްނަންވާނީ ދަރިވަރުންނަށްކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ޛޖ
ތިކަން ވާން އޮތީ މިނިސްޓްރީގެ ފުރިހަމަ އެއްބާރު ލުން ލިބިގެން. މުޅި ދިވެހިރާއްޖޭގައި ބާއްވާ ހުރިހާ މުބާރާތެއް ބާއްވަން މިއަންނަނީ ސްކޫލުތަކަށް. މިނިސްޓަރުގެ ތިވާހަކައަށް ވަރަށް ތާއީދު
18 Jan 2025
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.