މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިތަރީ އޮތޯރިޓީ
ހަބަރު
18 Jan 2025 | 13:42
ސޭލްސް ރިޕޯޓްތަކަށް ބަލާއިރު، ބޭންކުތަކަށް މިހާތަނަށް 40 މިލިއަން ޑޮލަރު މާރުކުރާނޭކަމަށް ބެލެވޭ: އެމްއެމްއޭ

ބޭރުފައިސާ ގަނެވިއްކުމުގެ ޤަވާއިދަށް ގެނައި ބަދަލާއެކު ޓޫރިޒަމް ވިޔަފާރިތަކުން މިހާތަނަށް 40 މިލިއަން ޑޮލަރުގެ އަދަދެއް ބޭންކުތަކަށް މާރުކުރާނޭކަމަށް ބެލެވޭކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނެފިއެވެ.

އެމްއެމްއޭއިން ބޭރުފައިސާ މާރުކުރުމުގެ ޤަވާއިދަށް ގެނައި އިސްލާހާއެކު މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު ޓޫރިސްޓް ވިޔަފާރިތަކުން ފަތުރުވެރިން އައި އަދަދަށް ބަލައިގެން ބޭންކަށް ޑޮލަރު މާރުކުރުމުގެ އެންމެ ފަހު ތާރީހެއްގެ ގޮތުގައި ކަނޑައެޅިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ. އެމްއެމްއޭއިްނ ބުނީ ރާއްޖޭގައި މިހާރު ހިންގަމުންދާ 175 ރިސޯޓްގެ ތެރެއިން 138 ރިސޯޓަކުން އޮކްޓޯބަރުމަހުގެ ސޭލްސް ރިޕޯޓް ހުށަހަޅާފައިވާކަމަށެވެ. މިހާތަނަށް ސޭލްސް ރިޕޯޓް ހުށަނާޅާ 37 ރިސޯޓެއް އަދި އެބައޮތެވެ.

އެމްއެމްއޭގެ އޮފިޝަލަކު ވޮއިސްއާ ހިއްސާކުރި މައުލޫމާތުގައި ބުނެފައިވަނީ، މިހާރު ހުށަހަޅާފައިވާ ސޭލްސް ރިޕޯޓްތަކުން ދައްކާގޮތުގައި 30 މިލިއަން ޑޮލަރާއި 40 މިލިއަން ޑޮލަރުގެ އަދަދެއް، ރިސޯތްތަކުން ބޭންކުތަކަށް މާރުކުރާނޭކަމަށް ބެލެވޭކަމަށެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު ރާއްޖެއަށް 172,621 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. 

ބޭރުފައިސާ މާރުކުރާބެހޭ އައު ޤަވާއިދު މިދިޔަ ޑިސެމްބަރުމަހުގެ 14 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށްފައިވާއިރު، އެ ޤަވާއިދަށް އަމަލުކުރަން ފަށާފައިވަނީ، މިހިނގާ ޖެނުއަރީމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. ޤަވާއިދުގައިވާގޮތުން ބޭރުފައިސާގެ އާމްދަނީ ބޭންކަށް ޖަމާކޮށް މާރުކުރުން ލާޒިމްވަނީ، އަހަރެއްގެ މައްޗަށް މަދުވެގެން 15 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބޭ ޓޫރިޒަމް ވިޔަފާރިކުންފުނިތަކެވެ.

މި ޤަވާއިދުގައި އޮންނަ ގޮތުން ރިސޯޓްތަކުން، އެ ތަނަށް މަހެއްގެ މައްޗަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު، ނުވަތަ އާމްދަނީގެ 20 އިންސައްތަ ޑޮލަރު މާކުރަން ޖެހެއެވެ. ގެސްޓްހައުސްތަކުން މާރުކުރަންޖެހެނީ ބޮލަކަށް 25 ޑޮލަރު، ނުވަތަ އެފަރާތަކަށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 20 އިންސައްތަ ޑޮލަރެވެ.

ރައީސް ޑރ.މުއިއްޒު ވިދާޅުވެފައިވަނީ ޑޮލަރު މާރުކުރުމުގެ އައު ގަވާއިދަށް އަމަލުކުރަން ފެށުމުން ޑޮލަރު ލިބުމުގެ މައްސަލައަށް ހައްލެއް ލިބި، ދައުލަތުގެ ކުންފުނިތަކަށްވެސް އޭގެ މަންފާ އެންމެ ރަނގަޅަށް ކުރަމުންދާނޭކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް