ރަކި ބުރެކި މަސް
ހަބަރު
19 Jan 2025 | 10:12
ރާއްޖެއިން އައު ވައްތަރެއްގެ މަހެއް ފެނިއްޖެ!

ރާއްޖޭގެ ފަރުތަކުން އައު ވައްތަރެއްގެ މަހެއް ފެނިއްޖެއެވެ. މިމަހަށް ކިޔާފައިވަނީ “ރަކި ބުރެކި“ އެވެ. 

މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އާއި ގުޅިގެން ކުރިއަށް ގެންދެވުނު އެކްސްޕެޑިޝަނެއްގައި މި މަސް ފެނިފައިވަނީ ކުރަމަތީ އައުޓަރ ރީފުގެ މޫދުގެ 100 އާއި 125 މީޓަރު ދޭތެރޭގެ ފުންމިނުންނެވެ. މި ސަރަޙައްދަކީ މޫދުގެ "ޓްވައިލައިޓް ޒޯން" ގެ ނަމުން މަޝްހޫރު، އަލިކަން ފަނޑު ސަރަޙައްދެކެވެ.

މި ސަރަޙައްދަކީ ވަރަށް ޚާއްޞަ އަދި ތަފާތު ގިނަ ދިރުންތަކެއް އުޅޭ ތަނެއްކަން މި ހޯދުމުން ވަނީ ސާބިތުވެފައެވެ.

މި މަހަށް "ރަކި" މި ނަން ދެވިފައިވަނީ ދިވެހިބަހުން "ރަކި" ނުވަތަ ލަދުގަތުމުގެ މާނައިގައެވެ. މި ބާވަތުގެ މަސްތައް ވަރަށް ފޮރުވިގެން އުޅޭކަމަށާއި، ސަރވޭތައް ކުރިއަށްދާއިރު ގިނަފަހަރު ފެންނަން ނުހުންނަކަމަށް ތަޙްޤީޤުވެރިން ފާހަގަކޮށްފައިވެއެވެ. އަދި ޑައިވަރުން ފެނުމުން މި މަސް ފިލާ ކަމަށް ބުނެފައިވެއެވެ.

ރަކި ބުރެކި ފެނިފައިވަނީ އއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުންނެވެ. މިހާތަނަށް މި މަސް ފެނިފައިވަނީ ހަމައެކަނި ރާއްޖެއިންނެވެ.

މި މަހަކީ 2-3 އިންޗި ދިގުމިނުގެ ކުޑަ މަހެކެވެ. މިއީ ސެރަނިޑޭ (Serranidae) ޢާއިލާގެ މަހެކެވެ. މި ޢާއިލާގައި ހިމެނެނީ ގިނަގުނަ ކުލަތަކާއި، ތަފާތު ސައިޒުތަކާއި ބޮޑެތި ކަނޑުމަސްތަކެވެ.

ދާދިފަހުންވެސް ރާއްޖޭގެ ކަނޑުން އައު ވައްތަރެއްގެ މަހެއް ފެނިފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.