ފެލިވަރު މަސްދަޅު—
ހަބަރު
19 Jan 2025 | 10:38
ރޯދަމަހަށް ހިލޭ ބަހާ މަސްދަޅުތަކުން 40 ގްރާމް މަސް އުނިނުވާނެ: މިފްކޯ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ރޯދަމަހަށް ގޭބީސީތަކަށް ހިލޭ ބަހާ މަސްދަޅުތަކުން 40 ގްރާމް މަސް އުނިނުވާނެކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން މިފަދައިން ބުނީ، މިފްކޯއިން ރޯދަމަހު ގޭބިސީތަކަށް ބަހާ މަސްދަޅުކޭހުގައި ހުންނަ ކޮންމެ މަސްދަޅަކުން 40 ގްރާމް މަސް މަދުކުރާކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކާއި ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

މި ޕޯސްޓްގައި މިފްކޯއިން ބުނީ، ރައީސް ޑރ.މުޢިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ރޯދައަށް ގޭބިސީތަކަށް ހިލޭ ބަހާ މަސްދަޅުން 40 ގްރާމް މަސް އުނިނުވާނެކަމަށާއި، ފަތުރަމުންދަނީ ދޮގު ވާހަކަތަކެއްކަމަށެވެ.

މިގޮތުން މިފްކޯއިން ބުނީ، 140 ގްރާމް މަސްދަޅު ބާޒާރަށް ނެރުނީ ކުދި ގޭބިސީތަކަށް ކަމަށާއި، މަސް ދަޅު ފްރިޖު ކުރުމަކީ ރަނގަޅު ކަމަކަށް ނުވާތީ އެއްފަހަރު ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައި ބޭނުން ކުރުމަށްކަމަށެވެ.

މީގެ ކުރިން، ކުރިއަށް އޮތް ރަމަޟާން މަހު ކޮންމެ ގޭބީސީއަކަށް ދިނުމަށް ހަމަޖެހިފައިވަނީ 48 ދަޅުގެ މަސްކޭހެއް ކަމަށް މިފްކޯއިން ހާމަކޮށް ބުނީ، ކޮންމެ ރަމަޟާން މަހަކަށް ލައްކައަކާ ގާތްކުރާ އަދަދަކަށް މަސްދަޅު އުފައްދާއިރު، ރައީސް ޑރ.މުޢިއްޒުގެ މިވައުދުފުޅާއިއެކު، އިތުރު މަސްދަޅު އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ހަމަމިއާއިއެކު، މިދިޔަ އަހަރެކޭވެސް އެއްފަދައިން މިއަހަރުވެސް ހުރިހާ ގޭބިސީއަކަށް ފެން ބިލާއި ކަރަންޓު ބިލުން ޑިސްކައުންޓް ދެއްވުމަށްވެސް ރައީސް ޑރ.މުޢިއްޒު ނިންމަވާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.