ބިދޭސީންގެ މައުލޫމާތު އެއްކުރަނީ-- ފޮޓޯ: ސަން
ހަބަރު
19 Jan 2025 | 11:43
އޮޕަރޭޝަން ކުރަނގި: މިހާތަނަށް 25،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގައިފި

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން މިހާތަނަށް 25،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގާފައިވާކަމަށް އެވުޒާރާގެ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު އިހުސާން ވިދާޅުވީ، އިއްޔެ އަކީ މާލެ ސަރަހައްދުގެ ޕްރައިވެޓް ސެކްޓަރ އަދި އާއްމު ތަންތަނުގައި ފުޅާކޮށް "އޮޕަރޭޝަން ކުރަނގި" ފެށުނު ދުވަސްކަމަށާއި، އިއްޔެ ކުރެވުނު މަސައްކަތުން 1،455 ބިދޭސީން މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާނާއި ފޭޝިއަލް ރިކޮގްނިޝަނަށް ބޭނުންވާ ފޮޓޯ ނެގި ޑޭޓާ ބޭސް އަޕްޑޭޓް ކުރެވިފައިކަމަށެވެ.

މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު ރައީސް ޑރ.މުޙައްމަދު މުޢިއްޒު ގައުމާއި މުޚާތަބު ކުރައްވަމުން، މި އޮޕަރޭޝަންގެ ދަށުން 10،000 ބިދޭސީންގެ ބަޔޯމެޓްރިކް ޑާޓާ ނަގާފައިވާކަމަށް ވިދާޅުވިކަން ފާހަގަކުރައްވަމުން ވަޒީރު އިހުސާން ވިދާޅުވީ، އޭގެ ފަހުން މިދިޔަ 2 މަސްދުވަހުގެ ތެރޭގައި އިތުރު 15،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނެގިފައިވާކަމަށެވެ.

މިއާއިއެކު މި އޮޕަރޭޝަންގައި މިއަދާއި ހަމައަށް ޖުމްލަ 25,483 ބިދޭސީންގެ މައުލޫމާތު ނެގިފައިވާކަމަށް ވަޒީރު އިހުސާން ވިދާޅުވިއެވެ.

ވަޒީރު އިހުސާން ވިދާޅުވީ، ރައީސް ޑރ.މުޢިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް 3 އަހަރުގެ ޕްލޭނެއްގެ ދަށުން ކުރެވެމުންދާ މި މަސައްކަތް 2027 ވަނަ އަހަރުގެ އޭޕްރިލް މަހު ނިންމާލެވޭނެކަމަށެވެ.

މިއާއިއެކު ވަޒީރު ވަނީ މި އޮޕަރޭޝަންގައި އެ ވުޒާރާގެ ފޮރިން ލޭބަރ ޑިޕާޓްމެންޓް، އިމިގްރޭޝަން، ޕޮލިސް އަދި މުޅި ހޯމް ސެކްޓަރ ގެ މުއައްޒަފުންނާއި ކައުންސިލް ތަކުން ކުރާ ބުރަ މަސައްކަތް ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.