ޤަތުލް ޢައްމު މެދު ކަނޑާލުން ލަސްވިކަން ނޭނގި އެނބުރި ގެއަށް ދަނިކޮށް ޝަހީދު ކޮށްލެވުނު ކުދިންގެ މަންމަ ހަނާން: ފޮޓޯ/ އަލް ޖަޒީރާ
ދުނިޔެ
20 Jan 2025 | 10:15
ޤަތުލު ޢާއްމު މެދުކަނޑާލުން ލަސްވިކަން ނޭނގި، އެނބުރި ގެއަށް ދިޔަ އާއިލާއެއްގެ ތިން މީހުން ޝަހީދު ކޮށްލައިފި!

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޤަތުލް ޢާއްމު މެދުކަނޑާލުމަށް ވެވުނު އެއްބަސްވުން ތަންފީޒުކުރާ ގަޑި ލަސްވިކަން ނޭނގި، އެނބުރި ގެއަށް ދިޔަ އާއިލާއެއްގެ ތިން މީހުން އިސްރާއީލުގެ ހަމަލާއަކުން ޝަހީދުވެއްޖެއެވެ.

އިސްރާއީލުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫގެ އެންގުމަށް ޤަތުލް އާއްމު މެދުކަނޑާލުން ތިން ގަޑިއިރަށް ލަސްކުރީ، ހަމާސްއިން ދޫކޮށްލާނެ ތިން އިސްރާއީލު ހައްޔަރީންގެ ނަންތައް ފޮނުވާފައި ނުވާތީ ކަމަށް ބުނެއެވެ. ނަމަވެސް އަލް-ޤިދްރާ އާއިލާއަށް މި މަޢުލޫމާތު ލިބިފައެއް ނުވެއެވެ. 

އަލް-ޤިދްރާ އާއިލާގެ އަޙްމަދު އަލް-ޤިދްރާ އޭނާގެ ހަތް ދަރިންނާއި އަނބިމީހާއާއެކު ޚާން ޔޫނިސްގެ އިރުމަތީ ސަރަޙައްދަށް ދަތުރުކުރަމުން ދަނިކޮށް، އިސްރާއީލުގެ މިސައިލް ހަމަލާއެއް އެމީހުން ދަތުރު ކުރަމުންދިޔަ އުޅަނދަށް އަމާޒުވެ މި ހަމަލާގައި އަޙްމަދާއި އޭނާގެ 16 އަހަރުގެ ދަރިފުޅު ޢަދްލީ އަދި 6 އަހަރުގެ ދަރިފުޅު ސަމާ ވަނީ ޝަހީދުވެފައެވެ.

"އަހަރެމެން މުޅި ޤަތުލް ޢާއްމުގައިވެސް ސާބިތުވެހުރިން. އެންމެ ދަތި ޙާލަތްތަކާ ކުރިމަތިލީމު. އެކަމަކު އެކަން ނިމުމަކަށް އަންނަން ކައިރިވީ ވަގުތު އަހަރެންގެ ދަރިން ގެއްލުނީ.؟" އަހުމަދުގެ އަނބިމިހާ ޙަނާން ބުނެފައިވެއެވެ.

ޙަނާން ބުނި ގޮތުގައި، މި ހާދިސާއިން އޭނާގެ ދިރިއުޅުން ވަނީ ބަދަލުވެގެން ގޮސްފައެވެ.

ހަނާން އޭނާގެ ދެ ދަރިންނާއެކު؛ އޭނާގެ ފިރިމީހާ އާއި ދެ ދަރިން ވަނީ ނިރުބަވެރިންގެ ހަމަލާގައި ޝަހީދު ވެފައި: ފޮޓޯ/ އަލްޖަޒީރާ

"އަހަރެންގެ ދަރިންނަކީ އަހަރެންގެ ދުނިޔެ. އަހަރެންގެ ފިރިމީހާއާއި ދެ ދަރިން ގެއްލުނީ. އަހަރެންނަށް މިހާރު ކުރިއަށް ދެވޭނީ ކިހިނެއް؟" އޭނާ ބުންޏެވެ.

މި ހާދިސާއިން އަލް-ޤިދްރާ އާއިލާގެ ދެން ތިބި ކުދިން ކަމުގައިވާ 12 އަހަރުގެ ޔާސްމިން، 8 އަހަރުގެ އަސީލްއާއި 11 އަހަރުގެ މުޙައްމަދު ވެސް ދިރި ތިބިއިރު، އީމާން ނަމަކަށް ކިޔާ އަނެއް ދަރިފުޅު ޚާން ޔޫނިސްގެ ނާސިރު ހޮސްޕިޓަލުގައި ދަނީ ފަރުވާ ހޯދަމުންނެވެ.

ޙަނާން ވިދާޅުވީ އާއިލާއިން 15 މަސް ދުވަހުގެ ތެރޭގައި އިސްރާއީލުގެ ހަމަލާތަކާ ކުރިމަތިލާންޖެހި، އެތައް ފަހަރަކު ގެދޮރު ދޫކޮށް ދާންޖެހި، ޓެންޓުގައި ދިރިއުޅެންޖެހުނެވެ. އަދި އާއިލާގެ ގިނަ މެންބަރުން އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވެފައިވާ 46,900 އަށްވުރެ ގިނަ ފަލަސްތީނުންގެ ތެރޭގައި ހިމެނެއެވެ.

ޣައްޒާގެ ސިވިލް ޑިފެންސްއިން މައުލޫމާތު ދީފައިވާ ގޮތުގައި ޤަތުލްއާއްމު ހުއްޓުން ތަންފީޒުވުމުގެ ކުރިން ހިނގި ތިން ގަޑިއިރުގެ ތެރޭގައި އިސްރާއީލުގެ ހަމަލާތަކުގައި 19 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.