އިސްރާއީލުން ސުންނާފަތިކޮށްލާފައިވާ ޣައްޒާގެ އަވަށެއް... ފޮޓޯ: ޓައިމްސް އޮފް ޣައްޒާ
ދުނިޔެ
20 Jan 2025 | 18:02
ޣައްޒާ އަލުން އާރާސްތުކުރަން 21 އަހަރުގެ މުއްދަތެއް ނަގާނެ!

އިސްރާއީލުން ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އެންމެފަހުން ހިންގި ޖަރީމާތައް ފަށާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 7 ވަނަ ދުވަހެވެ. އިސްރާއީލްގެ މި ޖަރީމާތައް ފަށާފައިވަނީ، ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުންދިން "ސަޕްރައިސް އެޓޭކް" އަށްފަހުގައެވެ. ހަމާސްއިން ދިން މި ހަމަލާތަކަކީ މި ފަހުގެ ތާރީހެއްގައި އިސްރާއީލް ސިފައިން އެންމެ ހައިރާންކަން ގެނުވި ހަމަލާއެވެ. 

ހަމަލާތަކުގެ ރައްދު ބަދަލުހިފުމެއްގެ ގޮތުން މިދިޔަ 15 މަސްދުވަހު އިސްރާއީލުން ވަނީ، ހަނގުރާމައިގެ ބަރުހަތިޔާރު ބޭނުންކޮށްގެން  ވަރުގަދަ ހަމަލާތަކެއްދީ، މުޅި ޣައްޒާ ސުންނާފަތި ކޮށްލާފައެވެ. އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދިން ހަމަލާތަކުގައި އާއްމުންނާ ދެކޮޅަށް ބޭނުންކޮށްގެން ނުވާނެ ހަތިޔާރާއި ބޮންފަދަ ތަކެތި ވަނީ ބޭނުންކޮށްފައެވެ. 

ޣައްޒާއަށް ކިހާވަރެއްގެ ގެއްލުމެއް ލިބުނު؟

އަލްޖަޒީރާއިން ރިޕޯޓްކުރިގޮތުގައި އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 46,913 މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. މީގެ ތެރެއިން 17,492 އަކީ ކުޑަކުދިންނެވެ. މީގެ އިތުރުން އިސްރާއީލްގެ އެ ޖަރީމާތަކުގައި 110,750 މީހުނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، 11 ހާހަށްވުރެ ގިނަ މީހުން ވީއެއްނުވީއެއް ނޭނގި ގެއްލިފައިވާކަމަށް އަލްޖަޒީރާއިން ބުނެއެވެ. ޣައްޒާގެ އިތުރުންވެސް އިސްރާއީލުން ވަނީ ވެސްޓްބޭންކް، ރަފާ އަށްވެސް ހަމަލާތައް ދީފައެވެ.

އުމްރާނީގޮތުން ޣައްޒާއަށް ލިބުނު ގެއްލުންތަކަށް ބަލާއިރު ހުރިހާ ގެތަކެއްހެން ވަނީ ސުންނާފަތިވެފައެވެ. ބިމާހަމަނުވެ ހުރި އިމާރާތްތައްވެސް ހުރީ ވަރަށްބޮޑަށް ރެނދުއަޅައި ދިރިއުޅެން ހެޔޮނުވާވަރުގައެވެ. އަލް ޖަޒީރާއިން ރިޕޯޓްކޮށްފައިވާގޮތުގައި ޣައްޒާގެ ވިޔަފާރީގެ އެކިއެކި ހިދުމަތްތައް ދެމުންއަންނަ އިމާރާތްތައް %80 އިންސައްތަ ހަލާކުވެފައިވާއިރު، %88 ސްކޫލުވެސް ވަނީ ބިމާހަމަވެފައެވެ. ދަނޑުބިންތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނުގެ ދެބައިކުޅަ އެއްބައި ވަނީ ހަލާކުވެފައެވެ. މީގެ އިތުރުން މަގުތައްވެސް ވަނީ މުޅިންހެން ހަލާކުވެފައެވެ.

ފަލަސްތީނުގެ ޣައްޒާ އަދުގެ ހާލަތު.. ފޮޓޯ: ޓައިމްސް އޮފް ޣައްޒާ

ދިރާސާކުރާ ފަރާތްތަކުން އަންދާޒާކުރާ ގޮތުގައި 15 މަސްދުވަސްވަންދެން އިސްރާއީލުން ދިން ހަމަލާތަކުގެ ސަބަބުން ސުންނާފަތިވެފައިވާ ޣައްޒާ އާރާސްތުކުރުމަށް މަދުވެގެން 1.2 ބިލިއަނަށްވުރެ ގިނަ ޑޮލަރު ހޭދަވާނެއެވެ. އަދި ޣައްޒާ އަލުން އާރާސްތުކުރުމަށް 21 އަހަރުގެ މުއްދަތެއް ނަގާނެކަމަށް ވަނީ ލަފާކޮށްފައެވެ.

އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދިޔަ އުދުއާން ހުއްޓާލުމާއެކު އެނބުރި ވަޒަނަށްއައި ޣައްޒާގެ ރައްޔިތުން އެންމެފުރަތަމަ ކުރަންފެށި މަސައްކަތަކީ އިމާރާތްތަކުގެ ދަށުން މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ނެގުމުގެ މަސައްކަތެވެ. ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކުން ބުނީ އިމާރާތްތަކުގެ ދަށުގައި މަދުވެގެން 11،000 ހަށްވުރެ ގިނަ މީހުންގެ ހަށިގަނޑު އިމާރާތްތަކުގެ ދަށުގައި ވާނޭކަމަށް ބެލެވޭކަމަށެވެ.

ފަލަސްތީނުގެ ޣައްޒާ އަދުގެ ހާލަތު.. ފޮޓޯ: ޓައިމްސް އޮފް ޣައްޒާ

ޣައްޒާގެ ރައްޔިތުން މިއަދުވެސް ވަނީ އިމާރާތްތަކުގެ ދަށުން ގިނަ އަދަދެއްގެ ގަބުރުތައް ނަގާފައެވެ. ޣައްޒާގައި މިހާރު ހަރަކާތްތެރިވަމުންދާ އަލްޖަޒީރާގެ ނޫސްވެރިން ބުނާގޮތުގައި ކޮންކްރީޓްތަކުގެ ދަށުން އެންމެ ގިނައިން ފެންނަމުންދަނީ އިންސާނުންގެ ކައްޓާއި ބޮލުގެ ބައިތަކެވެ. 

އދގެ ކަމާބެހޭ އޮފިޝަލުން ބުނާގޮތުގައި މިހާރު އެންމެ އިސްކަމެއްދޭން ޖެހިފައިވަނީ ޣައްޒާގެ ގެދޮރު ގެއްލިފައި ތިބި 2.5 މިލިއަން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށެވެ. ބޯހިޔާވަހިކަމުގެ އިތުރުން އެންމެ އަސާސީ ހިދުމަތްތައް ގާއިމްކުރުމަކީވެސް ޣައްޒާގެ ހާލަތު މިހާރު އޮތްގޮތުން ކުރިމަތިވާނޭ ވަރަށްބޮޑު ގޮންޖެހުމަކަށް ވާނޭކަމަށް އޮފިޝަލުން ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.