އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް: ފޮޓޯ/ ރޮއިޓާސް
ދުނިޔެ
21 Jan 2025 | 10:00
އެމެރިކާ ބަލައިގަންނާނީ 'ދެ ޖިންސު' އެކަނި: ޓްރަމްޕް

އެމެރިކާ ބަލައިގަންނާނީ ހަމައެކަނި ’ދެ ޖިންސު‘، (ފިރިހެން އަދި އަންހެން)، ކަމަށް އަލަށް އިންތިޚާބުވި ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނުކޮށްފައެވެ. މިކަން އިއުލާނު ކުރީ އޭނާގެ ވެރިކަމާ ހަވާލުވެ ދިން ފުރަތަމަ ތަޤުރީރުގައެވެ.

ޓްރަމްޕްގެ އައު އަމުރުގެ ދަށުން، ސަރުކާރުން "ޖެންޑަރ" ގެ ބަދަލުގައި "ސެކްސް" މި ލަފުޒު ބޭނުންކުރަންޖެހޭނެއެވެ. އަދި ޕާސްޕޯޓާއި ވީސާ ފަދަ ސަރުކާރުން ދޫކުރާ ލިޔެކިޔުންތަކުގައި މީހެއްގެ ޖިންސު ބަޔާންކުރަންވާނީ އެމީހެއްގެ ބަދަލުނުކުރެވޭ ބައޮލޮޖިކަލް ކްލެސިފިކޭޝަނަށް ބިނާކޮށް ކަމަށް ވެސް އަމުރުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ޓްރަމްޕް ވަނީ ކުރީގެ ރައީސް ޖޯ ބައިޑަންގެ 78 އެގްޒެކެޓިވް އޯޑަރ ބާތިލުކޮށްފައެވެ. މީގެ ތެރޭގައި ނަސްލީ ހަމަހަމަކަމާއި އެލްޖީބީޓީކިއު+ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އަމާޒުކޮށްފައިވާ އެތައް އަމުރެއް ހިމެނެއެވެ.

"މިއަދުން ފެށިގެން، އެމެރިކާ ސަރުކާރުގެ ރަސްމީ ސިޔާސަތަކީ ހަމައެކަނި ދެ ޖިންސު، ފިރިހެން އަދި އަންހެން، ބަލައިގަތުން ކަމުގައި ވާނެ،" ޓްރަމްޕް ބުންޏެވެ.

މި ބަދަލުތަކާ ގުޅިގެން، އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ކަމަށް ދައުވާ ކުރާަ ޖަމްޢިއްޔާތަކުން ވަނީ މައިނޯރިޓީ ގްރޫޕްތަކުގެ ޙައްޤުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާނެކަމަށް ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.