އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް
ދުނިޔެ
22 Jan 2025 | 12:43
ޓްރަމްޕް ނެރުނު ބައެއް އަމުރު ތަކާއި ދެކޮޅަށް ދައުވާ ކުރަން ހުށަހަޅައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދެވަނަ ދައުރުގެ ފުރަތަމަ ދުވަހު ނެރުނު އަމުރުތަކާ ދެކޮޅަށް ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކާއި އަދި ސްޓޭޓް ގަވަމަންޓްތަކުން ޤާނޫނީ ފިޔަވަޅު އަޅަން ހުށަހަޅައިފިއެވެ.

މީގެ ތެރޭގައި އެމެރިކަން ސިވިލް ލިބަރޓީސް ޔޫނިއަން (އޭސީއެލްޔޫ) އާއި ލީގަލް ޑިފެންސް ފަންޑުން ހޯމަ ދުވަހުގެ ރޭ ހުށަހެޅި މައްސަލައެއް ހިމެނެއެވެ. މި މައްސަލައިގައި ބުނެފައިވަނީ ޓްރަމްޕްގެ ޢަމަލުތަކަކީ ޤާނޫނު އަސާސީއާ ޚިލާފު ކަންކަން ކަމަށެވެ.

އަންގާރަ ދުވަހު 18 ސްޓޭޓަކުންވެސް މިފަދަ މައްސަލައެއް ހުށަހަޅާފައިވެއެވެ. މި މައްސަލަތަކަކީ ޓްރަމްޕް އޭނާގެ މަޤާމާ ހަވާލުވުމާއެކު ސޮއިކުރި ރެކޯޑު އަދަދެއްގެ 26 އެގްޒެކެޓިވް އޯޑަރާ ގުޅިގެން ކުރިމަތިވާނެ ކަމަށް ބެލެވޭ ގިނަ ޤާނޫނީ ގޮންޖެހުންތަކުގެ ތެރެއިން ބައެކެވެ.

ޓްރަމްޕް ސޮއިކުރި އަމުރުތަކުގެ ތެރޭގައި އެމެރިކާގައި އުފަންވާ ކުދިންނަށް ރައްޔިތުކަން ދިނުމުގެ ސިޔާސަތު ބަދަލުކުރުމާއި، ދެކުނު ސަރަޙައްދުގެ ބޯޑަރުގައި ޤައުމީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމާއި، ފެޑެރަލް ޑައިވަރސިޓީ ޕްރޮގްރާމްތައް އުވާލުމާއި، އަދި ޓްރާންސްޖެންޑަރ ފަރާތްތަކުގެ ޙައްޤުތައް ނުބަލައިގަތުން ހިމެނެއެވެ.

އޭސީއެލްޔޫގެ އިމިގްރަންޓްސް ރައިޓްސް ޕްރޮޖެކްޓްގެ ޑެޕިއުޓީ ޑިރެކްޓަރ ކޯޑީ ވޮފްސީ ބުނީ ރައްޔިތުކަމާ ގުޅޭ ޓްރަމްޕްގެ ނިންމުމަކީ ޤާނޫނު އަސާސީގެ 14 ވަނަ އިސްލާޙުން ކަށަވަރުކޮށްދޭ ޙައްޤުތަކާ ޚިލާފު ކަމެއް ކަމަށެވެ. އަދި މިއީ އެމެރިކާގެ އަސާސްތަކާ ޚިލާފު، އަނިޔާވެރި ޢަމަލެއް ކަމަށެވެ.

ކެލިފޯނިއާގެ އެޓަރނީ ޖެނެރަލް ރޮބް ބޮންޓާ ބުނީ ޓްރަމްޕް އޭނާގެ ދެވަނަ ދައުރު ފަށާފައިވަނީ ޤައުމުގެ އަސާސީ ޙައްޤުތަކެއް ނައްތާލައި، ޤާނޫނު އަސާސީއަށް އިޙްތިރާމް ނުކޮށް ކަމަށެވެ. އަދި ޓްރަމްޕާ ބައްދަލުކުރާނީ ކޯޓުގައި ކަމަށްވެސް ބުންޏެވެ.

ޓްރަމްޕްގެ އަމުރުގެ ދަށުން އެމެރިކާގައި އުފަންވާ ކުދިންގެ ތެރެއިން ޤާނޫނީ ހައިސިއްޔަތު ނެތް ބިދޭސީންނާއި ވަގުތީ ވާރކް ވީޒާގައި ތިބޭ މީހުންގެ ދަރިންނަށް އެމެރިކާގެ ރައްޔިތުކަން ނުދޭނެއެވެ.

މިކަމާ ގުޅިގެން ޤާނޫނީ ގޮތުން އުފެދިފައިވާ ސުވާލަކީ 1868 ވަނަ އަހަރު ފާސްކުރެވުނު ޤާނޫނު އަސާސީގެ 14 ވަނަ އިސްލާޙު މާނަކުރާނެ ގޮތެވެ. މި އިސްލާޙުގައި ބަޔާންކޮށްފައިވަނީ "އެމެރިކާގައި އުފަންވާ އަދި އެމެރިކާގެ ޤާނޫނީ އިޚްތިޞާޞްގެ ދަށުގައިވާ އެންމެހައި ފަރާތްތަކަކީ އެމެރިކާގެ ރައްޔިތުން" ކަމަށެވެ

މި މައްސަލައިގައި ދަޢުވާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ޓްރަމްޕްގެ އަމުރަކީ ޤާނޫނު އަސާސީގެ މި މާއްދާއާ ސީދާ ފުށުއަރާ އަމުރެކެވެ. އަދި މިއީ އެމެރިކާގެ ޑިމޮކްރަސީގެ މައިގަނޑު އަސާސްތަކުގެ ތެރެއިން އެއް އަސާސް ނައްތާލުމަށް އަމާޒުކޮށްފައިވާ ފިޔަވަޅެއް ކަމަށް ފާހަގަކޮށްފައިވެއެވެ.

ވައިޓް ހައުސްގެ އިސް އޮފިޝަލުން ބުނާ ގޮތުގައި ޓްރަމްޕް އޭނާގެ ފުރަތަމަ ދުވަހު ނެރުނު 26 އެގްޒެކެޓިވް އޯޑަރުގެ އިތުރުން 16 މެމޮރަންޑަމާއި ޕްރޮކްލަމޭޝަން ވެސް ނެރެފައިވެއެވެ. މިއީ ޖުމްލަ 42 ރިޔާސީ ފިޔަވަޅެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.