އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް ވިޔަފާރި ކުރަމުންދިޔަ 13 ބިދޭސީއަކު ހައްޔަރުކޮށްފި
އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް ވިޔަފާރި ކުރަމުންދިޔަ 13 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، 2025 ޖަނަވަރީ 23 ވަނަ ދުވަހު ޓާސްކުފޯހުން މާލޭގައި ހިންގި ރެއިޑު އޮޕަރޭޝަނެއްގައި، އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް، ބިދޭސީން ދިރިއުޅެ، ވިޔަފާރި ކުރަމުންދިއަ ތަނެއް ބަލާ ފާސްކޮށްފައިވާކަމަށެވެ.
އެއާއިއެކު، މިތަނުގައި ގަވާއިދާއި ހިލާފަށް އުޅެމުންދިއަ 13 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އެއިދާރާއިން ބުނެއެވެ.
މި ޕޯސްޓްގައި އިމިގްރޭޝަނުން ހިއްސާކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ކުޑަ ތަންކޮޅެއްގައި ސާފުތާހިރުކަން ކުޑަކޮށް ބިދޭސީތަކެއް ދިޔައީ ކާބޯތަކެތި ތައްޔާރުކުރަމުންނެވެ.
މީގެ އިތުރުންވެސް އާންމު ސަރަހައްދުތަކަށް އެއްވެ އުޅޭ ބިދޭސީންގެ މެދުގައި ފަހަކަށް އައިސް އާއްމު މަސްލަހަތު ގެއްލޭފަދަ ކަންކަން ހިންގަމުންދާކަން ފާހަގަ ކުރެވޭތީ، އިމިގްރޭޝަނުން އަންނަނީ އާއްމު ސަރަހައްދުތައް ސިލްސިލާކޮށް މޮނިޓަރ ކުރަން ފަށާފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists